ޣައްޒާގެ ހޮސްޕިޓަލެއް-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
16 Feb 2024 | 08:33
އެލޮން މަސްކްގެ ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް ޣައްޒާގެ ހޮސްޕިޓަލަކަށް ދެނީ

ބިލިއަނަރު އެލޮން މަސްކްގެ ސްޕޭސްއެކްސް އިން ހިންގާ ސްޓާލިންކް އިންޓަނެޓް ހިދުމަތް ޣައްޒާގެ ހޮސްޕިޓަލަކަށް ދިނުމަށް ހަމަޖެހިއްޖެއެވެ.

ޔޫއޭއީގެ ޚާރިޖީ ވުޒާރާއިން އިއްޔެ ބުނީ ބަލިމީހާ ފެންނަ ގޮތަށް ރިއަލް ޓައިމް ވީޑިއޯ މެޑިކަލް ކޮންސަލްޓޭޝަން ބޭނުންވާ ބަލިމީހުންނަށް އެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ސްޓާލިންކް އިންޓަނެޓް ހިދުމަތް ޣައްޒާގެ ދެކުނުގައި ހުންނަ ޔޫއޭއީގެ ފީލްޑް ހޮސްޕިޓަލަށް ފޯރުކޮށްދޭނެ ކަމަށެވެ.

ޣައްޒާގެ ރަފާހްގައި ހުންނަ މި ހޮސްޕިޓަލަކީ ޣައްޒާގައި އިސްރާއީލުން ހަލާކުނުކޮށްލާ ހުރި ބައިނަލްއަގްވާމީ ފީލްޑް ހޮސްޕިޓަލްތަކުގެ ތެރެއިން އެއް ހޮސްޕިޓަލެވެ. ޣައްޒާގެ މުވާސަލާތީ ޚިދުމަތް ކެނޑުމުގެ ސަބަބުން މިތަނުގައި މަސައްކަތް ކުރާ މުއައްޒަފުންނަށް، ބަލިމީހުނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަނީ ދަތިތަކާއި ކުރިމަތި ލާން ޖެހިފައެވެ.

އެހެންނަމަވެސް މި ޚިދުމަތް ގާއިމު ކުރެވުމާއި އެކު، އެހެން ހޮސްޕިޓަލްތަކާއި އެކު ބާއްވާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ލިބޭ ސިއްހީ އެހީތެރިކަން ބަލިމީހުންނަށް ދިނުމަށް މަގުފަހި ވެގެން ދާނެ ކަމަށް ޔޫއޭއީ ގެ ހާރިޖީ ވުޒާރާއިން ބުނެއެވެ.

ސްޕޭސްއެކްސް އިން ހިންގާ ސްޓާލިންކުން ބްރޯޑްބޭންޑް ފޯރުކޮށްދިނުމަށް ބައިވަރު ސެޓެލައިޓްތަކެއްގެ ނެޓްވޯކެއް ބޭނުންކުރާއިރު، އާންމުކޮށް އިންޓަނެޓްގެ ނުލިބޭ ސަރަހައްދުތައް ހިމެނޭ ގޮތަށް އެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ހައިސްޕީޑް، ލޯ ލެޓެންސީ އިންޓަނެޓް މި ހިދުމަތް މެދުވެރިކޮށް ފޯރުކޮށްދެ އެވެ.

އަނިޔާވެރި އިސްރާއީލުން ދެމުންގެންދާ ހަމަލާ ތަކުގެ ސަބަބުން ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ޣައްޒާގެ މުވާސަލާތީ ހިދުމަތްތައް އެތައް ފަހަރަކު ވަނީ މެދުކެނޑިފައެވެ. ޣައްޒާގައި މަސައްކަތް ކުރާ ނޫސްވެރިންނާއި އެހީތެރިންނަށް ބައިނަލްއަގްވާމީ ނުވަތަ އިލެކްޓްރޯނިކް ސިމް ބޭނުންކޮށްގެން މުއާމަލާތު ކުރެވުނު ނަމަވެސް ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން ޣައްޒާގައި ތިބި ރައްޔިތުންނަށް ބޭރު ދުނިޔެ އާއި މުއާމަލާތުކުރުން ވަނީ ދަތިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ