ކެނދިކުޅުދޫ ދާޢިރާގެ މެމްބަރ އަހްމަދު އީސަ
ހަބަރު
21 Feb 2024 | 15:41
ކުރިއަށްއޮތް މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ތަރުޖަމާނަކަށް އީސަ ހަމަޖައްސައިފި

ކުރިއަށްއޮތް 20 ވަނަ ރައްޔިތުން މަޖިލިސް އިންތިހާބަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ތަރުޖަމާނެއްގެ ގޮތުގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހްމަދު އީސަ ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އެކްސް މެދުވެރިކޮށް އެމްޑީޕީން ކުރި ޕޯސްޓެއްގައެވެ.

އެމްޑީޕީގެ ތަރުޖަމާނެއްގެ ގޮތުގައި އީސަ ހަމަޖައްސާފައިވާއިރު ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރުމަށް އީސީއަށް ފޯމް ހުށަހަޅާފައި ވަނީވެސް އެމްޑީޕީގެ ފަރާތުންނެވެ. އެގޮތުން އެމްޑީޕީގެ ފަރާތުން މިފަހަރުގެ އިންތިހާބުގައި 90 ކެންޑިޑޭޓުން ވާދަކުރުމަށް ފޯމް ހުށަހަޅާފައި ވެއެވެ.

އިލެކްސަން ކޮމިޝަން އީސީން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި 368 ކެންޑިޑޭޓަކު ވާދަކުރާނެއެވެ. އެއީ 42 އަންހެނުންނާއި އަދި 326 ފިރިހެނުންނެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބާއްވަން އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައި ވަނީ މިއަންނަ މަހުގެ 17 ވަނަ ދުވަހެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިހުން މިހާރު ވަނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިޚާބު ބާއްވަން ޖެހޭގޮތަށް ޤާނޫނު އިސްލާހުކޮށްފައެވެ. އިންތިހާބާއި ބެހޭ ޤާނޫނަށް މި ގެނައި އިސްލާހަށް އަމްލަކުރަން ޖެހޭނީ ރައީސުލްޖުމުހޫރިއްޔާ އެ އިސްލާހް ތަސްދީގު ކުރެއްވުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jul 2026
ވަރލްޑްކަޕް ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް މޮރޯކޯ
ދެ ޓީމުންގޯލަށް އަމާޒުކުރި ހަމަލާތަކަށްވުރެ މިމެޗްގައި ގިނައިން ފެނިގެންދިޔައީ ރީނދޫކާޑު ތަކެވެ
04 Jul 2026
ހަމަދު ސްކޫލްގެ ހިދުމަތްތެރި ޓީޗަރު، ސަތީޝްގެ ކުއްލި މަރު: ސްކޫލާއި ދަރިވަރުންނަށް ބޮޑު ހިތާމައެއް
ސަތީޝް އަކީ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޓީޗަރެކެވެ
04 Jul 2026
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ