ހަސަން ޤާސިމް
ހަބަރު
14 Feb 2024 | 08:40
ރައީސް ޔާމީންގެ ތާއީދާއެކު އިނގުރައިދޫ ދާއިރާ ތަމްސީލް ކުރެއްވުމަށް ހަސަން ޤާސިމް

ރައީސް ޔާމީންގެ ތާއީދާއެކު އަމިއްލަގޮތުން ރ.އިނގުރައިދޫ ދާއިރާއަށް ވާދަކުރެއްވުމަށްޓަކައި ހަސަން ޤާސިމް ކެންޑިޑެންސީ ފޯމް އިއްޔެ އިލެކްޝަން ކޮމިޝަން އީސީ އާއި ހަވާލުކޮށްފިއެވެ.

އީސީ އާއި ފޯމް ހަވާލު ކުރެއްވުމަށްފަހު ހަސަން ޤާސިމް ވިދާޅުވި ގޮތުގައި އޭނާ އިނގުރައިދޫ ދާއިރާއަށް ކުރިމަތި ލައްވަނީ ދާއިރާގެ ރަށްތަކަށް އުމްރާނީ ގޮތުންނާއި، އިޤްތިޞަދީ ގޮތުން ކުރިއެރުން ގެނެސްދިނުމަށްޓަކައެވެ.

"އަޅުގަނޑުގެ މައިގަނޑު  އެއް މަސައްކަތަކަށް ވާނީ އިޤްތިޞާދީ ގޮތުން މިދާއިރާގެ ފަސްރަށް ތަރައްޤީ ކުރުން، އެޔާ އެކުއެކީގައި އެތަނުގެ އެންމެ އާބާދީ ބޮޑުއެއް ރަށަކީ އިނގުރައިދޫކަމަށް ވަތީވެ އަޅުގަނޑު ބޭނުންވަނީ އިނގުރައިދޫ އަސްލު އެތަނުގެ މެއިން ހަބަކަށް ހަދަން "  ހަސަން ޤާސިމް ބުނުއްވިއެވެ.

ޤާސިމް ފާހަގަކުރެއްވި ގޮތުގައި  އިނގުރައިދޫ ދާއިރާގައި ހިމެނޭ  ރ. ކިނޮޅަސް، ރ. ފައިނު، ރ. އިންނަމާދޫ އަދި ރ. ރަސްމާދޫގެއިތުރުން ރ.އިނގުރައިދޫ އަކީވެސް  އިޤްތިޞާދީ ގޮތުން ކުރިއެރުން ބޭނުންވާ ފަސްރަށެވެ. އެހެންކަމުން މިފަސްރަރަށް ސަމާލުކަން ދިނުމުގެ އިތުރުން އާބާދީ އެންމެ ބޮޑު އިނގުރައިދޫއަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ.

ޤާސިމް އިތުރަށް ހާމަކުރެއްވި ގޮތުގައި އިނގުރައިދޫ ދާއިރާއަށް އޭނާ އިންތިހާބުވެއްޖެ ނަމަ އެދާޢިރާއަށް އިމްރާނީ ތަރައްޤީ ގެނައުމަށް މަސައްކަތް ކުރައްވާނީ ދާއިރާގެ ރައްޔިތުންނަކީ އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުމަށްފަހުގައެވެ.

މަޖިލިހަށް އިންތިހާބުވުމަށް ފަހު އިންތިހާބުވާ ޕާޓީނޫން އެހެން ޕާޓީތަކަށް ބަދަލުވުމާއި ބެހޭގޮތުން ޤާސިމް ބުނުއްވީ އޭނާ މަޖިލިސް އިންތިހާބަށް ފޯމް ހުށަހެޅުއްވީ ކުރީގެ ރައީސުލްޖުމުހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމުގެ ފުރިހަމަ ތާއިދާއި އެކުގައި ކަމަށާއި ކުރިމަގުގައި ހުންނަވާނީ ވެސް ރައީސް ޔާމީންގެ ފަހަތްޕުޅުގައި އެމަނިކުފާނު އަންގަވާ ގޮތަކަށް ކަމަށެވެ.

ހަސަން ގާސިމް ހާމަކުރެއްވި ގޮތުގައި އިލެކްސަން ކޮމިޝަން އީސީން މިހާރު ވަނީ އޭނާގެ ކެންޑިޑެންސީ ބަލައިގެންފައެވެ.  

ކޮމެންޓް
އިސްމާއީލް
މަރުހަބާ. ޙަސަން ޤާސިމަށް ތިޔަކަން ވާނެ.
14 Feb 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.