ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން-- ފޮޓޯ: ސަން
ހަބަރު
19 Feb 2024 | 14:45
އޭސީސީ ގެ ގެދޮރުވެރިޔާ ސްކީމްގެ ތަހުގީގު ފުރިހަމަވާނީ ކުރިމަތިލި އެންމެންގެ ފޯމުތައް ބަލައިގެން: އަކްރަމް

ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފްލެޓުތަކުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުން އަންނަ ތަހުގީގު ފުރިހަމަވާނީ އެ ފްލެޓް ތަކަށް ކުރިމަތިލި އެންމެންގެ ފޯމުތައް ވަކިވަކިން ބެލުމުން ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް މިފަދައިން ވިދާޅުވީ މި މައްސަލައިގައި މިއަދު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އާއި ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމަށް އޭސީސީއާއި ފްލެޓު ކޮމިޓީގައި ކުރިން ތިއްބެވި ބޭފުޅުންގެ އިތުރުން މިހާރުގެ ހައުސިން މިނިސްޓްރީގެ ބޭފުޅުން މަޖިލީހަށް ހާޒިރުކޮށް، ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިންނެވެ. މިގޮތުން އަކްރަމް ވިދާޅުވީ ވަކިވަކިން ފޯމުތައް ނުބަލައި އެއީ ގޯސް ފޯމެއް ކަމަށް ނުނިންމޭނެ ކަމަށެވެ. އަދި ގޯސް ފޯމެއް ކަމަށް ކަނޑައެޅޭނީ ފްލެޓަށް ކުރިމަތިލީ އެންމެންގެ ފޯމުތައް ބަލައި، އިވޭލުއޭޓުކުރުމަށް ފަހުގައި ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

"މި 4،000 އެކަންޏެއް ނޫން ބަލަން ޖެހޭނީ މިގޮތަށް ކެޓަގަރައިޒްކުރާ އިރު، އަޅުގަނޑު ދެކޭ ގޮތުގައި މުޅި އެތި ބަލަން ޖެހޭނެ،"

އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ރަނގަޅު އިންވެސްޓިގޭޝަނެއް ނުކޮށް އޭސީސީން މިވަރުގެ ރިޕޯޓެއް ނެރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ފްލެޓު ލިބޭ ކަމަށް ނިންމާފައިވާ މީހުންނަށް ފްލެޓު ދޫކުރަންޖެހޭ ކަމަށާއި އެއީ، ސަރުކާރެއްގެ ނިންމުމަކަށްވާތީ އެއަށް އިހުތިރާމުކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ފްލެޓަށް 21،000 މީހުން ކުރިމަތިލިއިރު، އޭގެ ތެރެއިން 12،000 މީހުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ވަނީ ކުރީ ސަރުކާރުން ކަނޑައަޅާފައެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ 4،000 ފްލެޓް ލިބޭނެ މީހުން ކަނޑައަޅައި، އެ މީހުންނަށް ވަނީ ފްލެޓް ލިބުނު ކަމުގެ ލިޔުން ވެސް ދީފައެވެ.

 އޭސީސީ ވަނީ ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި މީހުންގެ ފޯމުތައް 12 ކެޓަގަރީއަކަށް ބަހާލައިފައިވާ ކަމަށް އޭސީސީން ވަނީ މިއަދު ކޮމިޓީގައި ހާމަކޮށްފައެވެ. އެއީ:

1. 15 އަހަރު މާލޭގައި ދިރިއުޅުކަން ސާބިތުކުރުމަށް އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނެތުން.

2. 15 އަހަރު މާލޭގައި ދިރިއުޅުކަން ސާބިތުކުރުމަށް ކައުންސިލުން ދޫކޮށްފައިވާ ސިޓީ، ގެދޮރުވެރިޔާ ޕޯޓަލްއާ އިންޓަގްރޭޓްކޮށްފައިވާ ޑޭޓާބޭސްއިން، ލިބެންހުރި މައުލޫމާތުތަކާ ފުށުއެރުން.

3. 15 އަހަރު މާލޭގައި ދިރިއުޅުކަން ސާބިތުކުރުމަށް ގޭގެއިންނާއި ކުންފުނިތަކުން ދޫކޮށްފައިވާ ލިޔެކިޔުންތައް، ގެދޮރުވެރިޔާ ޕޯޓަލްއާ އިންޓަގްރޭޓްކޮށްފައިވާ ޑޭޓާބޭސް އިން ލިބެންހުރި މައުލޫމާތުތަކާ ފުށުއެރުން.

4. 15 އަހަރު މެދުނުކެނޑި މާލޭގައި ދިރިއުޅުކަން ސާބިތުކުރެވޭ ވަރަށް ލިޔެކިޔުން ހުށަހަޅާފައި ނެތުން.

5. މައި އެޕްލިކަންޓް ނުވަތަ ކޯ އެޕްލިކަންޓަށް ސޯޝަލް ހައުސިން ކުރިން ލިބިފައިވުން.

6. 15 އަހަރު މާލޭގައި އުޅުނުކަން ސާބިތުކުރުމަށް ހަމައެކަނި ކައުންސިލްގެ ލިޔުމެއް ހުށަހަޅާފައިވުން.

7. 15 އަހަރު މާލޭގައި އުޅުނުކަން ސާބިތުކުރުމަށް ހަމައެކަނި މާލޭގެ ގޭގޭގެ ލިޔުން ހުށަހަޅާފައިވުން.

8. ރިސޯޓުގައި މަސައްކަތްކުރި ނަމަވެސް މެދުނުކެނޑި 15 އަހަރު މާލޭގައި އުޅުނު ކަމުގެ ލިޔުން ހުށަހަޅާފައިވުން.

9. ޝަރުތު ހަމަވާ ކަމަށް ބަލާ މުއްދަތުގެ ތެރޭގައި ތައުލީމު ހާސިލުކުރަމަށް ރާއްޖެއިން ބޭރަށް ދިޔަ މީހުން މެދުނުކެނޑި މާލޭގައި އުޅުނު ކަމަށް ލިޔުން ހުށަހަޅާފައިވުން.

10. ކުންފުނި ވުޖޫވުމުގެ ކުރިން ކުންފުނީގައި މަސައްކަތްކުރާ ކަމަށް ބުނެ ދޫކޮށްފައިވާ ލިޔުން ހުށަހަޅާފައިވުން.

11. މަހެއްގެ މައްޗަށް ލިބޭ ޖުމްލަ އާމްދަނީ 60،000ރ. އަށް ވުރެ ބޮޑުވުން.

12. ޝަރުތު ފުރިހަމަވި ނަމަވެސް، ޕޮއިންޓް ދިނުމުގައި އިތުރު މައްސަލަތައް ހުރި ކަމަށް ފާހަގަވާ ފޯމުތައް.

ގެދޮރުވެރިޔާ ސްކީމްގެ މައްސަލައިގައި ގާތްގަނޑަކަށް ދެމަސްދުވަސް ވަންދެން ކުރިއަށް ގެންދިޔަ މި ތަހްގީގަށްފަހު، 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ. އެހެންނަމަވެސް، ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ވަނީ ހައުސިން މިނިސްޓްރީ އަށް ހުއްދަ ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.