އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު-- ފޮޓޯ: މަޖިލިސް
ހަބަރު
21 Feb 2024 | 13:08
އިންތިހާބު ލަސްކުރުމަށް ގެނައި އިސްލާހު ތަސްދީގުކުރުން ލަސްވާތީ ކުއްލި މައްސަލައެއް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރީދަ މަސް ނިމޭތާ 10 ދުވަސް ފަހުން ބޭއްވުމަށް އިންތިހާބުތަކާބެހޭ އާންމު ޤާނޫނަށް ގެނެސްފައިވާ އިސްލާހު ތަސްދީގުކުރުން ލަސްވާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ. 23 މެމްބަރުންގެ ވޯޓުން މި މައްސަލަ މަޖިލީހުން ބަލައިގެން އިރު، ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 1 މެންބަރަކު ވޯޓު ދެއްވާފައިވެއެވެ.

ވަހީދު ހުށައެޅި މި ކުއްލި މައްސަލައިގައި ބުނެފައިވަނީ އިންތިހާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާހުގެނެސް ފާސްކޮށްފައިވާ ބިލު ތަސްދީގުކުރުމަށް ފޮނުވާފައިވާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވީ އިރުވެސް މި ބިލު ތަސްދީގުކުރާނެ ކަމުގެ އެއްވެސް އިޝާރާތެއް ލިބިފައިނުވާ ކަމަށެވެ.

މި ބިލު ތަސްދީގު ނުކޮށް އޮއްވާ، އައްޑޫ ސިޓީ އަށް ރައީސް ޑރ.މުއިއްޒު ވަޑައިގެން، އިންތިހާބު އޮންނާނީ މި އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށް ވިދާޅުވެފައިވާކަން މި ބިލުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، ބިލު ތަސްދީގުނުކުރައްވާ އަދި މަޖިލީހަށް އަނބުރާ ފޮނުވާ ނުލައްވާ، ވަގުތު ބޭކާރުކުރައްވަން ބިލު ހިފަހައްޓަނީ ސަރުކާރުން ބޭނުންވާގޮތަށް މާޗް 17 ގައި އިންތިހާބު ބޭއްވުމަށް ކަމަށް ބެލެވޭ ކަމަށް މުހައްމަދު ވަހީދު ހުށައެޅުއްވި މި ކުއްލި މައްސަލައިގައި ވަނީ ބުނެފައެވެ.

އިންތިހާބު ފަސްކުރުމަށް ޤާނޫނު އިސްލާހުކުރީ ރޯދަ މަހު އިންތިހާބު ބޭއްވުމުން ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތަކަށް ހަލެއް ހޯދުމަށް ނަމަވެސް ބިލު ތަސްދީގު ނުކޮށް ލަސްވުމުން މަޖިލީހުގެ އިންތިހާބު އޮންނާނެ ތާރީހަކާމެދު ރައްޔިތުން އޮޅުންބޮޅުންވާ ފަދަ ހާލަތެއްގައި ތިބޭންޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް މި މައްސަލައިގައި ވަނީ ބުނެފައެވެ. 

އެހެންކަމުން އެ ބިލު ވީއެންމެ އަވަހަކަށް ތަސްދީގު ކުރުމަށް ރައީސް ޑރ. މުއިއްޒު އަށް މި ކުއްލި މައްސަލައިގައި ވަނީ ގޮވާލާފައެވެ.

ރޯދަ މަސް ނިމި، 10 ދުވަސްފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުން ގެ ވޯޓުންނެވެ. އިންތިހާބު ފަސްކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ 3 މެމްބަރުންނެވެ.

އިންތިހާބު ލަސްކުރުމުގެ އިތުރުން މި ބިލުގައި، ވޯޓު ކަރުދާހުގައި ކެންޑިޑޭޓެއްގެ ނަމާއި ދިމާލުގައި ރަނގަޅު ފާހަގައެއްގެ ގޮތުގައި ބެލެވޭ ނިޝާނެއް ހިމަނާފައިވާނަމަ އެއީ ސައްޙަ ވޯޓެއް ކަމުގައި ބަލައިގަންނަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ފާހަގަ ފުރިހަމަކުރުމުގެ ގޮތުން، އެ ފާހަގަ މަތިން ފެވިގެންދާ ގޮތަށް ރަނގަޅު ފާހަގައެއް ޖަހާފައި އޮތް ނަމަވެސް ވޯޓު ބާތިލު ނުވާނެކަމަށްވެސް އެ އިސްލާހުގައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.