އުރުދުން އިން ޣައްޒާގެ އައްސޭރިފަށަށް ވައްޓާލި އެހީގެ ކޮންޓެއިނަރުތައް-- ފޮޓޯ: އޭއެފްޕީ
ހަބަރު
27 Feb 2024 | 17:18
ފްރާންސް ގެ އެހީތެރިކަމާއި އެކު އުރުދުން އިން ވައިގެ މަގުން ޣައްޒާއަށް އެހީ ފޯރުކޮށްދީފި

ފްރާންސް ގެ އެހީތެރިކަމާއި އެކު އުރުދުން އިން ވައިގެ މަގުން ޣައްޒާއަށް އެހީ ފޯރުކޮށްދީފިއެވެ.

މި ތަކެތި ޣައްޒާއަށް ވައިގެ މަގުން ފޯރުކޮށްދީފައިވަނީ އުރުދުން ސިފައިންގެ ތިން މަތިންދާ ބޯޓާއި ފްރާންސް ސިފައިންގެ އެއް މަތިންދާ ބޯޓު ބޭނުންކޮށްގެންނެވެ. ސީދާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ޣައްޒާގެ އައްސޭރިފަށުގެ 11 ހިސާބަކަށް ވައްޓާލި ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ރެޑީ މޭޑް ފުޑް ޕެކް ވެސް ހިމެނެއެވެ.

އޭގެ އިތުރުން، ފްރާންސް ގެ މަތިންދާ ބޯޓުން ވައްޓާލި އެހީގެ ތަކެތީގެ ތެރޭގައި ދެ ޓަނަށް ވުރެ ގިނަ ކާބޯތަކެއްޗާއި ސާފުތާހިރުކަމަށް ބޭނުންވާ ސާމާނު ހިމެނެއެވެ. މި ހުރިހާ ތަކެތި ވެސް ވައްޓާލާފައިވަނީ ކޮންޓެއިނަރު ތަކެއްގައި، ވައި ކުޑައިގެ އެހީގައި ކަމަށް އުރުދުން އިން ނެރުނު ބަޔާނެއްގައި ވެއެވެ.

އެހީގެ ބައެއް ކޮންޓެއިނަރުތައް މޫދަށް ވެއްޓުނު ނަމަވެސް އޭގައި ހުރި ޕެކޭޖުތައް ހަދާފައި ވަނީ ފެން ނުވަންނަ ގޮތަށް ކަމަށް ވާތީ ދޯނިފަހަރަށް ގޮސް އެތަކެތި ނެގުމަށް މަގުފަހިވެގެންދިޔަ ކަމަށާއި މޫދަށް ވެއްޓުނު ތަކެތި ނެގުމަށް ޣައްޒާގެ މަސްވެރިން ހަރަކާތްތެރިވި ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ފްރާންސާއި އުރުދުން އިން ގުޅިގެން އިން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ އަކީ އުރުދުންގެ ރަސްގެފާނު، އަބްދުﷲ ދެވަނަ ގެ އިރުޝާދުގެ ދަށުން ކުރިއަށް ދިޔަ އޮޕަރޭޝަނެއް ކަމަށް އުރުދުންގެ ސިފައިން ވަނީ ބުނެފައެވެ. އަދި މިއީ އިންސާނީ އެހީތެރިކަން ޣައްޒާއަށް ފޯރުކޮށްދިނުމަށް މިހާތަނަށް އެގައުމުން ކުރިއަށް ގެންދެވުނު އެންމެ ބޮޑު އޮޕަރޭޝަން ކަމަށް ވެސް އެ އުރުދުންގެ ސިފައިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު، ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށިފަހުން ވެސް ، 16 ފަހަރު އުރުދުން އިން ވަނީ ޣައްޒާއަށް ވައިގެ މަގުން އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން، ދާދި ފަހުންވެސް ޣައްޒާގެ ހޮސްޕިޓަލް ތަކަށް ބޭނުންވާ އެހީ، އުރުދުން އާއި އިނގިރޭސިވިލާތް ގުޅިގެން ފޯރުކޮށްދީފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ