މުހައްމަދު އިސްމާޢިލް
ހަބަރު
14 Feb 2024 | 08:39
ވިލިމާލެއަކީ މާލެސިޓީގެ ބައެއްކަން އިހްސާސް ވާވަރު ކޮށްދޭނަށް : މުހައްމަދު އިސްމާއިލް

ކުރިއަށް އޮތް 20 ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރުހިންގާ ޕާޓީ، ޕީއެންސީގެ ފަރާތުން ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު އިސްމާއިލް އެދާއިރާއަށް އިންތިހާބު ކޮށްދެއްވައިފި ނަމަ، ވިލިމާލެއަކީ މާލޭގެ ސިޓީއެއް ކަމުގެ އިޙްސާސް ކުރެވޭ ވަރުގެ ބޮޑުކުރިއެރުމަކާއި ތަރައްޤީއެއް އެދާޢިރާއަށް ގެނެސް ދެއްވާނެކަމަށް އެބޭފުޅާ  ވިދާޅުވެއްޖެއެވެ.

މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލިސް މެމްބަރުކަން ކުރައްވާފައިވާ އަލްފާޟިލް މުހައްމަދު އިސްމާޢިމް މިފަދައިން ވިދާޅުވެފައިވަނީ އެބޭފުޅާގެ ކެންޑިޑެންސީ ފޯމް ހަވާލުކުރެއްވުމަށްފަހު ރާއްޖޭގެ މީޑިއާތަކަށް ދެއްވި ހާއްޞަބަސްދީ ގަތުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މުހައްމަދު އިސްމާއިލް ފާހަގަ ކުރެއްވި ގޮތުގައި މިވަގުތު ވިލިމާލެއަށް އަރާފައިބާ ގިނަ މީހުންނަށް ވިލިލިމާލެއަކީ ރާއްޖޭގެ ވެރިކަން ކުރާރަށް މާލޭގެ ބައެއް ކަމުގެ އިޙްސާސްކުރެވެމުން ނުދާކަމަށާއި، އެވަރުގެ ތަރައްޤީ އާއި ކުރިއެރުން އެދާޢިރާއިން ފެންނަށް ނެތްކަމަށެވެ.

"އިރާދަކުރެއްވިޔާ އަޅުގަނޑަށް މި ގޮޑި ކާމިޔާބު ކުރެވިއްޖެ ނަމަ ވިލިމާލެއަށް އަރާފައިބާ މީހުންނަށް ވިލިމާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ސިޓީގެ ބައެއްކަން އިޙްސާސްވާ ވަރުކޮށްދޭނަށް" 

މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

ވޭތުވެދިޔަ 18 ވަނަ ރައްޔިތުން މަޖިލިހުގައި ހޯރަފުށި ދާއިރާ ތަމްސީލްކުރެއްވި މުހައްމަދު އިސްމާއލް ފާހަގަ ކުރެވިފައިވަނީ އެބޭފުޅާ ކުރައްވާ ކޮންމެކަމެއްވެސް ވަރަށް ފަރުވާތެރިކަމާއި، ވަރަށް އިތުބާރާއި ޔަޤީންކަމާއި އެކު ކުރައްވާ ވަރަށް ޖެހިލުންކުޑަ ބޭފުޅެއްގެ ގޮތުގައެވެ.

އެގޮތުން ނިމިދިޔަ އިބްރާޙިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ހިންގަމުން ގެންދިޔަ ގިނަ ޖަރީމާތަކެއް ރައްޔިތުންނާއި ހިސާބަށް ތިލަކޮށްދިނުމުގައި މަގުމަތިހަރަކާތްތައް ވިލަރެސްކޮށް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްރި ވެލައްވާފައި ވަނީ މުޙައްމަދު އިސްމާއިލެވެ.

މިހަރަކާތްތައް ކުރިއަށް ގެންދިޔަ އިރު މުހައްމަދު އިސްމާއިލް ވަނީ އެތައް ފަހަރަކު ނުހައްގުން ޖަލަށް ލެވި ބަންދުކުރެވި އެތައްއެތައް އަނިޔާއެއް ލިބިވަޑައިގެންފައެވެ. އެހުރިހާކަމެއް އެހެން ހުރި ނަމަވެސް މުހައްމަދު އިސްމާޢިލް ޤައުމުގެ ދިފާޢުގައި ކުރެއްވި މަސައްކަތް ހުއްޓާނުލައްވާ ކުރިއަށް ގެންދަވާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވަދަކުރެއްވުމަށް މުހައްމަދު އިސްމާއިލް އިއްޔެ ފޯމް ހުށަހަޅުއްވާފައިވާއިރު ، ފޯމްހުށަހެޅުއްވުމަށް ހިންގެވި ހަރަކާތުންވެސް މުހައްމަދު އިސްމާޢިލަށް އެދާއިރާގައި އޮތް ލޯބާއި ތާއިދުފެނިގެން ގޮސްފައިވެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.