އަދާލަތު ޕާޓީގެ ޓިކެޓް ގައި ވާދަކުރައްވާ 4 ކެންޑިޑޭޓުން--
ހަބަރު
12 Feb 2024 | 19:59
މަޖިލިސް އިންތިޚާބުގައި އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރައްވާ 4 ކެންޑިޑޭޓުން ފޯމު ލައްވައިފި!

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޢަދާލަތު ޕާޓީގެ ފަރާތުން ވާދަކުރައްވާ 4 ކެންޑިޑޭޓުން އީސީ އަށް ފޯމު ލައްވައިފި އެވެ. 

ޢަދާލަތު ޕާޓީން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަނީ ހަތަރު ދާއިރާ އަކަށެވެ. އެ ހަތަރު ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓުންނަކީ؛ 

1) ވައިކަރަދޫ ދާއިރާއަށް:  ޙުސައިން ޘަޤީފް، ހިސާން، ހދ. ވައިކަރަދޫ

2) މަކުނުދޫ ދާއިރާއަށް: ކުރީގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުالله، މަލްހާރު، މ.ކޮޅުފުށި 

3) ފުނަދޫ ދާއިރާ: ހައްޖު ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އިސްމާޢީލް ޙަމީދު، އިތާ ރ-18/04, ހުޅުމާލެ 

4) އިނގުރައިދޫ ދާއިރާ: އިސްމާޢީލް ޢަލީ، ދެކުނުގެ، ރ.އިނގުރައިދޫ

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ އިންތިޚާބުގައިވެސް އަދާލަތުން ނުވަ ދާއިރާއަކަށް ވާދަކުރިއެވެ.

އެ ދާއިރާތަކަކީ މަކުނުދޫ ދާއިރާއާއި ވައިކަރަދޫ ދާއިރާއާއި ކެލާ ދާއިރާއާއި ގައްދޫ ދާއިރާއާއި އިނގުރައިދޫ ދާއިރާއާއި މަހިބަދޫ ދާއިރާއާއި ކާށިދޫ ދާއިރާއާއި ނިލަންދޫ ދާއިރާ އަދި މުލަކު ދާއިރާއެވެ.

ނަމަވެސް އެތަނުން އެއްވެސް ދާއިރާއެއްގެ ގޮނޑި އެ ޕާޓީއަށް ލިބިފައެއް ނުވެއެވެ. އޭގެ ކުރިން އޮތް 18 ވަނަ މަޖިލީހުގައި އަދާލަަތަށް 1 ގޮނޑި ލިބިފައިވާއިރު، އެއީ އަނާރާ ނަޢީމް ވާދަކުރެއްވި މަކުނުދޫ ދާއިރާގެ ގޮނޑިކަން ފާހަގަކޮށްލަންޖެހެއެވެ.

މިއަހަރު ބާއްވާ މަޖިލިސް އިންތިޚާބު ބާއްވަން ކުރިން ހަަމަޖެހުނީ މާރިޗު މަހުގެ 17 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް އެ ދުވަސް ރޯދަމަހާއި ދިމާވާތީ އިންތިޚާބު ވަނީ ރޯދަމަށް ނިމި، ދިހަ ދުވަސް ފަހުން ބާއްވާ ގޮތަށް ފަސް ކޮށްފައެވެ. 

ކޮމެންޓް
އިއްބެ
އިސްލާމް ދީނަށް ނަސްރުދޭ ޕާރޓީގެ މީހުންގެ ތުބުޅި ކޮބާހޭ. ދޫކޮށްލުމެއް ނެތް ތޯއެވެ.
12 Feb 2024
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.