އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒު އިސްމާއީލް ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ-- ފޮޓޯ/ އެމްޑީޕީ
ހަބަރު
27 Feb 2024 | 10:37
ރައީސް ޔާމީންގެ ވެރިކަމުގެ 'އަނިޔާތައް' ހަނދާން ނެތުނީ ރައީސް ޞާލިހު ކުރި ހެޔޮ ވެރިކަމުގެ ސަބަބުން: ފައްޔާޒު

2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ކުރި ވެރިކަމުގެ އަނިޔާވެރި ދުވަސްތައް ހަނދާނުން ފިލައި ދިޔައީ 2018 ވަނަ އަހަރުން 2023 ވަނަ އަހަރާއި ހަމައަށް ވެރިކަން ކުރެއްވި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ހެޔޮ ވެރިކަމުގެ ސަބަބުން ކަމަށް، އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާރޕާސަން އަދި ރައީސް ޞާލިހުގެ ސަރުކާރުގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. 

ފައްޔާޒު މިފަދައިން ވިދާޅުވެފައި ވަނީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީފެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެންޕެއިން ރަސްމީކޮށް އިފްތިތާޙް ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

އެގޮތުން ފައްޔާޒް ވިދާޅުވީ އެމްޑީޕީން މިހާރު އަނެއްކާވެސް ނުކުންނަނީ އަނިޔާވެރި މުޖުތަމައެއްގެ ހާލަތު ބަދަލުކޮށް، ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދައިދިނުމަށް ކަމަށެވެ.

އަދި އެ މަސައްކަތް އެމްޑީޕީން ޒަމާންތަކެއް ވަންދެން ކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ވެރިކަމުގެ ނިޒާމާއި ދައުލަތުގެ ނިޒާމް ބަދަލުކޮށް، އެންމެ ބާރުވެރި ބަޔަކީ ރައްޔިތުންކަމަށް އެމްޑީޕީން ހަދައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި، އާ ގާނޫނު އަސާސީއާއެކު ރައްޔިތުންނަށް ބާރުތައް ހޯދައިދިނީ އެމްޑީޕީއެވެ. އަދި ވަރަށް އަނިޔާވެރި ވެރިކަންތަކުގައި ވެސް ރައްޔިތުންގެ ހައްގުތައް ހޯދައިދޭން އެމްޑީޕީން މަސައްކަތްކުރި ކަމަށާ ވިދާޅުވިއެވެ. 

2013 އިން 2018 އަށް އެކުރި ވެރިކަމުގެ އަނިޔާވެރި ވާހަކަ މިއަދު އަޅުގަނޑުމެން، މުޅިން ހަނދާނެއް ނެތް. އެކަން ހަނދާން ނެތުނީ، 2018 ވަނަ އަހަރު، ރައީސް ޞާލިހު، އެމްޑީޕީގެ ކެންޑިޑޭޓް، ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގެން، ވޭތުވެދިޔަ 5 އަހަރު ކުރެއްވި ހެޔޮ ވެރިކަމުގެ ސަބަބުން. އަޅުގަނޑުމެންގެ މި ޕާޓީ، ފުރަތަމަ ވުޖޫދަށް އައި ކަންތައްތައް، ތަންފީޒު ކުރެވުނީމާ، އަޅުގަނޑުމެންގެ އަމާޒުތައް ހާސިލްވެ ނިމުނީ. އޭގެ ސަބަބުން އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑަށް ހަނދާން ނެތިފައި. އެހާ ވަރަށް ހައްގުތައް ހިމާޔަތް ކުރެވި، ދިވެހިރާއްޖެއަށް އަޅުގަނޑުމެންނަށް ތަރައްގީ ގެނެވުނު. 

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒު އިސްމާއީލް 

ކަންމިހެން ހުރި ނަމަވެސް، އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލަތަކުގެ ސަބަބުންނާއި، ދޮގާއި ފިތުނަ ވިއްކައިގެން މިހާރުގެ ސަރުކާރު ވެރިކަމަށް އައި ކަމަށާ، އަނެއްކާވެސް އެމްޑީޕީއަށް ކުރަން ޖެހިފައިވަނީ ކުރިން ކުރި ފަދަ މަސައްކަތް ތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ވެސް، ރޭގެ ޖަލްސާގައި ފައްޔާޒު ވަނީ އަދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރު ހަމަ މަގަށް އެޅުވުމަށް މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުން މުހިންމު ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ސ.
ވަރަށްހެޔޮވެރިކަމެއް. މުޅިރާއްޖެ ކާހުސްކުރީ.
27 Feb 2024
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.