ރައީސް ޔާމިން ތާއީދު ކުރައްވާ ކެންޑިޑޭޓުންގެ ފޯމް ހުށަހެޅުމުގެ ތެރެއިން
ހަބަރު
14 Feb 2024 | 08:43
ރައީސް ޔާމީންގެ ތާއީދާއި އެކު 40 ކެންޑިޑޭޓުން މަޖިލިސް އިންތިހާބުގައި ވާދަކުރަނީ

ކުރީގެ ރައީސް އަބުދުالله ޔާމީން ޢަބުދުލް ޤައްޔޫމުގެ ތާޢިދާއިއެކު ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 40 ކެންޑިޑޭޓަކު ވާދަކުރުމަށް މިއަދު ކެންޑިޑެންސީ ފޯމް އިލެކްޝަން ކޮމިޝަން އީސީ އާއި ހަވާލުކޮށްފިއެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދާވާ ސިޔާސީ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ލައްވަމުން ގެންދަވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ޔާމީންގެ ތާއީދާ އެކު 40 ކެންޑިޑޭޓުން މި އިންތިހާބު ގައި ވާދަ ކުރާނެ ކަމަށާއި، އެ ކެންޑިޑޭޓުންނާއި، އެ ކެންޑިޑޭޓުން ކުރިމަތިލާ ދާއިރާތަކުގެ މައުލޫމާތު ޓީވީ އާއި ނޫސްތައް މެދުވެރިކޮށް އާންމުންނާއި ހިއްސާ ކުރާނެ ކަމަށެވެ.

ރައީސް ޔާމީންގެ ތާއިދާއިއެކު ކުރިއަށް އޮތް މަޖިލިސްގެ އިންތިހާބުގައި ވާދަކުރާ 40 މީހެއްގެ ފޯމް އީސީ އާއި ހަވާލުކުރެއްވުމަށް ފަހު ރައީސް ޔާމީނާއި އެންމެ އަރިހުގައި މިވަގުތު އުޅުންވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ ޕީއެންއެފްގެ ތާއީދާއިއެކު އިންތިހާބު ގައި ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވި ބޭފުޅުންނަކީ ރައީސް ޔާމީނުގެ ފިކުރުގެ ބޭފުޅުން ކަމަށެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވުމަށް މަސައްކަތް ކުރައްވާ ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީން ދީފައި ވީ ނަމަވެސް 3000 މީހުންގެ ސޮއިހަމަކޮށް އީސީއަށް އަދި ހުށަހަޅާފައެއް ނުވެއެވެ. މިކަމާއި ގުޅޭގޮތުން މަލީހް ވިދާޅުވީ ޕީއެންއެފް އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެ މަސައްކަތަށް ހުއްޓުމެއް މަޑުޖެހުމެއް ނެތް ކަމަށެވެ.

އިލެކްސަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލިހުގެ އިންތިހާބަށް ފޯމް ހުށަހެޅުމުގެ އެންމެފަހު ވަގުތަކީ މިއަދުގެ 2.00 އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް