ކުރީގެ ނާއިބު ރައީސް އަދީބު-
ހަބަރު
20 Sep 2026 | 10:07
އަދީބަށް ތައުރީފްކޮށް ފޯބްސް ޖޯޖިއާގައި ލިޔުނު ލިޔުން އެ ނޫހުން ނަގައިފި

ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުއާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މަޝްހޫރު މަޖައްލާ "ފޯބްސް" ގެ ޖޯޖިއާ އެޑިޝަން ("ފޯބްސް ޖޯޖިއާ") ގައި ޝާއިޢުކުރި ލިޔުމެއް އެ ނޫހުން ނަގައިފިއެވެ.

"ދަ ރައިޒް، ފޯލް، އެންޑް ރީއިންވެންޝަން" ގެ ނަމުގައި ޝާއިޢުކުރި މި ލިޔުން ޝާއިޢުކުރީ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ. އެ ލިޔުން މީސް މީޑިއާގައި ހިއްސާކޮށް މީގެ ދެދުވަސްކުރީން އަދީބު ވަނީ ލިޔުން ޝާއިއުކުރި ކަމަށްޓަކައި ފޯބްސް އަށް ޝުކުރުވެސް އަދާކޮށްފައެވެ. 

ނަމަވެސް އެ ލިޔުން މިހާރު ވަނީ އެ ނޫހުން ނަގާފައެވެ. 

އެ ލިޔުން ނެގުމަށްފަހު ފޯބްސް ޖޯޖިއާގެ ވެބްސައިޓުގައި ލިޔެފައިވާ ނޯޓިސްގައި ބުނެފައިވަނީ، އެ ލިޔުން ޝާއިޢުކުރުމާއި، މައުލޫމާތު ހޯދި ގޮތާއި، އަދި އެޑިޓޯރިއަލް މިންގަނޑުތަކާ ގުޅޭގޮތުން އުފެދިފައިވާ ސުވާލުތައް އެ ނޫހުން މުރާޖަޢާކުރަމުންދާތީ، އެ މުއްދަތުގައި ލިޔުން ނަގާފައިވާ ކަމަށެވެ.

ނަމަވެސް، މި މައްސަލަ ބަލަން ޖެހުނު ސީދާ ސަބަބެއް އަދި ތަހުގީގުކުރަމުންދަނީ ކޮން ކަންތައްތަކެއް ކަމެއް އެ ނޯޓިސްގައި ތަފުސީލުކޮށްފައެއް ނުވެއެވެ.

ފޯބްސް ޖޯޖިއާއަކީ ބައިނަލްއަޤްވާމީ ފޯބްސް ބްރޭންޑުގެ ދަށުން ޖޯޖިއާ އަދި ބައިނަލްއަޤްވާމީ ފަރާތްތަކަށް ޚާއްޞަކޮށްގެން ވިޔަފާރިއާއި، އިޤްތިޞާދާއި، ލީޑަރޝިޕްގެ ދާއިރާތަކުގެ ޚަބަރާއި މައުލޫމާތު ގެނެސްދޭ މަޖައްލާއެކެވެ.

އަދީބަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މުގުލުގައި ހުރި އެކެކެވެ. ފަތުރުވެރިކަމަށް ފަޅުތަކާއި ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި މި މައްސަލައިގައި އަދީބުގެ މައްޗަށް ކުށް ސާބިތުވެ، ޖަލު ޙުކުމްތަކެއްވެސް އިއްވިއެވެ. ނަމަވެސް ރައީސް ޞާލިޙްގެ ސަރުކާރުން ވަނީ އޭނާއަށް މަޢާފުދީ ޖަލުން މިނިވަންކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އޯލެވެލް އިމްތިޙާނު މިއަދު ފަށައިފި
މިއަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި 8111 ދަރިވަރުން އަދި އެޗްއެސްސީ އިމްތިޙާނުގައި 7776 ދަރިވަރުން ބައިވެރިވެ، މާލެ ސަރަޙައްދާއި އަތޮޅުތެރޭގެ ސެންޓަރުތަކުގައި އިމްތިޙާނު މިއަދު ފަށައިފިއެވެ.
20 Sep 2026
އަދީބަށް ތައުރީފްކޮށް ފޯބްސް ޖޯޖިއާގައި ލިޔުނު ލިޔުން އެ ނޫހުން ނަގައިފި
ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުއާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މަޝްހޫރު މަޖައްލާ "ފޯބްސް" ގެ ޖޯޖިއާ އެޑިޝަން ("ފޯބްސް ޖޯޖިއާ") ގައި ޝާއިޢުކުރި ލިޔުމެއް އެ ނޫހުން ނަގައިފިއެވެ.
20 Sep 2026
ކަންބޮޑުވަނީ ގައުމު ނުދަރައިގެން ބަޔަކު އުޅޭތީ: ސަޢީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޮޑެތި އަދަދުތަކުން ދަރަނި ދައްކައި އިޤްތިޞާދު ހަމަމަގަށް އަޅުވަމުންދާއިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ ޤައުމު ނުދަރައިގެން ބަޔަކު އުޅޭތީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
20 Sep 2026
ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، އާސެނަލްގެ ރެކޯޑް ނިމުމަކަށް
މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗް މިކެލް އަޓޭޓާ ބުނީ މެޗްގައި ހުރިހާ ގޮތަކުންވެސް އާސެނަލްގެ ކުޅުންތެރިންނަށް ވުރެ ބްރައިޓަން ކުޅުންތެރިން ތަފާތުކަމަށެވެ. އެގޮތުން އެޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާގެ ޓީމްގެ ކުޅުންތެރިންނަށް ނުކުޅެވުނުކަން އަޓޭޓާ ވަނީ ފާހަގަކޮށްފައެވެ
20 Sep 2026
މޭވާއާއި ތަރުކާރީގެ ތޮށިން ތައްޔާރު ކުރެވިދާނެ މީރު ބައެެއް ތަކެތި
ދުނިޔޭގެ ނިސްބަތުން ބަލާއިރު، އުފައްދާ ކާބޯތަކެތީގެ ތިންބައިކުޅަ އެއްބައި (އަހަރަކު 1.3 ބިލިއަން ޓަނު) ބޭކާރުވެގެންދެއެވެ. ކުނިގޮނޑުތަކުގައި ކާބޯތަކެތި ކުނިވުމުން ޖައްވަށް ބޭރުވާ މީތޭން ގޭހަކީ ކާބަން ޑައިއޮކްސައިޑަށްވުރެ 80 ގުނަ ބާރުގަދަ ގޭހެކެވެ. އަހަރެމެން ކުނީގެ ގޮތުގައި ދެކޭ ގިނަ ބަޔަކީ ހަގީގަތުގައި ކެވޭ، ފައިދާހުރި ބައިތަކެވެ. ތިރީގައި މިވަނީ އާންމުކޮށް އުކައިލާ ތޮށިތަކުން ތައްޔާރުކޮށްލެވިދާނެ ބައެއް މީރު އަދި ފައިދާހުރި ބާވަތްތަކެވެ.
20 Sep 2026
ރަފީނިއާގެ ލަނޑުތަކާއެކު ބާސެލޯނާއިން ސެވިއްޔާ ބަލިކޮށްފި
ބާސެލޯނާ މޮޅުވި މިމެޗްގައި ރަފީނިއާ އާ ބެހޭގޮތުން އެންމެބޮޑަށް ތައުރީފްކޮށް ވާހަކަދައްކާފައިވަނީ ސެވިއްޔާގެ ކޯޗް ލުއިސް ގާސިއާއެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގާސިއާ ބުނީ، ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިންގެ ތެރޭގައި ރަފީނިއާ ނުހިމެނުމަކީ ޖޯކެއް ކަމަށެވެ
19 Sep 2026
ބީއެމްއެލްގައި ހުރި ފައިސާއިން ޓީ-ބިލް ދެއްކި ވާހަކަ މާލީ ވުޒާރާއިން ދޮގުކޮށްފި
މާލީ ވުޒާރާއިން ބުނެފައިވަނީ އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ މި ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އަދި މި ފައިސާ ދައްކާފައިވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ސާފުކޮށްދެއްވާފައެވެ
19 Sep 2026
ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރީގެ ޑިފެންޑަރު ސޮބާ
ޤައުމީ ޓީމުގެ އޮފިޝަލް ޓީމާ ސޮބާހު މި ގުޅުނީ ކުރިއަށް އޮތް ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުތަކަށް ޓީމު ވަރުގަދަކޮށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.