އީސީގެ ބައެއް މެމްބަރުން
ހަބަރު
18 Feb 2024 | 08:59
ކެންޑިޑޭޓުންނަށް މަންދޫބުން ހަމަޖެއްސުމުގެ ފުރުޞަތު ހުޅުވާލައިފި

ކުރިއަށް އޮތް  20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ކެންޑިޑޭޓުންނަށް މަންދޫބުން ހަމަޖެއްސުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަން ހުޅުވާލައިފައިވަނީ އިލެކްސަން ކޮމިޝަން، އީސީން ކުރި އިއުލާނަކުންނެވެ.

އީސީގެ މި އިއުލާނުގައި ބުނެފައި ވަނީ މަޖިލިސް އިންތިހާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް، އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް މަންދޫބަކު އައްޔަން ކުރުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

ކެންޑިޑޭޓުންގެ މަންދޫބުންގެ ޝަރުތުތަކުގެ ގޮތުގައި ހިމަނާފައި ވަނީ 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއި، ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒުކުރެވެމުންދާ މީހެއް ކަމުގައި ނުވުމާއި، އަދި އިންތިހާބާއި ބެހޭ މަސައްކަތެއް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައިނުވުމެވެ.

މީގެ އިތުރުން ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް އަދި ވެރިއެއް ކަމުގައިނުވުމާއި، ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކަށް ވެގެން ނުވާނެއެވެ. އަދި ހަމަ މިއާއިއެކު  ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައިނުވުމާއި، ސުލޫކީ މިންގަނޑާއި ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައިވެސް ވެގެން ނުވުމާއި، އިންތިހާބީ ކުށެއް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އީސީގެ އިއުލާނުގައި އެންމެފަހުން ބުނެފައިވަނީ މިފަހަރުގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބުންނަށް ދޫކުރާނީ ޑިޖިޓަލް ފާހެއްކަމަށާއި، އަދި މަންދޫބުންނަށް ވުމަށް އެދި އީމެއިލް އަދި އިންތިޚާބާ ބެހޭ މަރުކަޒަށް ފޯމް ހުށައެޅޭނެކަމަށެވެ.

އީސީން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި 368 ކެންޑިޑޭޓަކު ވާދަކުރާނެއެވެ. އެއީ 42 އަންހެނުންނާއި އަދި 326 ފިރިހެނުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jul 2026
ވަރލްޑްކަޕް ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް މޮރޯކޯ
ދެ ޓީމުންގޯލަށް އަމާޒުކުރި ހަމަލާތަކަށްވުރެ މިމެޗްގައި ގިނައިން ފެނިގެންދިޔައީ ރީނދޫކާޑު ތަކެވެ
04 Jul 2026
ހަމަދު ސްކޫލްގެ ހިދުމަތްތެރި ޓީޗަރު، ސަތީޝްގެ ކުއްލި މަރު: ސްކޫލާއި ދަރިވަރުންނަށް ބޮޑު ހިތާމައެއް
ސަތީޝް އަކީ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޓީޗަރެކެވެ
04 Jul 2026
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ