ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް-- ފޮޓޯ/ހައްޖު ކޯޕަރޭޝަން
ހަބަރު
18 Feb 2024 | 16:42
ޙައްޖުގެ އަޅުކަމަކީ ޙައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތެއް، ވިޔަފާރިއެއް ނޫން: އެމް.ޑީ ޝަކީލް

ޙައްޖު ކޯޕަރޭޝަނުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ރައްޔިތުންނަށް ފުރުޞަތު ދެމުންގެންދަނީ އެކޯޕަރޭޝަނުން ދޭ ޚިދުމަތެއްގެ ގޮތުގައި ކަމަށާއި ވިޔަފާރިއެއްގެ ގޮތުގައި ނޫންކަމުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

އަސްލު ޓީވީގެ ބާބު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމް.ޑީ ޝަކީލް ވިދާޅުވީ، ވޭތުވެ ދިޔަ 2023 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ބޮލަކަށް ގާތްގަނޑަކަށް  126,000.00ރުފިޔާ ޚަރަދުވެފައިވާކަމަށާއި، ޚަރަދު ބޮޑުވެގެން ދިޔަ ކަމުގައި ވީނަމަވެސް ޙައްޖު ކޯޕަރޭޝަނުން އަދިވެސް މީހަކު އަތުން ނަގަމުންދަނީ 69,965.00 ރުފިޔާ ކަމުގައެވެ.

އަދި ތަކެތީގެ އަގު، އެއާލައިން ޓިކެޓް އަދި ސައުދީގެ ހޮޓެލްތަކުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލު ރައްޔިތުންނަށް އެނގޭނެ ކަން ފާހަގަކުރައްވައި ޝަކީލް ވިދާޅުވީ ޙައްޖަށް މީހުން ގެންދިއުމަށް މިހާރުވެސް ޙައްޖު ކޯޕަރޭޝަނުން ނަގަމުންދާ 69,965.00 ރުފިޔާ އަކީ މީގެ 11 އަހަރު ކުރިން 2013 ވަނަ އަހަރު ކަނޑައެޅުނު އަގު ކަމަށެވެ. 

ހަމައެހެންމެ،ވޭތުވެދިޔަ 10 ވަރަކަށް އަހަރުތެރޭ ސައުދީ ސަރުކާރުން އެކި އެކި ނަންނަމުގައި ގާއިމްކުރެވިގެން ދިޔަ އެކިއެކި ޓެކްސްތަކަކީވެސް އިތުރަށް ހިނގާނެ ބޮޑެތި ޚަރަދުތަކެއް ކަމަށާ، ހުރިހާ ޚަރަދުތަކަށް ބަލާއިރު 70,000.00 ރުފިޔާއަކީ ވަރަށް ކުޑަ މިންވަރެއްކަން ޝަކީލް ފާހަގަކުރެއްވި އެވެ. އަދި މިއަދަދުވެސް އިތުރަށް ކުޑަ ކުރެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަަށް އޭނާ ވިދާޅުވި އެވެ. 

މިކަމާ ގުޅިގެން އިތުރަށް ވާހަކަ ދައްކަވަމުން ޝަކީލް ވިދާޅުވެފައިވަނީ، ޙައްޖުގެ އަޅުކަމަށް ގޮސްއުޅޭއިރު ޒަމާނުންސުރެ ދިމާވާ މީހުން ގެއްލުމުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި އެކޯޕަރޭޝަނުން ޙައްޖައް ގެންދާ އެންމެހާ ފަރާތްތަކަށް ޓްރެކިންގ ޓެގް ބޭނުން ކުރުމަށް އެކޯޕަރޭޝަނުން ނިންމާފައިވާ ކަމަށާއި، މިކަމަށް ބޮޑު ހޭދައެއް އެކޯޕަރޭޝަނުން ކުރިނަމަވެސް ޙައްޖާޖީންގެ އަތުން ނަގަމުންދާ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގައެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ މަޤްސަދަކީ، ދިވެހި ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި ލުއިފަސޭހަކަމާއިއެކު ޙައްޖަށް އަދި ޢުމްރާއަށް ދެވޭނެ މަގު ފަހިކޮށްދިނުމެވެ. އެގޮތުން 2013 ވަނަ އަހަރުން ފެށިގެން އަގަށް އެއްވެސް ބަދަލެއް ނުގެނެސް އެކުންފުނިން މިހިދުމަތް އަންނަނީ ދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.