ޑރ މުއިއްޒު ހިޔާ ސަރަހައްދުގެ ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަދައްކަވަނީ
ހަބަރު
19 Feb 2024 | 10:54
އެންމެ ފުރަތަަމަ ފެށޭ ހައުސިންގް މަޝްރޫޢު އިން، ހިޔާ ފުލެޓް އަތުލި މީހުންނަށް ފުލެޓް ދޭނަން: ރައީސް މުޢިއްޒު

މިސަރުކާރުން ފަށާ، އެންމެ ފުރަތަަމަ ގެދޮރުވެރިކަމުގެ މަޝްރޫއުއިން، ހިޔާ ފްލެޓް އަތުލި މީހުންނަށް ފުލެޓް ދެއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލު ތަކަށް، ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދިނުމަށް ބާއްވާ 'ރައީސްގެ ޖަވާބު' ސިލްސިލާގައި ގދ.ގައްދޫ، މާފެހި، މުޙައްމަދު ޝުހައިލް، ހިޔާ ފްލެޓް ލިބޭނެކަމުގެ ލިޔުން މީގެ ކުރީން ލިބިފައިވާ ފަރާތްތަކަށް ފްލެޓް ލިބޭނެތޯ ދެންނެވި ސުވާލަށް، ޖަވާބު ދެއްވަމުންނެވެ.  

އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެންޕެއިން ތެރެއިން އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް މި ސަރުކާރުން ފަށާ އެންމެ ފުރަތަަމަ ހައުސިން މަޝްރޫއު ގެ ތެރެއިން އެ ފުލްޓްތައް އަތުލި މީހުންނަށް ފުލެޓް ލިބޭނެ ކަމަށެވެ. 

އަޅުގަނޑު ވަޢުދުވިގޮތަށް އެކަން ފުއްދައި ދޭނަން. އަޅުގަނޑުމެންގެ ސަރުކާރުން ފަށާ އެންމެ ފުރަތަމަ ހައުސިންގް މަޝްރޫޢުގެ ތެރެއިން، ކުރީގައި ފުލެޓް ލިބޭނެ ކަމަށް ގެޒެޓް ކުރެވި، ނަން ހިމެނިފައި، އެހެން ނަމަވެސް ފުލެޓް ނުލިބޭނެ ކަމަށް ފަހުން ކަނޑައެޅުނު ހުރިހާ އެންމެނަށް އިރާދަކުރެއްވިޔާ، ފުލެޓް ހަމަޖައްސައި ދޭނަން. އެކަމުގެ ޔަގީންކަން ދެން. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި، ރައީސް މުއިއްޒުގެ ހައުސިންގް މިނިސްޓަރު ކަމުގައި، ހިންގި ހިޔާ މަޝްރޫއިން ފްލެޓް ލިބޭނެކަމަށް 2018 ގައި އާންމުކުރި ލިސްޓުގައި ނަން ހިމެނުނު ފަރާތްތަކުގެ ތެރެއިން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން، އެ ލިސްޓުން ނަން އުނިކުރި އެންމެހައި ފަރާތްތަކަށްވެސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ހިންގާ ސޯޝަލް ހައުސިން ޔުނިޓްތަކުން ފްލެޓް ދޭނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.