މިސްޓަރ ނިކޮލަސް ބާރންސް
ދުނިޔެ
27 Feb 2024 | 13:00
ޗައިނާއިން ލީޑްކުރާ ދުނިޔެއެއްގައި އަހަރެމެން އުޅޭކަށް ބޭނުމެއްނޫން

ޗައިނާ ސުޕަޕަވަރެއްގެ ގޮތުގައި ލީޑްކުރާ ދުނިޔޭގައި އެމެރިކާއިން އުޅެންބޭނުންނުވާކަމުގައި އެމެރިކާއިން ނޭޓޯއަށް ކަނޑައަޅާފައިވާ އެމްބެސެޑަރ ނިކޮލަސް ބާންސް ވިދާޅުވެއްޖެއެވެ. 
އެމެރިކާގެ ޓީވީ ނެޓްވާކެއްކަމުގައިވާ ސީބީއެސްއެންގެ 60 މިނިޓް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބާންސް ވިދާޅުވީ މިހާރާއި ކުރީގެ ފިނި ހަނގުރާމައާއި ބަލާއިރު އޭރު ސޮވިއެޓް ޔުނިއަންގައި ބާރުގަދަ އަސްކަރީ ފައުޖަކާއި ނިއުކްލިއަރ ހަތިޔާރު ހުރި ނަމަވެސް ސޮވިއެޓްޔުނިއަނަކީ އޭރު އިގްތިސާދީ ގޮތުން އެމެރިކާއާއި ވާދަކުރެވޭ ވަރަށްވުރެ ބަލިކަށި ގައުމެއް ކަމަށެވެ. 
އެކަމަކު މިހާރު އެމެރިކާއިން ވާދަކުރަންޖެހިފައިވާ ޗައިނާއަކީ އިގްތިސާދީ ވަރުގަދަ ބާރެއް ކަމަށެވެ. ސޮވިއެޓް ޔުނިއަން 1940 ހާއި 50 އާއި 70 އާއި 80 ގެ އަހަރުތަކުގައި އޮތްވަރަށްވުރެ ޗައިނާ މާ ބާރުގަދަ ކަމަށް އޭނާވިދާޅުވިއެވެ.

އެމެރިކާއިން މިހާރު ކުރަންޖެހިފައިވަނީ އާ ފިނިހަނގުރާމައެއް ނޫންކަމަށް ވިދާޅުވަމުން އޭނާ ފާހަގަކުރެއްވީ ހަނގުރާމައަކީ ޑިމޮކްރެޓިކް ސޮސައިޓީއާއި މިނިވަންކަން ބިނާވެފައިވާ އެމެރިކަން ފަލްސަފާއާއި ޗައިނާގެ ކޮމިއުނިސްޓް ފަލްސަފާއާ ދެމެދު ހިގަމުންދާ ހަގުރާމައެއް ކަމަށެވެ. ޗައިނާއިން ދެކެނީ އެމެރިކާގެ ޑިމޮކްރެޓިކް އައިޑިއާއަށްވުރެ ޗައިނާގެ ކޮމިއުނިސްޓް އައިޑިއާ މާމަތީގައި އޮތްކަމަށާއި އެމެރިކާއިން އެގޮތް ގަބޫލު ނުކުރާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު މިހިގާ ހަގުރާމައަކީ ދުނިޔެ ލީޑްކުރަންވީ ކޮންބައެއްގެ އައިޑިއާއެއްގެ މަތީގައި ކަން ކަނޑައެޅުމަށް ހިގާހަގުރާމައެއް ކަމުގައިވެސް މިސްޓަރ ބާރންސް ވިދާޅުވިއެވެ.

ޗައިނާއިން އަމާޒުހިފާފައިވަނީ 2035 ވަނައަހަރާއި ހަމައަށްދާއިރު ދުނިޔެ މިހާރު ކޮންޓްރޯލް ކުރަމުންދާ ހުޅަނގުގެ ޙަޟާރަތުގެ މައްޗަށް ޓެކްނޮލޮޖީގެ ގޮތުން ޗައިނާ ކުރިއަރައިގެން ދިއުމަށެވެ. ޗައިނާގެ ރައީސް ޝީޖިންގޕިންގެ ތަސައްވުރަކީ އެއީއެވެ.

އެމެރިކާގެ ސީނިއަރ ޑިޕްލޮމޭޓް ވިދާޅުވީ އެމެރިކާގެ ޓެކް ކުންފުނިތަކާއި ޓެކް އެކްސްޕާޓުން ހަނގުރާމަކުރަމުންދަނީ އާޓިފިޝަލް އިންޓެލިޖެންސާއި ބައޯޓެކްއާއި ގުއަންޓަމްގެ ރޮގުން ޗައިނާއަށްވުރެ ކުރިއެރުމަށެވެ. ސަބަބަކީ މުސްތަގްބަލްގައި އަސްކަރީ ޓެކްނޮލޮޖީ ބިނާވެގެންދާނީ މިޓެކްނޮލޮޖީގެ މައްޗަށް ކަމުގައިވާތީއެވެ. ކުރިއަށް އޮތްތާގައި ސުޕަޕަވަރެއްގެގޮތުގައި ދެމިއޮވެވޭނީ މިރޮނގުން ކުރިއަރައި ދިޔަ ބަޔަކަށެވެ. މިސްޓަރ ބާންސް ވިދާޅުވީ ޗައިނާގެ އަމާޒަކަށްވާނީ މިރޮނގުން ކުރިއަރައިގެންގޮސް އެމެރިކާގެ މައްޗަށް ބާރުވެރިވެގަތުމަށެވެ. އެކަމަކު ޗައިނާ ކޮންޓްރޯލްކޮށްގެންދާ ދުނިޔެއެއްގައި އެމެރިކާ އޮންނަން ބޭނުންނުވާކަމަށް އޭނާ ވިދާޅުވިއެވެ. މިސްޓަރ ބާރންސް އެމެރިކާގެ އެމްބެސެޑަރގެ ގޮތުގައި ޗައިނާގައިވެސް މަސައްކަތްކުރައްވާފައި ވެއެވެ.

އެމެރިކާގެ ޑިޕްލޮމޭޓުގެ މި އިންޓަވިއުއިން ދުނިޔޭގައި އިގްތިސާދީގޮތުންނާއި ޓެކްނޮލޮޖިކަލް ރޮގުން ބާރުގަދަކޮށްފައިވާ ޗައިނާއާމެދު އެމެރިކާ އޮތް ނުތަނަވަސްކަން ވަރަށް ބޮޑަށް ދޭހަވެއެވެ. ޗައިނާއަށް ދަތިކޮށްގެން އެގައުމު ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރަމުންދާ ދިއުން ހުއްޓުވޭތޯ އެމެރިކާއިން މިހާތަނަށް ކުރި ހުރިހާ މަސައްކަތް އަދިވަނީ ނާކާމިޔާބުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
24 Jul 2026
ސައުދީ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިސްރާއީލް ބަލައިގަތީމާ
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ތަންފީޒުވާނެ ހަމައެކަނި ގޮތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށެވެ.
24 Jul 2026
ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
އިންޑިއާގެ ތަޢުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން ވަކިކުރުމަށް ގޮވައިލައި 26 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ސޯނަމް ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ޤައުމުގައި ހަމަނުޖެހުން ހިނގައިފާނެ ކަމުގެ ބިރާ ގުޅިގެން ނިންމައިލައިފިއެވެ.
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ