20 ވަނަ މަޖިލީހުގެ އިންތިޚާބުގައި ވިލިމާލޭ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު އިސްމާއިލް
ހަބަރު
16 Feb 2024 | 20:50
ވިލިމާލޭ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ޢިސްމާޢީލްގެ ކެންޑިޓޭޓް ނަންބަރަކަށް 4

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވިލިމާލޭ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ.

މިއަދު މެންދުރު ފަހު 2:00 އިން ފެށިގެން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޓޭޓުންގެ ނަންބަރު ގުރުއަތުނެގުން ދަރުބާރުގޭގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.

އެގޮތުން ވިލިމާލޭ ދާއިރާއަށް ވާދަކުރާ 4 ކެންޑިޑޭޓުންގެ ގުރު މިހާރު ނަގާފައިވާއިރު، ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވިލިމާލޭ ދާއިރާއަށް ވާދަކުރައްވާ، މުހައްމަދު އިސްމާއިލް އަށް ލިބިވަޑައިގެންފައިވަނީ ކެންޑިޑޭޓް ނަންބަރު 4 އެކެވެ. 

ސަރުކާރު ކޯލިޝަން، ޕީޕީއެމް/ޕީއެންސީންގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލިހުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އެކޯލިޝަނުން ކުރިއަށް ގެންދިޔަ ޕްރައިމަރީގައި ވިލިމާލޭ ދާޢިރާގެ ޓިކެޓް މުހައްމަދު އިސްމާއިލް ކަށަވަރު ކުރެއްވީ އެ ދާއިރާއަށް ވޯޓްލީ 459 މީހުންގެ ތެރެއިން 300 މީހުން ވޯޓުންނެވެ. 

އެ ދާއީރާއަށް ކުރިމަތިލާން ފޯމު ލުމަށްފަހު، ވޮއިސް އަށް ދެއްވި ބަސްދީގަތުމެއްގައި މުހައްމަދު އިސްމާއިލް ވިދާޅުވީ، ބަސްދީގަތުމެއްގައި މުހައްމަދު އިސްމާއީލް ވިދާޅުވީ، ވިލިމާލޭގެ ރައްޔިތުން ތިބީ މިހާރު އެއޮތް މަރުހަލާއިން އެހެން މަރުހަލާ އަކަށް ގެންދިޔުމަށް ބޭނުންވެފައި ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުން އެ ދާއިރާ އަށް ކުރިމަތި ލުމަށް ރައްޔިތުން އެދުނު ކަމަށެވެ.

ހަމައެހެންމެ ވިލިމާލޭގެ އެކި އުމުރުފުރާ ތަކާއި ގުޅޭ ތިމާވެއްޓާއި ރައްޓެހި މާހައުލެއް ދަމަހައްޓައިދީ، ރައީސް ޑރ.މުއިއްޒުގެ ތަރައްގީއަށް ވިލިމާލޭ ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވަދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް މުސްތަގުބަލުގައި ކުރިއަށް މިހިނގާ ރައްޔިތުންގެ މަޖިލީހުގައި ، އަޅުގަނޑަށް ރައްޔިތުންގެ މަސައްކަތުން، اللهގެ ރަޙްމަތްފުޅުން ކާމިޔާބު ލިބިއްޖެ ކަމަށްވާނަމަ، އަޅުގަނޑު ވިލިމާލޭގެ ރައްޔިތުން ބޭނުންވާ ތަފާތު ހެޔޮ ބަދަލެއް އަޅުގަނޑު ގެނެސްދޭނަން." މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. 

18 ވަނަ ރައްޔިތުން މަޖިލިހުގައި ހޯރަފުށި ދާޢިރާ ތަމްސީލް ކުރެއްވި މުޙައްމަދު އިސްމާޢިލް އެންމެ ބޮޑަށް ފާހަގަކުރެވިގެން ގޮސްފައިވަނީ ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން ކުރިއަށް ގެންދިޔަ "އިންޑިއާއައުޓް" ކެންޕެއިންގައި މަގުމަތީގެ ހަރަކާތްތަކުގައި އެންމެ އިސްދަޢުރެއް އަދާކުރެއްވި ފަރާތުގެ ގޮތުގައެވެ. އެ ހަރަކާތުގެ ތެރެއިން އޭރުގެ ސަރުކާރުން މުހައްމަދު އިސްމާޢިލް ވަނީ އެތައް ފަހަރަކު ބަންދުކޮށް ޖަލަށްވެސް ލައިފައެވެ.

މީގެ އިތުރުން އެންމެ ފަހުން މުހައްމަދު އިސްމާޢިލް ފާހަގަ ކުރެވިގެން ދިޔައީ ރައީސް އިބުރާޙިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން އިންޑިޔާ އެންބަސީ އާއި ގުޅިގެން ކުރިއަށް ގެންދިޔަ ޔޯގާ ބޮޑު ހަރަކާތް ހުއްޓުވުމަށް ނިކުތް މީހުންނަށް ހިތްވަރުދީ އެކަމަށް މަގުފަހިކޮށްދިން ކަމުގެ ތުހުމަތުގައި ޖަލުގައި ބަންދުކޮށް، އެ މައްސަލާގައި ޓެރަރިޒަމުގެ ދަޢުވާ އުފުލި ފަރާތެއްގެ ގޮތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jul 2026
ވަރލްޑްކަޕް ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް މޮރޯކޯ
ދެ ޓީމުންގޯލަށް އަމާޒުކުރި ހަމަލާތަކަށްވުރެ މިމެޗްގައި ގިނައިން ފެނިގެންދިޔައީ ރީނދޫކާޑު ތަކެވެ
04 Jul 2026
ހަމަދު ސްކޫލްގެ ހިދުމަތްތެރި ޓީޗަރު، ސަތީޝްގެ ކުއްލި މަރު: ސްކޫލާއި ދަރިވަރުންނަށް ބޮޑު ހިތާމައެއް
ސަތީޝް އަކީ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޓީޗަރެކެވެ
04 Jul 2026
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ