މުދާ އުފުލާ ބޯއްޓެއް އިންޑިއާގެ ބަނދަރެއްގައި -- ފޮޓޯ: މިނިސްޓްރީ އޮފް ޕޯޓްސް އިންޑިއާ
ދުނިޔެ
20 Feb 2024 | 14:34
އިސްރާއީލާއި ގުޅުން ހުރި ހަތިޔާރުގެ ޝިޕްމަންޓްތައް ބެލެހެއްޓުމަށް އިންޑިއާގެ ޓްރޭޑް ޔޫނިއަނަކުން ދެކޮޅު ހަދައިފި

އިސްރާއީލާއި ގުޅުން ހުރި ހަތިޔާރުގެ ޝިޕްމަންޓްތައް ބެލެހެއްޓުމަށް އިންޑިއާގެ ޓްރޭޑް ޔޫނިއަނަކުން ދެކޮޅު ހަދައިފިއެވެ.

މި ޓްރޭޑް ޔޫނިއަން އަކި އިންޑިއާގެ ޕޯޓްސް ގައި މަސައްކަތް ކުރާ އެތައް ހާސް މުއައްޒަފުންނެއް ތަމްސީލު ކުރާ ޔޫނިއަން އެކެވެ.

އިންޑިއާގެ ބޮޑެތި 11 ބަނދަރެއްގައި 3،500 އަށް ވުރެ ގިނަ މަސައްކަތްތެރިން ހިމެނޭ ވޯޓާ ޓްރާންސްޕޯޓް ވޯކަރސް ފެޑެރޭޝަނުން މި ނިންމުން އިއުލާންކޮށްފައިވަނީ ފެބްރުއަރީ 14 ވަނަ ދުވަހު ފޮނުވި ސިޓީއަކުންނެވެ. މި ސިޓީގައި އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރިކަމާއި އެ ޔޫނިއަން ގެ މަސައްކަތްތެރިން ދެކޮޅު ކަމަށް ވެސް ވަނީ ބުނެފައެވެ.

އިންޑިއާގެ ޕޯޓްސްގައި މަސައްކަތް ކުރާ އެހެން ފަރާތްތަކަށް ވެސް އިސްރާއީލަށް އަސްކަރީ ތަކެތި ގެންދާ އެއްވެސް ބޯޓެއް ނުބެލެހެއްޓުމަށް މި ޔޫނިއަން އިން ވަނީ ގޮވާލާފައެވެ. އަދި މީގެ އިތުރުން ވެސް ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް ވެސް މި ޔޫނިއަން އިން ވަނީ ގޮވާލާފައެވެ.

އަރަބް ނިއުސް އިން ރިޕޯޓް ކުރާ ގޮތުގައި އެ ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ ނަރެންދްރާ ރާއޯ ވަނީ އެ ފެޑަރޭޝަންއިން އަބަދުވެސް ހަނގުރާމަ ތަކާއި ދެކޮޅު ކަމަށް ބުނެފައެވެ. މީގެ އިތުރުން ވެސް އޭނާ ބުނީ ފަލަސްތީނުގެ މިނިވަންކަން އަނބުރާދިނުމަށް ތާއީދު ކުރުމުގެ ގޮތުން އިސްރާއީލާއި ގުޅުން ހުރި މިފަދަ އެއްވެސް އާލާތެއް އިންޑިއާ އަށް އެތެރެކޮށްފި ނަމަ އެ ޔޫނިއަން ގެ މުއައްޒަފުން އެތަކެތި ބޮއިކޮޓް ކުރާނެ ކަމަށެވެ.

މީގެ އިތުރުންވެސް އިންޑިއާގެ އެންމެ ދުވަސްވީ އަދި ދެވަނައަށް އެންމެ ބޮޑު ޓްރޭޑް ޔޫނިއަން ފެޑެރޭޝަން ކަމަށްވާ އޯލް އިންޑިއާ ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން ވެސް ވަނީ ވޯޓާ ޓްރާންސްޕޯޓް ވޯކަރސް ފެޑެރޭޝަނުގެ މި ނިންމުމަށް ތާއީދުކޮށްފައެވެ.

މި ފެޑަރޭޝަން އިން މި ފިޔަވަޅު ނަގާފައިވާއިރު، އިންޑިއާއިން އިސްރާއީލުގެ އަސްކަރިއްޔާއަށް 20 އަށް ވުރެ ގިނަ އަސްކަރީ ޑްރޯން އެކްސްޕޯޓްކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސް ތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި އިސްރާއީލުގެ އަސްކަރީ ސާމާނު އެންމެ ގިނައިން ގަންނަ އެއް ގައުމަކީ ވެސް އިންޑިއާ ކަމަށާއި، މިގޮތުން އަހަރަކު ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރުގެ ހަތިޔާރު ގަންނަ ކަމަށްވެސް  ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ