Advertisement

އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފުވިކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުން ހައްޔަރުކޮށްފި

އާއްމު އިޖުތިމާޢީ މިންގަނޑާ ހިލާފަށް އުޅުނު މީހާ--

މާލޭގެ ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފުވިކަމަށް ތުހުމަތު ކުރެވޭ މީހާ ދެނެގަނެ، ފުލުހުން އެމީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މާލޭގެ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި ފިރިހެނަކު އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު ވައްތަރުތަކެއް ޖައްސާ ވީޑިއޯ ދަނީ ސޯޝަލް މީޑިއާ ތެރޭ ދައުރުވަމުންނެވެ.

މިކަމާއި ގުޅިގެން އާންމުންގެ ނުރުހުން އަންނަނީ އަމާޒު ވަމުންނެވެ.

Advertisement

ކޮމެންޓް