މުހައްމަދު އިސްމާޢިލް
ހަބަރު
22 Feb 2024 | 23:00
ސަރުކާރާއި އިދިކީލި ކެންޑިޑޭޓަކު ހޮވާގެން މާޒީގައިވެސް ވީކަމެއް ނެތް: މުހައްމަދު އިސްމާއިލް

ސަރުކާރާއި އިދިކީލި ކެންޑިޑޭޓަކު ހޮވާގެން މާޒީގައިވެސް ވީކަމެއް ނެތްކަމަށް ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓެއްގެ ގޮތުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ އަލްފާޟިލް މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މުހައްމަދު އިސްމާއިލް މިފަދައިން ވިދާޅުވެފައި ވަނީ ދައުލަތުގެ މީޑިޔާ ޕީއެސްއމްއިން ކުރިއަށް ގެންދާ މަޖިލިސް އިންތިހާބު 24  ބަހުސްގައި މިއަދު ހަވީރު ވާހަކަ ދައްކަވަމުންނެވެ.

މި ބަހުސްގައި އެބޭފުޅާ ވިދާޅުވީ ރާއްޖެއަށް ގެނެވިފައި މިވާ ޑިމޮކްރަސީގެ ޙަޤީގަތަކީ މަޖިލިސްގައި މެމްބަރުން ތަމްސީލްކުރާ ދާއިރާތަކަށް ބޭނުންވާ ތަރައްޤީ ގެނެސް ދެވޭނީ އެއިރެއްގައި ސަރުކާރެއް ނިސްބަތްވާ ކެންޑިޑޭޓަކު ހިމެނޭ ދާއިރާއަކަށް އެކަނި ކަމަށެވެ.

"ޕާޓީއަށް ނިސްބަތްނުވާ އަމިއްލައަށް އިދިކީލިވާ ޕާޓީ، އަނެއްޕާޓީ މިހެންގޮސް ނިކުމެގެން، ރައްޔިތުންނަށް ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނެސްދެވިފައި ނެތްކަން ވޭތުވެދިޔަ 10 ވަރަކަށް 15 ވަރަކަށް އަހަރުތެރޭ އަޅުގަނދުމެންނަށް ފެންނާކަށް ނެތް" ކުރިންވެސް މެމްބަރުކަން ކުރައްވާފައިވާ މުހައްމަދު އިސްމާޢިލް ވިދާޅުވިއެވެ.

މި ރޭގެ މި ބަހުސްގައި މުހައްމަދު އިސްމާއިލް އިތުރަށް ވިދާޅުވީ އެބޭފުޅާއަކީ ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓަށް ވުމުން ވިލިމާލޭގެ ރައްޔިތުން ބޭނުންވާ ތަރައްޤީ އާއި ކުރިއެރުން ވިލިމާލެއަށް ގެނެސް ދިނުމުގައި ސަރުކާރުގެ ތެރެއިންނާއި އަދި މަޖިލިސް ތެރެއިން ކުރުމަށް އެބޭފުޅާއަށް ހުރިހާ ގޮތަކުން ވެސް ފަސޭހަވެގެން ދާނެތީވެ މިފަހަރުގެ އިންތިހާބުގައި އެބޭފުޅާއަށް ވޯޓްދެއްވުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

މުހައްމަދު އިސްމާއިލް މިފަދައިން ވިދާޅުވެފައިވާ އިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ އެބޭފުޅާއަކީ މި ސަރުކާރު ވެރިކަމަށް ގެނައުމަށްޓަކައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއްބޭފުޅާކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jul 2026
ވަރލްޑްކަޕް ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް މޮރޯކޯ
ދެ ޓީމުންގޯލަށް އަމާޒުކުރި ހަމަލާތަކަށްވުރެ މިމެޗްގައި ގިނައިން ފެނިގެންދިޔައީ ރީނދޫކާޑު ތަކެވެ
04 Jul 2026
ހަމަދު ސްކޫލްގެ ހިދުމަތްތެރި ޓީޗަރު، ސަތީޝްގެ ކުއްލި މަރު: ސްކޫލާއި ދަރިވަރުންނަށް ބޮޑު ހިތާމައެއް
ސަތީޝް އަކީ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޓީޗަރެކެވެ
04 Jul 2026
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ