ރޭގެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވާހަކަ ދައްކަވަނީ--ފޮޓޯ/އެމްޑީޕީ
ހަބަރު
27 Feb 2024 | 09:40
ކުރީގެ ސަރުކާރު، ކުރީ ސަރުކާރު މިކިޔަނީ، ކަންކަން މެނޭޖްކުރަން ނޭނގިގެން: ރައީސް ޞާލިހު

އަދުގެ ސަރުކާރުން ތަކުރާރުކޮށް "ކުރީ ސަރުކާރު" ކިޔަމުންދަނީ، ކަންކަން މެނޭޖް ކުރަން ނޭނގިގެން ކަމަށް ކުރީ ސަރުކާރުގެ ރައީސް، އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހިމް މުހައްމަދު ޞާލިހު ރޭ ވިދާޅުވެއްޖެއެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެންޕެއިން ރަސްމީކޮށް އިފްތިތާޙް ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޞާލިހު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ ދަތި އުނދަގޫ ދުވަސްތަކަކާ ކަމަށެވެ. 

އެގޮތުން އެ ވެރިކަމުގައި ކުރިމަތިވި ޢާލަމީ ވަބާ، ކޮވިޑް-19 ގައި ދިވެހި ރާއްޖެއިން، 20،000 އާއި އެއް ލައްކަ އާއި ދެމެދުގެ އަދަދަކަށް މީހުން މަރުވާނެ ކަމަށް އެމަނިކުފާނަށް، އެކަމާއި ގުޅޭ މާހިރުން ހުށަހެޅި ރިޕޯޓް ތަކުގައި ބުނި ކަން ފާހަގަކުރެއްވި އެވެ. 

އެހެންކަމުން، އެ ސަރުކާރުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބެއްލެވީ، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުން ކަމަށާ، އެކަން ކުރަން ބެލި އިރު ދައުލަތުގެ ރިޒާވްގައި ހުރީ ދޮޅުމަހެއްހާ ދުވަހު ކާބޯތަކެތި ގެނެވޭނެ ފައިސާ ކަމަށް އެމާނިކުފާނު ވިދާޅުވި އެވެ. 

އެހެން ނަމަވެސް އެދުވަހު ރާއްޖޭގެ އެއްވެސް ރައްޔިތަކު ބަނޑަށް ނުޖެހި ސަލާމަތް ކުރުމަށްޓަކައި ބަރާބަރަށް ކާބޯތަކެތި އިރާދަކުރެއްވިޔާ އަޅުގަނޑުމެން ގެނައިން. ތެޔޮ ގެނައިން. ސިއްހީ ޚިދުމަތް އަޅުގަނޑުމެން ފޯރުކޮށްދިނިން. އަދި އޭގެ އިތުރުން ކުރީގެ ސަރުކާރުން ނަގާފައި ހުރި ދަރަނިތައްވެސް އަޅުގަނޑުމެން ދައްކަމުން ދިޔައީ. އަދި ދޭދޭ ގައުމު ތަކާއި ވާހަކަ ދައްކައިގެން ލޯނުތައް ފަސްކުރެވުނު.  

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

"އަބޫދާބީ ފަންޑުން ނަގާފައި ހުރި 100 މިލިއަން ޑޮލަރު އަޅުގަނޑުމެން ފަސްކުރިން. އޯޕަން މާކެޓަށް ގޮސް, 500 މިލިއަން ޑޮލަރު ނަގައި 250 މިލިއަން ޑޮލަރު އަޅުގަނޑުމެން ދައްކައި ނިންމިން. ރާއްޖޭގެ ވިޔަފާރިތައް ބަނގުރޫޓް ވިޔަނުދޭން އެހީތެރިކަން ފޯރުކޮށްދޭން ޖެހުނު. ޓޫރިޒަމް ސެކްޓަރ އެހެން ނޫން ނަމަ، ފައިދާ ލިބޭ ތަނެއްގެ ގޮތުގަ އެއްނޫން މިއަދު އޮންނާނީ. ކުދި ވިޔަފާރިތަކަށް ކޮޅަށްޖެހޭނެ ގޮތް ހޯދައި ދިނިން. އެއީ ލޯނު ނަގައިގެން އަޅުގަނޑުމެން ކުރި ކަންތައް. އެހެން ނޫން ނަމަ މިއަދު މި ގައުމު މިހެން ނޯންނާނެ. ހަގީގަތުގައި މިއަދު ވެގެން މިއުޅެނީ މެނޭޖް ކުރަން ނޭނގިގެން. ކުރީގެ ސަރުކާރު، ކުރީގެ ސަރުކާރު، ކުރީގެ ސަރުކާރު." ކޮވިޑް ތެރޭގައި ކަންކަން މެނޭޖް ކުރައްވަމުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ނަގާފައި ހުރި ލޯން ތައް ދައްކަން ކުރެއްވި މަސައްކަތް ކޮޔައިދެއްވަމުން ޞާލިހު ވިދާޅުވި އެވެ. 

ރައީސް ޞާލިހު މިހެން ވިދާޅުވެފައި ވާއިރު، އެމާނިކުފާނުގެ ވެރިކަން ނިމުނު އިރު، ދައުލަތުން ބޭރުގެ އެކި ފަރާތްތަކަށް ދައްކަންޖެހޭ 120 ބިލިއަނާއި، ރާއްޖޭގެ އެކިއެކި ފަރުދުންނަށް ދައްކަންޖެހޭ 9 ބިލިއަން އޮތް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ިަިިަަހަސަން
މަނިކުފާން ވެރިކަމުން ފައިބަންދެންވެސް ކީ މެނޭޖް ކުރަން އެނގުނީމަތޯ
27 Feb 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.