ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
27 Feb 2024 | 16:38
މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނީ މަޖިލީހުން ވެސް އެއްބާރުލުން ދީގެން: ރައީސް މުޢިއްޒު

މި ސަރުކާރުން ކުރިއަށް ގެންދަން ރާވާފައި ހުރި މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނީ މަޖިލީހުން ވެސް އެއްބާރުލުން ދީގެން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނީ ށ. މިލަންދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވަނީ އެރަަށަށް އެމަނިކުފާނު ވެ ވަޑައިގެންނެވި ވަޢުދުތަށްް ހަނދުމަފުޅު ހުންނެވި ކަމަށާ، އެ ވަޢުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ވަޢުދުތައް ފުއްދުމުގެ އިތުރުން ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ރޭވިފައިވާ ކަމަށް ވިދާޅުވި އެވެ. 

ރައްޔިތުންގެ ކިބާގައި އަޅުގަނޑު އެދެން އޮތީ މި މަސައްކަތްތައް ބާރު ސްޕީޑްގައި ގެންދެވޭނެ މަގު ފަހިކޮށްދެއްވާށޭ. ބާރު ސްޕީޑުގައި މި ގެންދެވެނީ ރައްޔިތުންގެ މަޖިލީހުން ވެސް އެ އެއްބާރުލުން ލިބިގެން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު 

މިއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ނިމިދިޔަ ތިން މަސް ދުވަސްތެރޭގައި، އެމްޑީޕީ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ދަތި ކުރަމުންދިޔަ ގޮތުގެ މައްޗަށް އަލި އަޅުވާ ލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވި ގޮތުން، މަޖިލީހުން ވަނީ އެއްވެސް އަސާސެއް ނެތި ސަރުކާރުން ކުރަމުން އައި މަސައްކަތް ތަކަށް މަޖިލީހުން ވަނީ ހުރަސް އަޅާފައެވެ. 

"އެހެންވީމާ މިގޮތަށް ހިނގާ މަޖިލީހެއް އޮވެގެން ބާރު ސްޕީޑްގައި ކަންކަމެއް ނުހިންގޭނެ. އެއީ ގާނޫނު އަސާސީ އޮތް ގޮތުން ވަރަށް ގިނަ ކަންކަން ކުރުމުގެ ބާރު މަޖިލީހަށް މި އޮންނަނީ. ބަޖެޓް އެކުލަވާލައި ބަޖެޓް ފާސްކުރުމުގެ ބާރު. ގާނޫނު ހެދުމުގެ ބާރު. ގާނޫނު ތަކަށް ބަދަލު ގެނައުމުގެ ބާރު. މަގާމު ތަކުން މީހުން ވަކި ކުރުމުގެ ބާރު. ދެން މިހެން ގޮސް ވަރަށް ގިނަ ބާރު ތަކެއް އެބަ އޮވޭ."

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ކަން މިހެން ހުރުމުން، ރާއްޖޭގައި މިހާތަނަށް ކަން ހިނގަމުން އައި ގޮތުން، ސަރުކާރެއް ބާރު ސްޕީޑްގައި ކުރިއަށް ގެންދިޔުމާއި ނުގެންދިޔުމުގައި މަޖިލީސް ވަރަށް މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި މިހާރު އިދިކޮޅު އެމްޑީޕީން ކަން ކުރަމުން އަންނަ ގޮތަކީ ވަރަށް ސާފުކޮށް ފެންނަން ހުރި ކަންކަން ކަމަށާ، ދެންވެސް އެޕާޓީއަށް މަޖިލިސް މެޖޯރިޓީ ލިބިއްޖެ ނަމަ ކަން ކުރާނެ ގޮތް ސާފު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އެހެންކަމުން، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ސަރުކާރާއި އެކު މަސައްކަތް ކުރާނެ މެންބަރެއް މަޖިލީހަށް އިންތިޚާބު ކުރުމަށް ރައީސް މުޢިއްޒު ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.