ފ.ފީއަލީ، ހަނދުވަރީ މަންޒިލް، އިބްރާހީމް ޝަނޫން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒާ ސުވާލު ކުރެއްވުން--
ހަބަރު
16 Feb 2024 | 16:18
ރަށްރަށުގެ މައި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ތާވަލު ކުރެވި، ބަޖެޓް ކުރެވިގެން ކުރިއަށްދާނެ: ރައީސް މުޢިއްޒު

ރަށް ރަށުގެ މައި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް, ތާވަލު ކުރެވި، އެކަންކަމަށް ބަޖެޓް ހަމަޖެހިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވާފައިވަނީ ފ.ފީއަލީ، ހަނދުވަރީ މަންޒިލް، އިބްރާހީމް ޝަނޫން، އެ ރަށު ބިން ހިއްކުން، ބަނދަރު ހެދުން، އަދި މަގު ހެދުމުގެ މަޝްރޫޢުގެ ކަންކަން ކުރިއަށްދާނެގޮތެއް އޮޅުންފިލުވުމަށް ދެންނެވި ސުވާލަށް، ޖަވާބު ދެއްވަމުންނެވެ. 

އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، ފީ އަލީގެ ބިންހިއްކުމުގެ މަސައްކަތުގެ ތެރެއިން އެމްޓީސީސީން ކުރަމުންދާ މަސައްކަތަކީ ރިވެޓް ޖެހުމަށްޓަކައި ބޮޑު ހިލަ ގެންދިޔުމުގެ މަސައްކަތް ކަމަށެވެ. އަދި އެމަސައްކަތް އަވަސް ކޮށްދިނުމަށް އެމަނިކުފާނު އެދިލައްވާފައި ވާނެ ކަމަށާ ލަސްތަކެއްނުވެ އެކަން ފެށި ނިމިގެންދާނެ ކަމަށެވެ. 

ދެން އަޅުގަނޑު ވީ ވަޢުދު ތަކާއި އެއްގޮތައް ވަޢުދުތައް ފުއްދައިދެމުން ދާނަން. އެގޮތުން މަގު ހެދުމަކީ އަޅުގަނޑު ވެފައިވާ އެންމެ ބޮޑު އެއް ވަޢުދު. ރަށްރަށުގައި މައި މަގުތައް ރަނގަޅު ފެންވަރަކަށް، ގިނަ ރަށްތަކުގައި ރަނގަޅު ފެންވަރަކަށް. އެހެންވީމާ ފީއަލީގައި ވެސް އިރާދަކުރެއްވިޔާ މަގުހެދުން ކުރިއަށް ދާނެ. ދެން ތާވަލު ކުރެވިގެން ބަޖެޓް ހަމަޖެހުނު ވަރަކުން ކުރިއަށް ގެންދާނީ މި މަސައްކަތް ތައް. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، ފީއަލީގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ވެސް އެމަނިކުފާނު ކުރިއަށް ގެންދަވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.