މަޖިލީހުގެ އާއްމު ކޮމެޓީގެ ބައްދަލުވުން-- ފޮޓޯ: މަޖިލިސް
ހަބަރު
17 Feb 2024 | 13:18
ރައީސް އަޒުލުކުރެވޭ ގޮތަށް ގެނައި އިސްލާހު އެހެން މާއްދާއަކަށް ބަދަލުކޮށްފި

ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކޮށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާ ގޮތް ބަޔާންކުރާ މާއްދާތަކަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް އަމުރެއް ނެރެފައިވަނިކޮށް، މަޖިލީހުގެ އާންމު ކޮމިޓީން މަޖިލީހުގެ ގަވާއިދުން އެ މާއްދާތައް އުނިކޮށް އެ ވާހަކަތައް މަޖިލީހުގެ ގަވާއިދުގެ އެހެން މާއްދާއެއްގައި ހިމަނަން ފާސްކޮށްފިއެވެ.

މިމަހުގެ 15 ވަނަ ދުވަހު އޮތް އާންމު ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ ގާނޫނު އަސާސީއާ ހިލާފުކަމަށް ބުނާ އެ ތިން މާއްދާ ގަވާއިދުން އުނިކުރަން ފާސްކޮށްފައެވެ. އަދި މީގެ ބަދަލުގައި ގަވާއިދުގެ 242 މާއްދާއަށް އަކުރެއް އިތުރުކޮށް އެ މާއްދާގައި ހިމެނުމަށް އެ ކޮމިޓީން ފާސްކުރިއެވެ.

ގަވާއިދު 242 އަކަށް އިތުރުކުރި ބައިގައި ބުނާގޮތުން ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ އެ ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެއެވެ.

މަޖިލީހުގެ ކޮމިޓީން މިފަދައިން ނިންމާފައިވާއިރު، ސުޕްރީމް ކޯޓުން ވަނީ އެ މާއްދާތަކަށް އަމަލުކުރުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް އަންގައި ، އެ މައްސަލައިގެ އަޑުއެހުންތައް މިމަހުގެ 25 ދުވަހު ފެށުމަށް ހަމަޖައްސާފައެވެ. 

މިދިޔަ އަހަރު މަޖިލީހުގެ މި ގަވާއިދަށް ގެނައި އިސްލާހުތަކުގައިވާ ގޮތުން ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑިތައް ނުހިމަނާ ގުނަންޖެހޭނެ އެވެ. އެހެންނަމަވެސް ގާނޫނު އަސާސީ ބުނާގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.

އެހެންނަމަވެސް ރައީސް ޑރ.މުއިއްޒުގެ ސަރުކާރުގެ އިސްމަގާމު ތަކަށް ބައެއް މެމްބަރުން އައްޔަނު ކުރުމަާއި ގުޅިގެން މަޖިލީހުގެ 7 ގޮނޑިއެއް ވަނީ ހުސްވެފައެވެ. މިއާއި އެކު ޖުމްލަ މެމްބަރުންގެ އަދަދު 80 އަށް ބަދަލުވެ، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން މި ގެނައި އިސްލާހާއި އެކު އެމްޑީޕީ ގެ 44 މެމްބަރުންނާއި އާއި ދަ ޑިމޮކްރެޓްސް 13 މެމްބަރުން ވޯޓް ލުމުން ރައީސް އަޒުލު ކުރެވޭނެއެވެ. 

ބަންޑާރަ ނައިބު އޮފީހުން ހުށައެޅި މި މައްސަލައިގައި، މި މަހުގެ 8 ވަނަ ދުވަހު ސުޕްރީމް ކޯޓުން މަޖިލީހަށް ކުރި އަމުރުގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން ފެށުނީއްސުރެ މަޖިލީހުން އަމަލުުރަމުންދިޔަ ގޮތް ދެމި އޮންނަންޖެހޭ ކަމަށް ދެކޭ ކަމަށާއި، މިއީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތެއްކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެހެންނަމަވެސް މަޖިލީހުން ވަނީ ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު، މަޖިލިހުން ވަކިވެފައި ތިބި މެންބަރުން ނުގުނާގޮތަށް ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރަން ނިންމާފައެވެ.

މަޖިލީހުގެ ރައީސް އަސްލަމް ވެސް ވަނީ މި އަމުރާއި ދޭތެރޭ ކަންބޮޑުވުން ފާޅުކުރައްވާ، ސުޕްރީމް ކޯޓަށް ހުށައެޅިފައިވާ މައްސަލައަކީ ދުސްތޫރީ ބަހުސެއް އުފެދޭ މައްސަލައެއް ކަމަށާއި ސިޔާސީ ސުވާލެއްގެ މައްޗަށް ބިނާވާ ނިންމުންތަކަކީ އެކަންކަމުގެ މައްޗަށް ކޯޓުގެ އިހުތިސާސް ނުހިނގާ ކަންކަން ކަމަށް ވިދާޅުވެފައެވެ. އަދި ވަކި ފަރާތަކުން މަޖިލީހުން ކަންތައްތައް ކުރަންޖެހޭ ގޮތް ބުނެދިނުން ބަލައިގަތުން ދަތިކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.