ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
28 Feb 2024 | 21:04
ރައްޔިތުންގެ މަޖިލީހުންދަނީ ޝަރުޢީ ދާއިރާއަށް ބާރު ހިންގަމުން: ރައީސް ޑރ.މުއިއްޒު

ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ބާރު ހިންގަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ، އުތުރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ.ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޑރ.މުއިއްޒު ވަނީ ވަނީ ރާއްޖޭގައި އޮންނަނީ 3 ބާރު ވަކިވެފައިވާ ނިޒާމެއްނަމަވެސް، އެ ނިޒާމުގެ އުސޫލުތަކާއި ހިލާފު މަންޒަރުތައް މިއަދު ފެންނަމުންދާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހަށް ފާޑު ވިދާޅުވެފައެވެ.

މިގޮތުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ޝަރުޢީ ދާއިރާގެ މައްޗަށް ބާރު ފޯރުވަން މަސައްކަތްކުރަމުންދާކަމަށާއި، ރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރެއް ނެރުނަސް، އެ އަމުރު މަޖިލިސް ކުރިމަތީ އެއްވެސް އެއްޗަކަށް ނުވާ ކަމަށެވެ.

"މިއަދު ކަންކަން ގޮސްފައިވާ ހިސާބަކީ ރައްޔިތުންގެ މަޖިލީހުންދަނީ ޝަރުޢީ ދާއިރާއަށް ބާރު ހިންގަމުން. ސުޕްރީމް ކޯޓުން އަމުރެއް ނެރުނަސް އެއަމުރު ނުވޭ އެއްވެސް އެއްޗަކަށް ރައްޔިތުންގެ މަޖިލީސް ކުރިމަތީގައި."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވަނީ އިދިކޮޅު މެމްބަރުންނަކީ އެ ބައެއްގެ މައްޗަށް ބާރުގަދަ އެހެން ބަޔަކު އަންގާ އެންގުމަކަށް އޮޕަރޭޓުކުރާ، ބޭނުން ގޮތަކަށް، ވޯޓު ދިނުމުގަ ތިބޭ މެންބަރުންތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ މެމްބަރުންތަކެއް މަޖިލީހަށް ވެއްދުމަކީ އެއީ މިދިޔަ ތިން މަސްދުވަހުގެ ތެރޭގަައި ފެނިގެންދިޔަ މަންޒަރު ތަކުރާރުވެ، ދުވަހަކު ވެސް ރާއްޖެ އަނބުރާ އިޔާދަ ނުކުރެވޭނެ ހިސާބަށް ކަންކަން ދާނެފަދަ ކަމަކަށް ވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"އެ ބައެއްގެ މައްޗަށް ބާރުގަދަ އެހެން ބަޔަކު އަންގާ އެންގުމަކަށް އޮޕަރޭޓުކުރާ، ބޭނުން ގޮތަކަށް، ވޯޓު ދިނުމުގަ ތަބާވާ އަޅުންތަކެއްގެ ގޮތުގަ ތިބޭ މެންބަރުންތަކެއް މަޖިލީހަށް ވެއްދުމަކީ އެއީ މިދިޔަ ތިން މަސްދުވަހުގެ ތެރޭގަ އަޅުގަނޑުމެންނަށް ފެނުނު މަންޒަރު ތަކުރާރުވެ ދުވަހަކު ވެސް ރާއްޖެއަށް އަނބުރާ ދެން އިޔާދަ ނުކުރެވޭނެ ހިސާބަށް އަޅުގަނޑުމެންގެ ގައުމުގެ ކަންކަން ދާނެ ކަމަކަށް ވާނެ،" 

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވެފައިވާއިރު، މަޖިލިހުން ފާސްކުރި އިންތިހާބާއި ބެހޭ ބިލު ތަސްދީގުނުކުރައްވާ އަނބުރާ ފޮނުއްވާލެއްވުމުން އަނެއްކާ ވެސް އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ މިއަދު ބިލު ފާސްކޮށްފައެވެ. އަދި ރައީސް ޑރ.މުއިއްޒުގެ ވެރިކަމަށް ތިން މަސްވީ ފަހުން ވަޒީރުންނަށް ރުހުންދިނުމަށް ބޭއްވި ޖަލްސާގައި ތިން ވަޒީރަކަށް މަޖިލީހުން ރުހުން ދީފައި ނުވާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މީގެ އިތުރުންވެސް، ރައީސް އަޒުލު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަށް މިވަގުތަށް އަމަލުނުކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ޚިލާފަށް، މަޖިލީހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު، މަޖިލިހުން ވަކިވެފައި ތިބި މެންބަރުން ނުގުނާގޮތަށް ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރަން ނިންމާފައެވެ.

ހަމަ އެހެންމެ މި މައްސަލަ ކޯޓުގައި އޮއްވާ، މިމަހުގެ 15 ވަނަ ދުވަހު އޮތް އާންމު ކޮމިޓީގެ ބައްދަލުވުމުގައި، ގާނޫނު އަސާސީއާ ހިލާފުކަމަށް ބުނާ އެ ތިން މާއްދާ ގަވާއިދުން އުނިކުރުމަށް ފާސްކުރި ކަމަށް ވެސް ކައުންސެލް ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ. އަދި މީގެ ބަދަލުގައި ގަވާއިދުގެ 242 މާއްދާއަށް އަކުރެއް އިތުރުކޮށް އެ މާއްދާގައި ހިމެނުމަށް ވެސް ނިންމާފައިވަނީ ކޯޓުން އަމުރު ނެރެފައި ވަނިކޮށް ކަމަށާއި މިއީ ކޯޓުތަކުގެ ގާނޫނާ ހިލާފް ކަމެއް ކަމަށް ވިދާޅުވިއެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވަނީ މިމަހުގެ 21 ވަނަ ދުވަހު އޮތް މި ޝަރީއަތުގެ އަޑުއެހުމުގައި، ސުޕްރީމް ކޯޓުގެ އަމުރަށްފަހު މަޖިލީހުން ފާސްކުރި ބިލްތަކާއި މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ނިންމި ޔައުމިއްޔާ އެ ކޯޓަށް ހުށަހެޅުމަށް ބަންޑާރަނައިބުގެ އޮފީހުގެ ކައުންސެލް ޖެނެރަލްއަށް އަންގަވައިފައެވެ. އެ ހުށައެޅުންތަކަށް ބެއްލެވުމަށްފަހު، އިތުރު އަޑު އެހުމެއް ބާއްވަން ނުޖެހޭނަމަ، ދެން އޮންނާނީ މި މައްސަލައިގެ ހުކުމް ކުރުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ
04 Jul 2026
ޕެނަމާ ކެނަލް ކޮންޓްރޯލްކުރުމުގެ ފުރުސަތު ޗައިނާއަށް ނުދޭނަން: ޓްރަމްޕް
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ޕެނަމާއިން އެ ކެނަލްގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ހުރަސްކުރާ އުޅަނދުފަހަރުން ނަގާ ފީ ހަތަރު ގުނައަށް ބޮޑުކޮށް، އޭގެއިން ބޮޑު ފައިދާއެއް ހޯދާފައިވެއެވެ
04 Jul 2026
މަންފާގެ ނަމާދު އެޕް "ބަންގި" - މުހިންމު ފީޗާސްތަކާއެކު، މިހާރު ޑައުންލޯޑްކޮށްލެވޭނެ
މީގެ އިތުރުން ހޯމް ސްކްރީނު ނަމާދު ވަގުތުތަކާއި ކުރިއަށް އޮތް ނަމާދަށް އޮތީ ބާކީ ކިހާ ވަގުތެއްކަން އަންގައިދޭނެ އެވެ
04 Jul 2026
ދަރިވަރުންގެ އަތުލިޔުން ހުތުރުވާ ސަބަބުތަކާއި، އެކަން ރަނގަޅުކުރެވިދާނެ ގޮތްތައް
އަތުލިޔުން ރީތިކުރުމަކީ ހަމައެކަނި އެކެއްގެ ޒިންމާއެއް ނޫނެވެ. ސްކޫލްތަކާއި، މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ