ލޭ ހަދިޔާ ކުރުން-- ފޮޓޯ:ސަން
ހަބަރު
13 Feb 2024 | 18:34
ތެލަސީމިއާ ހުންނަ މީހުނަށް ބޭސް ފޯރުކޮށްދިނުމަށް, ތެލަސީމިއާ ސެންޓަރުގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި

ތެލެސީމިއާ ހުންނަ މީހުންނަށް ބޭނުންވާ ޑެސްފަރޯލާއި ބޭސް ފޯރުކޮށްދިނުމަށް، ތެލަސީމިއާ ސެންޓަރުގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފިއެވެ.

މި ޚިދުމަތް ފޯރުކޮށްދިނުމަށް މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)އިން އެސްޓީއޯ އާއި ހަވާލުކުރުމުން, ކަންބޮޑުވުން ފާޅުކުރަން ފެށުމުން، އެ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ. އެހެންކަމުން މި މަސައްކަތުގެ ތަފްސީލު ހޯދުމަށް މިއަދު ބޭއްވި މަޖިލީހުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީއަށް ހެލްތު މިނިސްޓްރީއާއި އެމްބީއެސް އަދި ތެލަސީމިއާ ސޮސައިޓީގެ ބޭފުޅުން ވަނީ ހާޒިރުކޮށްފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ގާސިމް ވިދާޅުވީ، ބައެއް ތަކެތި ލިބުން ދަތިވުމާއި މެދުކެނޑޭ ކަމުގެ ޝަކުވާ ކުރިން ލިބޭ ކަމަށާއި، ތެލެސީމިއާ ހުންނަ މީހުންނަށް ބޭނުންވާ ޑެސްފަރޯލާއި ބޭސް ފޯރުކޮށްދިނުން އެސްޓީއޯއާ ހަވާލުކުރީ މެދުނުކެނޑި ލިބެން ހުންނާނެކަން ކަށަވަރުކުރަން ކަމަށެވެ.

"މިހާރު އެސްޓީއޯއާ ވާހަކަދައްކައިގެން ތެލަސީމިއާ ސެންޓަރުގައި، އެ އިމާރާތް ތެރޭގައި ފާމަސީއެއް ގާއިމުކޮށްފައިވާނީ."

ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ގާސިމް ވިދާޅުވީ ބޭސް ހޯދަން ތަކުލީފެއް އުފުލަން ނުޖެހޭނެކަން ކަށަވަރުކޮށް، ތެލަސީމިއާ ސެންޓަރު ތެރެއިން ބޭނުންވާ ހުރިހާ ބޭހެއް ލިބޭނެ ކަމަށެވެ.

ތެލަސީމިއާ ބޭސް ނެގުމަށް ގެނައި ބަދަލާ ގުޅިގެން އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން  ޑޮކްޓަރަށް ދެއްކުމަށްފަހު ބޭސް ސިޓީ ހިފައިގެން ފާމަސީއަށް ގޮސް ކިއުގައި ޖެހި ބޭސް ނެގުމަކީ އެމްބީއެސްއިން ބޭސް ނެގުމަށް ވުރެ އުނދަގޫ ކަމެއް ކަމަށާއި ހަމައެކަނި ތެލެސީމިއާ ޕޭޝަންޓުން ބޭނުންވާ ބޭހެއް،ފާމަސީން ފޯރުކޮށްދިނުމަކީ މާނައެއް ނެތް ކަމެއްކަމަށް ވަނީ ބުނެފައެވެ. 

އެހެންނަމަވެސް މިނިސްޓްރީން ވަނީ އެ ސެންޓަރުގައި އެސްޓީއޯގެ ފާމަސީއެއް ގާއިމުކުރުމާ އެކު މިހާރު އެ ތަކުލީފު އުފުލަން ނުޖެހޭނެ ކަމުގެ ޔަގީން ކަން ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ