ށ. ފުނަދޫ ޖަލްސާގައި ވަޒީރު ޝިޔާމް ވާހަކަދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
28 Feb 2024 | 11:22
ރާއްޖޭގެ މާލީ ހާލަތު ގޯހުން ގޯހަށް ދިޔައިރުވެސް މަޖިލީހުން ތިބީ ފައިސާ ޗާޕުކުރަން ގާނޫނު ހަދާލަ ހަދާލާ: ޝިޔާމް

ދިވެހިރާއްޖޭގެ މާލީ ހާލަތު ގޯހުން ގޯހަށް ދިޔައިރުވެސް، އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން ތިބީ އޭރު އޮތް ސަރުކާރުން ބޭނުން ގޮތަކަށް ފައިސާ ޗާޕުކުރަން ގާނޫނު ހަދާލަ ހަދާލާ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ށ. ފުނަދޫ ރައްޔިތުންނާއި ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ބައްދަލު ކުރެއްވުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ނިމިދިޔަ ފަސް އަހަރު ތެރޭގައި، ދިވެހިރާއްޖެ "ހަވަރަށްދީ, ބަނގުރޫޓް ކޮށްލަން" ބޭނުންވެގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ. 

ބަޔަކު ބޭނުންވީ މި ގައުމު ހަވަރަށް ދޭން. މިގައުމު ބަނގުރޫޓް ކޮށްލަން. މިގައުމު އެހެން ބައެއްގެ އަޅުވެތިކަމަށް ދޫކޮށްލަން. އެ މަސައްކަތްތައް މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރީ. އަޑި ނޭނގޭ އެގްރީމެންޓް ތައް ހަދައިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެ އެގްރީމަންޓް ތައް ބެލީކީއެއް ނޫން. ރާއްޖޭގެ މާލީ ހާލަތު ގޯހުން ގޯހަށް ދިޔައިރުވެސް ރައްޔިތުންގެ މަޖިލީހުން ތިބީ ސަރުކާރުން ބޭނުންވާ ގޮތަށް ފައިސާ ޗާޕުކުރުމަށް ބޭނުންވާ ގާނޫނުތައް ހަދައިދީ ހަދައިދީ. އަޅުގަނޑުމެންނަށް، ރައީސް މުޢިއްޒު އަށް، މި ގައުމު އަތުވީމި ހަމަ ކިރިޔާ. 

މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް 

ޝިޔާމް ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ހުރިހާ ވަގުތަކާއި ހުރިހާ ހަކަތައެއްވެސް ހޭދަކުރައްވަމުންދަނީ ރައްޔިތުންގެ އުއްމީދު ތަކުގައި ކުލަ ޖައްސަވަން ކަމަށެވެ. 

ރައީސް މުޢިއްޒުގެ ހަފްތާ 14 ގައި ހިމަނުއްވާފައި ހުރި ކަންކަމާއި، އެހެން ރައީސުންގެ 100 ދުވަހުގެ ވަޢުދާއި އަޅާކިރާލާއިރު، އަދި އެ ވަޢުދުތަކުން ހާސިލް ވެފައިވާ މިންވަރަށް ބަލާލާއިރުވެސް އެމަނިކުފާނު ނިޔަތް ސާފުކަން ހާމަވެގެންދާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

މިއާއެކު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަށް ވެރިކަން ހޯއްދަވައިދެވޭ ހިސާބުން ރައްޔިތުންގެ މަސައްކަތް ނުނިމޭ ކަމަށާ އެހެނެއް ކަމަކު އެހިސާބުން ރައްޔިތުންގެ މަސައްކަތް ފެށޭ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމަށްފަހު، ސަރުކާރަށް ދެން އެންމެ މުހިންމު ވާނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކަމަށެވެ. 

އެއީ ރައްޔިތުންނަށް ވެސް އެންމެ މުހިންމު އިންތިޚާބު. އެހެންނޫނީ ސަރުކާރެއް ލިބިފައި، ރައްޔިތުންގެ މަޖިލީސް ވަކިގޮތަކަށް، ވަކި ބަޔަކު، އަޅުގަނޑުމެންގެ އަވަށްޓެރި ގައުމެއް ބޭނުންވާ ގޮތަށް ދިޔައީ އަނެއްކާވެސް އެދިޔައީ އަޅުގަނޑުމެންގެ މިނިވަންކަން. އެދިޔައީ ފުދުން ތެރިކަން. 

މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް 

އެގޮތަށް އެކަން ވެއްޖެ ނަމަ ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒުގެ ތަޞައްވުރު ހާސިލް ނުވާނެ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ. އެހެންކަމުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ތަޞައްވުރާއި އެއްގޮތަށް މަސައްކަތް ކުރާނެ މެންބަރުން އިންތިޚާބު ކުރުމަކީ މުހިންމު ކަމެއް ކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ޖޫސްޕެޓީ ކޮތަޅަކަށް މަސްތުވާތަކެތި އަޅައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުދަރެސް / ތ. ދިޔަމިގިލި، ރާޝިދު ޢަބްދުލްމަޖީދު (26އ) އެވެ.
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް