ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Feb 2024 | 10:03
ބާރު ސްޕީޑުގައި ގެންދެވޭނެ ގޮތަކަށް މަޖިލިސް ނިންމާނީ ރައްޔިތުން: ރައީސް ޑރ.މުއިއްޒު

މި ސަރުކާރުން ރައްޔިތުންގެ ހެވާ ލާބައަށް ކަންކަން ކުރާނެ ގޮތް ބަޔާންކޮށް މަގުފަހި ކުރާއިރު، އެކަންކަން ބާރު ސްޕީޑުގައި ގެންދެވޭނެ ތަނަކަށް މަޖިލިސް ބަދަލުކޮށްލުމަށް ނިންމާނީ ރައްޔިތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މި ފަދައިން ވިދާޅުވީ ރޭ ކުރިއަށްގެންދިޔަ "އަހާ" ފޯރަމުގައި ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ސަރުކާރަށް ކާމިޔާބުވުމުގެ މުހިންމުކަމާއި ގުޅޭގޮތުން ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައިވާ ގޮތުން މަޖިލީހަށް ސަރުކާރަށް ބާރު ހިންގުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން، މި ހިނގާ 19 ވަނަ މަޖިލީހުގެ ތެރެއިން ވެސް އެ މަންޒަރުތައް ފެންނަ ކަމަށާއި އެއްވެސް އަސާސެއް ނެތި އެކި ފިއްތުންތައް ސަރުކާރަށް މަޖިލީހުން ކުރިމަތި ކުރުވަމުންދާކަން ރައީސް ޑރ.މުއިއްޒު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން، ރައީސް ޑރ.މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބަކުން ވެރިއަކު ހޮވައި ރައްޔިތުން ބޭނުންވާ ކަންކަން ކުރަން ފުރުސަތު ނުދީ އެއްވެސް އަސާސެއް ނެތި އެއަށް ހުރަސް އެޅޭނެ ނިޒާމެއްގެ ތެރެއިން ކަންކަން ހިންގާގޮތަށް މަޖިލިސް އޮންނަ އޮތުމާއި ބެހޭގޮތުން ރައްޔިތުން ގޮތް ނިންމަން ޖެހޭކަމަށެވެ.

އިގްތިސާދު ހަރުދަނާކޮށް، ފުޅާ ކުރާނެ ގޮތް ފަދަ ކަންކަން ކަނޑައަޅައި އެކަންކަން ނިންމަމުންދާއިރު އެކަމަށް މަގުފަހި ވާނެ ގޮތަކަށް މަޖިލީސް ބަދަލުކޮށްލުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށް ވެސް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"ރައްޔިތުންނޭ ގޮތް ނިންމާނީ. ޕާފޯމް ކުރަމުންދާއިރު، ޑެލިވަރ ކުރަމުންދާއިރު އަދި ކުރިއަށް ހުރި ކަންކަން ކުރާނެ ގޮތް ބަޔާންކޮށް މަގުފަހި ކުރާއިރު، އިގްތިސާދު ހަރުދަނާ ކުރާނެގޮތް. އޮގްތިސާދު ފުޅާކުރާނެ ގޮތް، ދަރަނި ކުޑަކުރާނެ ގޮތް، ދަރަނި އަނބުރާ ދައްކާނެ ގޮތް. މިހުރިހާ ގޮތެއް ކަނޑައަޅައި، އެކަންކަން ކުރަމުންދާއިރު އައިއެމްއެފުން އެވަނީ ބަލައިގެންފައި އަޅުގަނޑުމެންގެ އިގްތިސާދީ އެޖެންޑާ. އެހެންވީމަ މި ހުރިހާ ކަމެއް ރަނގަޅު މަގުން މިގޮތަށް ބައްޓަން ކުރެވިގެންދާއިރު އެއަށް މަގުފަހިކޮށްދޭން އެކަން ބާރު ސްޕީޑުގައި ގެންދެވޭނެ ގޮތަކަށް މަޖިލިސް ނިންމާނީ ރައްޔިތުން،"

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރައީސް ޑރ.މުއިއްޒު ވަނީ މިހާރު ސަރުކާރުން ކުރަމުންދާ ކަންކަމުގެ ތެރެއިން ހަފުތާ 14 ގައި ކަނޑައަޅައިގެން ގެދޮރުވެރިކަމާއި ގުޅޭ ބިލުތައް ޑްރާފްޓްކޮށް މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ، މަޖިލީހުގެ މި ދައުރުގެ ތެރެއިން ވެސް އިތުރު ކަންކަން ކުރުމަށް ބިލުތައް ހުށަހަޅުއްވަމުން ގެންދަވާނެކަމަށް ވިދާޅުވެފައެވެ.

ގެދޮރުވެރިކަމާއި ބެހޭ ބިލުގެ އިތުރުން ރައީސް ޑރ.މުއިއްޒު ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ދަތިތައް ދިމާވާ ކަމަށް ވިދާޅުވެފައެވެ. މި ދަތިތައްވެސް ހައްލު ކުރެވެން އޮތީ މަޖިލިސް މެދުވެރިކޮށް ކަމަށްވާތީ އެ ފުރުސަތު ރައްޔިތުން ފަހިކޮށްދެއްވައިފިނަމަ އެ ޤާނޫނުތައް އިސްލާހު ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.