ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
19 Feb 2024 | 16:14
ރާއްޖޭގެ ތަރައްގީ އާއި މިނިވަންކަމަށް މަޖިލިސް ވަރަށް މުހިންމު: ރައީސް ޑރ.މުއިއްޒު

ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކާއި ރާއްޖޭގެ މިނިވަންކަމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް ވަރަށް މުހިންމުކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށާއި ފުވައްމުލައް ސިޓީގެ އިތުރުން ހުވަދުއަތޮޅު އުތުރުބުރިއާއި ހުވަދު އަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ރައީސް ޑރ.މުއިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީ އަށް ވަޑައިގެން އެ ސިޓީގެ ހުޅުމީދޫ ރައްޔިތުންނާއި އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ކަންތައްތައް ކޮށްދޭން ބޭނުންވިޔަސް އެކަމަކަށް މަޖލީހުން ހުރަސް އަޅައިފިނަމަ ނުކޮށްދެވޭނެ ކަމަށެވެ.

އެހެންކަމުން ރައީސް ޑރ.މުއިއްޒު ވަނީ ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލިސް ސަރުކާރަށް ކާމިޔާބު ކޮށްދިނުމަކީ މުހިންމު ކަން ފާހަގަކުރައްވާފައެވެ.

"މިއީ ގައުމުގެ ތަރައްގީއަށްޓަކައި، ރަށު ތަރައްގީއަށްޓަކައި، ސިޓީގެ ތަރައްގީއަށްޓަކާ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ތިބޭފުޅުން ވިސްނާ ވަޑައިގަންނަވާނެ. އެއްވެސް ހާލެއްގައި ސިޔާސީ ކަމެއް ނޫން."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވަނީ  ބޭރުގެ ސިފައިން ރާއްޖެއިން ބޭލުމަށާއި ކަނޑުގެ ސަރަހައްދުން ރާއްޖެއަށް ގެއްލުނު ބައި އަނބުރާ ހޯދުމަށް ވެސް މަޖިލިސް ސަރުކާރަށް ކާމިޔާބު ކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މެއި 10 ގެ ކުރިން އިންޑިއާ ސިފައިން ރާއްޖެ އިން ފައިބާނެ ކަމަށާއި މިކަން މިގޮތަށް ދަމަހައްޓަން ސަރުކާރަށް މަޖިލިސް ހޯދައިދޭން ޖެހޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ