ޒުހުރިއްޔާ ހުސައިންފުޅު-- ފޮޓޯ: ޖަލްސާގެ ސްކްރީންޝޮޓެއް
ހަބަރު
24 Feb 2024 | 11:39
ޕްރައިމަރީން ނާކާމިޔާބުވުމަކީ އަދި ޕާޓީން ވަކިވެގެންދާން ޖެހޭ ސަބަބެއް ނޫން: ޒުހުރިއްޔާ

ޕްރައިމަރީން ނާކާމިޔާބުވުމަކީ އަދި ޕާޓީން ވަކިވެގެންދާން ޖެހޭ ސަބަބެއް ނޫންކަމަށް ޕީޕީއެމް/ޕީއެންސީގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރެއްވި ޒުހުރިއްޔާ ހުސައިންފުޅު ވިދާޅުވެއްޖެއެވެ.

ޒުހުރިއްޔާ މިފަދައިން ވިދާޅުވީ ރޭ މަޖިލީހުގެ އިނގުރައިދޫ ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާ އިބްރާހިމް ފަލާހްގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިންނެވެ. މިގޮތުން ޒުހުރިއްޔާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އަދި ކުރީގެ ޑީއާރުޕީ އަށް އިޚްލާސްތެރިކަމާއި އެކު މަސައްކަތް ކުރި ދަރިއެއްގެ ހައިސިއްޔަތުން ޕީޕީއެމް/ޕީއެންސީ އަކާއި ދުރަކަށް ނުދެވޭނެ ކަމަށެވެ. އަދި ކޮންމެ ގޮތަކަށް ކަންތައް މެދުވެރިވި ނަމަވެސް ހިތާއި ރޫހުން ޕާޓީއަށް ދެވިފައިވާ ލޯތްބާއި ގަދަރެއް ފިލައިގެން ނުދާނެ ކަމަށެވެ.

އިނގުރައިދޫ ދާއިރާ ތަމްސީލް ކުރަން ހުންނަން ޖެހޭނީ ދާއިރާގެ ދަރިއެއްކަން ފާހަގަކުރައްވާ ޒުހުރިއްޔާ ވިދާޅުވީ އެކަމަނާ ހުންނަވާނީ ޕީޕީއެމް/ޕީއެންސީގެ ފަރާތުން ދާއިރާ ތަމްސީލު ކުރައްވާ ފަލާހް އާއި އެކު ކަމަށެވެ. އަދި ޕްރައިމަރީން ބަލި ވުމަކީ ޕާޓީން ވަކިވެގެން ދާން ޖެހޭ ސަބަބެއް ނޫންކަމަށާއި، ޕްރައިމަރީން ލިބޭ ނާކާމިޔާބީ އަކީ ކުރިއަށް އޮތް ތަނުގައި ހުޅުވޭ މަގެއް ކަމުގައި ވެސް ޒުހުރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޕްރައިމަރީ އަކީ އަދި އެއީ ޕާޓީ އިން ވަކިވެގެންދާން ޖެހޭ ސަބަބެއް ނޫނޭ. ޕްރައިމަރީގައި ލިބޭ ނާކާމިޔާބީ އަކީ ކުރިއަށް އޮތް ތަނުގައި ހުޅުވާލެވޭ މަގެކޭ. އެހެންވިއްޔާ އަޅުގަނޑަކީ އެކަމުގައި ކުރިމަތި ލާން ކެރޭ ބޭފުޅެކޭ. އަޅުގަނޑުގެ އެ ހިތްވަރު އެބް ހުއްޓޭ. އެ ގާބިލިއްޔަތުކަން އަޅުގަނޑުގެ އެބަހުއްޓޭ."

ޒުހުރިއްޔާ ވިދާޅުވިއެވެ.

ޒުހުރިއްޔާ ވަނީ ޕީޕީއެމް/ޕީއެންސީ ދެކެ ލޯބިވާ ފަރާތްތަކަށް ފަލާހް އާއި އެކު، ބޮޑު ތަފާތަކުން މި ދާއިރާ ނެގުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ގައި އިތުރު ދެ ކެނޑިޑޭޓަކާއި އެކު ވާދަ ކުރައްވައިގެން ޒުހުރިއްޔާ ލިބިވަޑައިގަތީ ޖުމްލަ 208 ވޯޓެވެ. ބޮޑު ތަފާތަކުން މިދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ފަލާޙަށް 832 ވޯޓު ލިބިވަޑައިގެންއިރު، ޕްރައިމަރީގައި ވާދަކުރެއްވި، ހުސައިން އަސްލަމަށް ލިބިވަޑައިގަތީ 130 ވޯޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އަދީބަށް ތައުރީފްކޮށް ފޯބްސް ޖޯޖިއާގައި ލިޔުނު ލިޔުން އެ ނޫހުން ނަގައިފި
ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުއާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މަޝްހޫރު މަޖައްލާ "ފޯބްސް" ގެ ޖޯޖިއާ އެޑިޝަން ("ފޯބްސް ޖޯޖިއާ") ގައި ޝާއިޢުކުރި ލިޔުމެއް އެ ނޫހުން ނަގައިފިއެވެ.
20 Sep 2026
ކަންބޮޑުވަނީ ގައުމު ނުދަރައިގެން ބަޔަކު އުޅޭތީ: ސަޢީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޮޑެތި އަދަދުތަކުން ދަރަނި ދައްކައި އިޤްތިޞާދު ހަމަމަގަށް އަޅުވަމުންދާއިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ ޤައުމު ނުދަރައިގެން ބަޔަކު އުޅޭތީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
20 Sep 2026
ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، އާސެނަލްގެ ރެކޯޑް ނިމުމަކަށް
މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗް މިކެލް އަޓޭޓާ ބުނީ މެޗްގައި ހުރިހާ ގޮތަކުންވެސް އާސެނަލްގެ ކުޅުންތެރިންނަށް ވުރެ ބްރައިޓަން ކުޅުންތެރިން ތަފާތުކަމަށެވެ. އެގޮތުން އެޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާގެ ޓީމްގެ ކުޅުންތެރިންނަށް ނުކުޅެވުނުކަން އަޓޭޓާ ވަނީ ފާހަގަކޮށްފައެވެ
20 Sep 2026
މޭވާއާއި ތަރުކާރީގެ ތޮށިން ތައްޔާރު ކުރެވިދާނެ މީރު ބައެެއް ތަކެތި
ދުނިޔޭގެ ނިސްބަތުން ބަލާއިރު، އުފައްދާ ކާބޯތަކެތީގެ ތިންބައިކުޅަ އެއްބައި (އަހަރަކު 1.3 ބިލިއަން ޓަނު) ބޭކާރުވެގެންދެއެވެ. ކުނިގޮނޑުތަކުގައި ކާބޯތަކެތި ކުނިވުމުން ޖައްވަށް ބޭރުވާ މީތޭން ގޭހަކީ ކާބަން ޑައިއޮކްސައިޑަށްވުރެ 80 ގުނަ ބާރުގަދަ ގޭހެކެވެ. އަހަރެމެން ކުނީގެ ގޮތުގައި ދެކޭ ގިނަ ބަޔަކީ ހަގީގަތުގައި ކެވޭ، ފައިދާހުރި ބައިތަކެވެ. ތިރީގައި މިވަނީ އާންމުކޮށް އުކައިލާ ތޮށިތަކުން ތައްޔާރުކޮށްލެވިދާނެ ބައެއް މީރު އަދި ފައިދާހުރި ބާވަތްތަކެވެ.
20 Sep 2026
ރަފީނިއާގެ ލަނޑުތަކާއެކު ބާސެލޯނާއިން ސެވިއްޔާ ބަލިކޮށްފި
ބާސެލޯނާ މޮޅުވި މިމެޗްގައި ރަފީނިއާ އާ ބެހޭގޮތުން އެންމެބޮޑަށް ތައުރީފްކޮށް ވާހަކަދައްކާފައިވަނީ ސެވިއްޔާގެ ކޯޗް ލުއިސް ގާސިއާއެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގާސިއާ ބުނީ، ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިންގެ ތެރޭގައި ރަފީނިއާ ނުހިމެނުމަކީ ޖޯކެއް ކަމަށެވެ
19 Sep 2026
ބީއެމްއެލްގައި ހުރި ފައިސާއިން ޓީ-ބިލް ދެއްކި ވާހަކަ މާލީ ވުޒާރާއިން ދޮގުކޮށްފި
މާލީ ވުޒާރާއިން ބުނެފައިވަނީ އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ މި ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އަދި މި ފައިސާ ދައްކާފައިވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ސާފުކޮށްދެއްވާފައެވެ
19 Sep 2026
ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރީގެ ޑިފެންޑަރު ސޮބާ
ޤައުމީ ޓީމުގެ އޮފިޝަލް ޓީމާ ސޮބާހު މި ގުޅުނީ ކުރިއަށް އޮތް ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުތަކަށް ޓީމު ވަރުގަދަކޮށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
19 Sep 2026
ތޮއްޑޫގައި ބޮޑު އޮޕަރޭޝަނެއް: 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޝަންގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވި މި އޮޕަރޭޝަނުގައި 507 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެ އެވެ. އޭގެ ތެރެއިން 107 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.