ދުންޔާ މައުމޫނު
ހަބަރު
24 Feb 2024 | 12:53
ހުޅުމާލެ ދެކުނު ރައްޔިތުންނަށް ޚިދުމަތްކުރަން ހުރި އެންމެ ޤާބިލް ކެންޑިޑޭޓަކީ އަޅުގަނޑު: ދުންޔާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑީޑޭޓުންގެ ތެރެއިން އެދާޢިރާގެ ރައްޔިތުންނަށް ޚިދުމަތްކުރަން ހުރި އެންމެ ރަނގަޅު ކެންޑިޑޭޓަކީ އެކަމަނާކަމަށް މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.

ދުންޔާ މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިޔާ ޕީއެސްއެމްއިން މިހާރު ކުރިއަށް ގެންދާ މަޖިލިސް ބަހުސް 2024 ގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

ރޭގެ ބަހުސްގައި ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ ދިވެހިރައްޔިތުންނަށް އިޚްލާސްތެރި މަސައްކަތެއް ކޮށްދެވޭނީ މިނިވަން ކެންޑިޑޭޓުންނަށް ކަމަށާއި، މިފަހަރު އެދާއިރާއަށް އޮތް އެންމެ ރަނގަޅު ޗޮއިސްއަކީ އެކަމަނާކަމަށެވެ.

ދުންޔާ ވިދާޅުވީ އެކަމަނާއަކީ ވެސް ރާއްޖެއަށް ޑިމޮކްރަސީ އައި އިރު ޕާޓީ ސިސްޓަމަށް ތާއިދުކޮށް އޭރު ވަކާލާތުކުރި  މީހެއްކަމަށާއި ނަމަވެސް ، މިހާރު ދިވެހި ރައްޔިތުން ޕާޓީސިސްޓަމް މަތިން ފޫހިވެފައިވާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެއަށް ޑިމޮކްރަސީ އައިއިރުގައި އަޅުގަނދަކީ ވެސް އޭރު  މިއަށް ވުރެ ޒުވާން އެކަމަށް ވަކާލާތު ކުރި މީހެއް އެކަމަކު ރާއްޖޭގެ ގިނަ ރައްޔިތުން މިހާރުވަނީ ޕާރޓިތައްދެކެ ފޫހިވެފައި، އަޅުގަނޑުމެން އުންމީދު ކުރިގޮތަކަށް ނޫން ޕާޓީ ނިޒާމް ދިވެހިރާއްޖެ އާއްސަ ކުރިއަށް މިދަނިކީއެއް، ސަނާކިޔުމާއި ކަރަޕްޝަނާއި އެހެނިހެން ކަންތަކުގައި ގިނަވަގުތު މިދަނީ" 

 ރައީސް ޔާމީނުގެ ސަރުކާރުގައި ހާރިޖީ ވަޒީރުކަންވެސް ކުރައްވާފައިވާ ދުންޔާ ވިދާޅުވިއެވެ.

ރޭގެ މި ބަހުސްގައި ދުންޔާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު ޓްރެކް ރެކޯޑެއް އޮތް ކަމަށް، އެންމެ ޤަބިލް ބޭފުޅަކީ އެކަމަނާ ކަމަށެވެ. އެގޮތުން އެކަމަނާ ވިދާޅުވީ ހާރިޖީ ވަޒީރެއްގެ ގޮތުގައި އެކަމަނާ މަސައްކަތް ކުރައްވާފައި ވާނީ ވަކި ޤައުމަކަށް އިސްކަން ދިނުމެއް ނެތި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އެންމެ ބޮޑަށް ފައިދާ އާއި މަންފާ ލިބޭނެ ގޮތްތައް ބައްލަވައިގެން ކަމަށެވެ.

ދުންޔާ އިތުރަށް ވިދާޅުވީ އެކަމަނާ މަޖިލިހަށް އިންތިހާބު ކޮށްދެއްވައިފި ނަމަ ހުޅުމާލެ ދެކުނު ދާއިރާގެ ރައްޔިތުންގެ އަޑު ފިސާރި ރަނގަޅަށް މިޖިލިހުގައި އިއްވައި ދެއްވާނެކަމަށާއި އެދާއިރާގެ ކޮންމެ ރައްޔިތަކަށްވެސް އެކަމަނާ އާއި ބައްދަލުކުރެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށެވެ.

އެކަމަނާގެ ވާހަކަފުޅު ނިންމަވާ ލެއްވީ 25 އަހަރުގެ ތަޖުރިބާ އަށާއި ، އަދި ދިވެހިރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާފައިވާ ފަރާތެއް ޚިޔާރުކުރައްވާ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމަނާއަށް،  ކެންޑިޑޭޓް ނަމްބަރ 3 އަށް ވޯޓްދެއްވުމަށް ހުޅުމާލެ ދެކުނު ދާއިރާގެ ރައްޔިތުންގެ ކިބައި އެދިވަޑައި ގަންނަވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.