ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު، ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ--ފޮޓޯ/ އެމްޑީޕީ
ހަބަރު
27 Feb 2024 | 08:50
މަހުން ނަގާ ޑިއުޓީ ކުޑަކުރަން ރާއްޖެއަށް ފައިދާވާނެ އެއްބަސްވުމަކި މިސަރުކާރުން ސޮއި ނުކުރޭ: ރައީސް ޞާލިހް

މަހުން ނަގާ ޑިއުޓީ ކުޑަކުރުމަށްޓަކައި، ރާއްޖެއަށް ފައިދާވާނެ އެއްބަސްވުމެއްގައި އަދުގެ ސަރުކާރުން ސޮއި ނުކުރާ ކަމަށް އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ފެށުމަށް އާޓިފިޝިއަލް ބީޗްގައި ރޭ ބޭއްވި ޖަލްސާފައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ މިސަރުކާރުން މަސްވެރިންނަށާއި، ގޯއްޗާއި ފުލެޓް ލިބުނު މީހުންނަށް އޮޅުވާލައި، ޕްރޮޖެކްޓްތައް ހުއްޓާލާ ސިޔާސީ ވަޒީފާތައް އިންތިހާއަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ހަމަ އެހެންމެ ހާރިޖީ ގުޅުންތައް ގައުމުތަކާއި ކެނޑި، ރާއްޖެ ބާކީވަމުންދާ ކަމަށާ، ރާއްޖޭގެ މިސްރާބު ހަމަ މަގަށް އެޅުވުމަށް، މަޖިލިސް އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން އެމްޑީޕީން ކާމިޔާބުކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މިއާއެކު ރައީސް ޞާލިހު ވިދާޅުވީ، ހަމައެކަނި މަސްވެރިންނަށް މި ސަރުކާރުން އޮޅުވާލަމުންދާ އޮޅުވާލުން ތަކަކީވެސް ސަރުކާރު ހަމަ މަގަށް އަޅުވަންޖެހޭ ސަބަބެއް ކަމަށެވެ. 

ހަމައެކަނި މަސްވެރިންނަށް އެ އޮޅުވާލުންތަކަކީ، އެ ސަބަބަށްޓަކައި އެކަނިވެސް ފުލެޓާއި ގޯތި ދިން ފަރާތްތަކަށް އޮޅުވާލާ ދޮގު ހަދާ، އެ ސަބަބުތަކަށްޓަކައި އެކަނި ނަމަވެސް އަޅުގަނޑުމެން އެބަޖެހޭ މި ސަރުކާރު ހަމަމަގަށް އަޅުވަން. ތެދެއް އެބޭފުޅުން ވިދާޅުވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުން ވިދާޅުވަމުން ގެންދިޔައީ މަސްވެރިންނަށް މަސްކިލޯއަކަށް މަދުވެގެން 25 ރުފިޔާ ދޭނަމޭ. އޭގެ އިތުރުން ޕީއެންސީގެ ކެންޑިޑޭޓް ވިދާޅުވީ 48 ގަޑިއިރު ތެރޭގައި ޑޮލަރުން ގުނާފައި މަސްވެރިންނަށް ފައިސާ ދޭނެ ވާހަކަ. އަޅުގަނޑުމެން އެ ވައުދުވިން. އެވައުދުވި އިރުގައި ވަރަށް ސާފުކޮށް ދެންނެވިން، ޑިސެމްބަރު ނުވަތަ ޖެނުއަރީ ހައިތަނުގައި އަދި ގެއްލުމުގައޭ މަސްވެރިންނަށް ފައިސާ ދޭންޖެހޭނީ. އެހެންނަމަވެސް ޔޫރަޕަށާއި އިނގިރޭސީވިލާތަށް ބޭރުކުރާ މަހަށް ނަގާ ޑިއުޓީ ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށް ނިމުމަކާ ހިސާބަކަށް ގޮސްފައި އޮންނާނީ.

ކުރީގެ ރައީސް، އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހް އިތުރަށް ވިދާޅުވީ، މަހުން ނަގާ ޑިއުޓީ ކުޑަކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ޔޫރަޕާއި އިނގިރޭސިވިލާތާއި އެކު ކުރި މަސައްކަތް ތައް މި ސަރުކާރުން ކުރިއަށް ނުގެންދާ ކަމަށެވެ. އަދި މަހުގެ ޑިޔުޓީ ކުޑަ ކުރަން މިސަރުކާރުން ވާހަކަ ދައްކާނެ ބޭރުގެ ގައުމެއްވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް ފައިދާވާކަހަލަ މަސައްކަތެއް، ހާއްސަކޮށް މަސްވެރިންނަށް ފައިދާވާނެ އެއްބަސްވުމެއް ހަދާތަން  އަދިއެއް އަޅުގަނޑަކަށް ގައިމުވެސް ނުފެނޭ. ގައުމަކާއެކު ފްރީޓްރޭޑް އެގްރީމެންޓެއް ތަންފީޒު ކުރަން ތައްޔާރަށް އޮތް ވާހަކައެއް ވިދާޅުވީ. އެއަކުން ރާއްޖެއަށް ކުރާނެ މާބޮޑު ފައިދާއެއް ނެތް. އަޅުގަނޑުމެންނަށް ފައިދާއެއް ވާނީ އަދި މަސްވެރިންނަށް ފައިދާއެއް ވާނީ ރާއްޖެއިން ބޭރުކުރާ މަސް ގަންނަ ބަޔަކާއެކީގައި އެއްބަސްވުމެއް ހަދައިގެން. އަޅުގަނޑުމެން ވާނެ އިނގިރޭސީވިލާތާއެކު ފްރީޓްރޭޑް އެގްރީމެންޓެއްގެ މަސައްކަތް ފަށާފައި. މިއަދު އެ މަސައްކަތް ނިންމާލެވުނު ނަމަ މަސްވެރިންނަށް 25 ރުފިޔާ އަދި ޑޮލަރުންވެސް ދެވުނީސް. އެކަމަކު ބޯހަރީ. ގޮތް ދޫނުކުރަނީ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ، މި ސަރުކާރުން "އެންމެ ފުރަތަމަވެސް ކުރެއްވި ގޯސްކަމަކީ" މިފްކޯ އެސްޓީއޯގެ ދަށުން ވަކިކުރެއްވުން ކަމަށެވެ. އެހެން ނަމަވެސް މިއީ އެކަން ކުރަން ރަނގަޅު ވަގުތު ނޫން ކަމަށާ، އެމަނިކުފާނުގެ ސަރުކާރުގައި ވެސް ތިން ހަތަރު ފަހަރު އެ ފީސިބިލިޓީ ހަދައިގެން ގެނައުމުން އެކަން ގަބޫލު ނުކުރީ އެއީ އެންމެ ރަނގަޅުގޮތް ކަމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އެހެނީ، ބޭންކުތަކުން ލޯނު ލިބޭނީ އެސްޓީއޯގެ ދަށުގައި މިފްކޯ އޮތުމުން ކަމަށާ، ވަކި ކުރުމުން މިފްކޯއަކަށް ފައިސާދޭނެ ބޭންކެއް ނުހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އައިއެމްއެފްއާއި ވޯލްޑް ބޭންކުންވެސް ބުނަމުންދަނީ "އެއީ ގޯހެއް" ކަމަށާ، ދެންވެސް ކުރަންވީ ކަމަކީ މިފްކޯ އެސްޓީއޯގެ ދަށަށް ގެނައުން ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

ކޮމެންޓް
ރައްޒާޤް
މުޅި ޤައުމު ދަރަނީގެ އަދަވަޅަކަށް ވައްޓާލާފަ ވެރިކަމުގަ 5 އަހަރު ހޭދަކުރި އިރުވެސް މަހުންނަގާ ޑިއުޓީ ކުޑަނުކޮށް އަދި 4 މަސް މުއިއްޒުގެ ވެރިކަމަށް ނުވަނީސް މައްސަލަޖައްސަން ސޯލިހު ލަދުގަންނަންޖެހޭނު.
27 Feb 2024
ގުޅޭ ލިޔުންތައް
04 Jul 2026
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ
04 Jul 2026
ޕެނަމާ ކެނަލް ކޮންޓްރޯލްކުރުމުގެ ފުރުސަތު ޗައިނާއަށް ނުދޭނަން: ޓްރަމްޕް
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ޕެނަމާއިން އެ ކެނަލްގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ހުރަސްކުރާ އުޅަނދުފަހަރުން ނަގާ ފީ ހަތަރު ގުނައަށް ބޮޑުކޮށް، އޭގެއިން ބޮޑު ފައިދާއެއް ހޯދާފައިވެއެވެ
04 Jul 2026
މަންފާގެ ނަމާދު އެޕް "ބަންގި" - މުހިންމު ފީޗާސްތަކާއެކު، މިހާރު ޑައުންލޯޑްކޮށްލެވޭނެ
މީގެ އިތުރުން ހޯމް ސްކްރީނު ނަމާދު ވަގުތުތަކާއި ކުރިއަށް އޮތް ނަމާދަށް އޮތީ ބާކީ ކިހާ ވަގުތެއްކަން އަންގައިދޭނެ އެވެ