ފުލުހުންގެ އިދާރާ-- ފޮޓޯ: ވޮއިސް
ހަބަރު
28 Feb 2024 | 13:32
ގަލޮޅު ދަނޑުގައި ހިންގި މާރާމާރީ އާއި ގުޅިގެން ހައްޔަރުކުރި 16 މީހުންގެ ތެރެއިން 13 މީހަކު ދޫކޮށްލައިފި

ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗެއްގެ ތެރެއިން ހިންގި މާރާމާރީ އާއި ގުޅިގެން ފުލުހުން ހައްޔަރުކުރި 16 މީހުންގެ ތެރެއިން 13 މީހަކު ދޫކޮށްލައިފިއެވެ.

މިކަމާއި ގުޅިގެން މިއަދު ފުލުހުން ވިދާޅުވީ، މިމައްސަލައިގައި މިހާތަނަށް 16 މީހަކު ހައްޔަރު ކުރެވުނު ކަމަށާއި، އެމީހުންގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭގެތެރެއިން 13 މީހުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު ކަމަށެވެ. އަދި މިދިޔަ ހަފުތާ އާދީއްތަ ދުވަހު ، ބާކީ ތިބި ތިން މީހުން ކޯޓަށް ހާޒިރުކުރުމުން، ބަންދަށް އިތުރު 15 ދުވަސް ޖެހި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މާރާމާރީ ހިންގީ ގަލޮޅު ދަނޑުގައި އެދުވަހުގެ ހަވީރު ކުރިއަށް ދިޔަ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިންނެވެ. މި މެޗުގައި ބައްދަލުކުރީ ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. 1-3 ނަތީޖާއަކުން ވިކްޓަރީ މެޗުގެ ލީޑުގައި އޮއްވާ، މެޗު ނިމެން ކައިރިވެފައިވަނިކޮށް މި ހަމަނުޖެހުން ފެށުނީ ވިކްޓަރީގެ ކޯޗު، ސޮބާހް މުހައްމަދު އިބްރާހިމަށް ހަމަލާއެއް ދިނުމުންނެވެ.

އޭގެ ފަހުން ކުޑަ ހެންވޭރުގެ ސަޕޯޓަރުންގެ ބަޔަކު ވަނީ ދަނޑު މައްޗަށް އަރައި ހަމަނުޖެހުން ހިންގާފަ އެވެ. އަދި ސޮބާހުގެ މޫނުމަތީ ގޮށްމުށުން ޖަހައި އޭނާގެ އަނގަމަތި ފަޅާލާފައި ވާއިރު، މީގެ އިތުރުންވެސް އޭނާއަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

މި ކަމުގެ ސަބަބުން މެޗުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންގެ އިތުރުންވެސް ހަމަނުޖެހުން ހުއްޓުވުމަށް އިތުރު ފުލުހުންވެސް ވަނީ ސްޓޭޑިއަމަށް އައިސް ހަރަކާތްތެރިވެފައެވެ. އަދި މި ހަމަނުޖެހުމާއި އެކު މެޗު އިތުރަށް ކުރިއަށް ނުގެންގޮސް ވަނީ ހުއްޓާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.