ހުޅުމާލޭގައި ގާއިމުކޮށްފައިވާ ރަށުމާކެޓް-- ފޮޓޯ: އާފަތިސް
ހަބަރު
27 Feb 2024 | 16:42
ހުޅުމާލޭގައި ގާއިމުކޮށްފައިވާ ރަށުމާރުކޭޓު ގޮޅި ކުއްޔަށް ހިފުމަށް ހުޅުވާލައިފި

ހުޅުމާލޭގައި ގާއިމުކޮށްފައިވާ ރަށުމާރުކޭޓު ގޮޅި ކުއްޔަށް ހިފުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ  ގޮޅި ކުއްޔަށް ދޫކުރެވޭނެ ފަރާތެއް ކަނޑައަޅާނީ ބީލަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށައަޅާ ފަރާތަކަށް ކަމަށެވެ. ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި އަންނަ މަހުގެ  13 ވަނަ ދުވަހުއެވެ. ހަމަ އެދުވަހު ބީލަން ހުޅުވާލާއިރު، ގޮޅި އިޚްތިޔާރުކުރުން އޮންނާނީ މާރޗް މަހުގެ 20 ވަނަ ދުވަހު ކަމަށް އެޗްޑީސީން ކުރި އިއުލާނުގައި ވެއެވެ.

ބީލަން ހުށައެޅުމާއި ގުޅޭ މައުލޫމާތާއި ފޯމު މިހާރު ވަނީ އެ ކޯޕަރޭޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައެވެ.

އެޗްޑިސީން ބުނީ މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 73.33 އަކަފޫޓުގެ 11 ގޮޅި ކަމަށާއި ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި މި ގޮޅިތަކުގެ ބީލަން ފެށޭ އަގަކީ މަހަކު 3،500 ރުފިޔާ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

ރަށުމާރުކޭޓުގެ ގޮޅި ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް އެޗްޑީސީން ކަނޑައަޅާފައިވާ ޝަރުތުތަކަކީ ދިވެހި ރައްޔިތެއްކަމުގައިވުން ނުވަތަ ރަޖިސްޓަރކޮށްފައިވާ ވިޔަފާރިވެރިއެއްކަމުގައިވުމާއި، މީލާދީގޮތުން 18 އަހަރު ފުރި، ރަށު މާރުކޭޓުން ގޮޅިއެއް ކުއްޔަށް ހިންގުމުގެ އެއްބަސްވުމެއްގައިވާ ފަރާތަކަށް ނުވުމުގެ އިތުރުން، އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ހުރި ފަރާތެއްކަމުގައި ނުވުމެވެ.

އެޗްޑީސީން ބުނީ ރަށު މާރުކޭޓުން ގޮޅިއެއް ކުއްޔަށް ހިފުމުގެ ފުރުޞަތު ލިބިފައިވާކަން އަންގާ ސިޓީ ފޮނުވާ ތާރީޚުން ފެށިގެން ރަސްމީ 5 ދުވަހުގެ ތެރޭގައި ލީސް ޑިޕޮސިޓުގެ ގޮތުގައި 3 މަސް ދުވަހުގެ ކުލި ދައްކަންވާނެ ކަމަށެވެ. އެއަށްފަހު، އެއްބަސްވުމުގައި ސޮއިކޮށް، ރަސްމީ 7 ދުވަސް ތެރޭ ގޮޅި ހަވާލުކުރެވޭނެކަމަށް ވެސް އެކޯޕަރޭޝަނުން ބުނެއެވެ.

ކޮމެންޓް
އަލީބެ
ފަހިޕްލާޒާ ކުރިމަތި ވޯކްވޭ އެއްކޮށް ތަކެތިވިއްކަން ދިނީމަ ކާކުތިތަނަށް ދާނީ
28 Feb 2024
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.