އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް-- ފޮޓޯ: އޭއެފްޕީ
ހަބަރު
17 Feb 2024 | 12:04
އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ގެ މައްޗަށް މަކަރާއި ހީލަތުގެ ކުށް ސާބިތުވެ، 355 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ

އެމެރިކާގެ 45 ވަނަ ރައީސް ގެ މަގާމް ފުރުއްވި އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ މައްޗަށް މަކަރާއި ހީލަތުގެ ކުށް ސާބިތުވެ، 355 މިލިއަން ޑޮލަރު ދައްކަން ޖެހިވަޑައިގެންފިއެވެ.

ގިނަ ދުވަސްތަކަކަށް ދެމިގެން ދިޔަ މި ޝަރީއަތުގެ ހުކުމް އިއްވަމުން ފަޑިޔާރު ވަނީ ޑޮނާންޑް ޓްރަމްޕާއި އޭނާގެ އާއިލާ ވިޔަފާރީގައި ހިމެނޭ ހަރުމުދަލުގެ އަގު ބޮޑުކޮށްފައި ވަނީ އޮޅުވާލުމުގެ ތެރެއިން ކަމަށް ބުނެފައެވެ.

މައްސަލަ ބެއްލެވި ފަޑިޔާރު އާރތް އެންގޯރޮން ވަނީ ނިއުޔޯކްގައި އޮންނަ ޓްރަމްޕްގެ ވިޔަފާރީގެ ޑައިރެކްޓަރުކަމުން 3 އަހަރަށް ސަސްޕެންޑް ވެސް ކުރުމަށް ހުކުމް ގައި އިއްވާފައެވެ. މި މުއްދަތުގައި އޭނާ އާއި އޭނާގެ ވިޔަފާރިތަކަށް ނިއުޔޯކް ރެގިއުލޭޓަރުގައި ރަޖިސްޓްރީކޮށްފައިވާ މާލީ އިދާރާތަކުން ލޯނަށް އެދުމަކީ މަނާ ކަމެކެވެ.

ޓްރަމްގެ އިތުރުން ވެސް އޭނާގެ ދެ ދަރިކަލުންވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި އެއިން ކޮންމެ ބޭފުޅަކު 4 މިލިއަން އެމެރިކާ ޑޮލަރުން ވަނީ ޖޫރިމަނާ ކޮށްފައެވެ.މީގެ އިތުރުން ވެސް، 1 މިލިއަން ޑޮލަރުން އެ ވިޔަފާރީގެ ކުރީގެ ފައިނޭންޝަލް އޮފިސަރު އެލެން ޖޫރިމަނާ ކޮށް، މުޅި އުމުރަށް ވެސް މާލީ މުއާމަލާތްތަކާ ގުޅޭ އެއްވެސް ވަޒީފާއެއް އަދާކުރުން ވަނީ މަނާ ކޮށްފައެވެ.

މިއަހަރުގެ ފަހުކޮޅު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގެ އިދިކޮޅު ކެންޑިޑޭޓްގެ ގޮތުގައި ޓްރަމްޕް ކުރިމަތިލައްވާއިރު، ކޯޓުގެ މި ނިންމުމަކީ ޓްރަމްޕަށް ލިބުނު ބޮޑު ގެއްލުމެކެވެ. ވިޔަފާރި އާއި ގުޅޭ ދައުވާގެ އިތުރުންވެސް 4 ޖިނާއީ މައްސަލައެއްގެ ދައުވާ އުފުލާފައިވާ ޓްރަމްޕް މިކަމާއި ގުޅޭ ގޮތުން ވިދާޅުވީ މި ދައުވާތަކަކީ އޭނާގެ މަގުބޫލު ކަމާ ހުރެ ބައިޑަންގެ ސަރުކާރުން ހަސަދަވެރިވާތީ ކުރަމުން ދާ ދައުވާތަކެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ