ޕާޓީ ދޫކޮށް ނުދާނެ ކަމަށް ބުނެ އެމްޑީޕީ ކެންޑިޑޭޓުން ހުވާ ކުރަނީ-- ފޮޓޯ/އެމްޑީޕީ
ހަބަރު
29 Feb 2024 | 14:38
ގޮނޑި ލިބިއްޖެ ނަމަ، ޕާޓީ ދޫކޮށް ނުދިޔުމަށް ކެންޑިޑޭޓުން ލައްވާ ހުވާ ކުރުވީ އިތުބާރު ނުކުރާތީއެއްނޫން: އީސަ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން، މަޖިލީހަށް އިންތިޚާބު ވެއްޖެ ނަމަ، ޕާޓީ ދޫކޮށް ނުދިޔުމަށް، އެ މެންބަރުން ލައްވާ ހުވާ ކުރުއްވީ މެންބަރުންނަށް އިތުބާރު ނުކުރާތީ ނޫން ކަމަށް، މަޖިލިސް އިންތިޚާބުގެ އެމްޑީޕީގެ ތަރުޖަމާނު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު ޢީސާ ވިދާޅުވެއްޖެއެވެ. 

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެންޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ޖަލްސާގައި، މަޖިލީހަށް ހޮވިއްޖެ ނަމަ މަޖިލީހުގެ ދައުރުގެ މުއްދަތުގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރުމަށާއި، ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ އުސޫލުތަކާއި ނިންމުންތަކާއި، ޕާލަމެންޓްރީ ގްރޫޕްގެ ހިންގާ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް، އެއްބަސް ކުރުވައި އެ ކެންޑިޑޭޓުން ލައްވާ މާތް الله ގަންދީ ހުވާކުރުވާފައިވެއެވެ. 

އެ ހުވާ ލައި ދެއްވީ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. 

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ޕާޓީއަށް އަމާޒުވެފައި ވާއިރު، އެ ފަރާތްތަކުން ބުނަމުން އަންނަނީ އެމްޑީޕީން އެފަދައިން ކަންކުރީ ޕާޓީ ކެންޑިޓޭޓުންނަށް އިތުބާރު ނުކުރާތީ ކަމަށެވެ. 

އެ ސުވާލު، މިއަދު އެމްޑީޕީ މަޖްލިސް ކެންޕެއިން ތަރުޖަމާނުގެ ފަރާތުން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ނޫސްވެރިއަކު ކޮށްފައިވާއިރު، އޭގެ ޖަވާބު ޢީސަ ވަނީ، އެއީ ކެންޑިޑޭޓުންނަށް އިތުބާރު ނުކުރާތީ ކުރި ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. 

އެއްގޮތަކަށްވެސް އަޅުގަނޑުމެން އިތުބާރު ނުކުރަނީކީއެއްނޫން. އަޅުގަނޑުމެން އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ފުރިހަމައަށް އިތުބާރު ކުރަން. އަދި ޕާޓީގެ މެންބަރުންވެސް އިތުބާރު ކުރޭ. އެހެން ނަމަވެސް ދިވެހި ރައްޔިތުންގެ އޮންނަ ކަންބޮޑުވުމެއް، ރައްޔިތުން، ވަކި ޓިކެޓެއްގައި ކުރިމަތި ލައިގެން، ރައްޔިތުން އިންތިޚާބުކުރާ ކެންޑިޑޭޓް، އެހެން ޕާޓީ އަކަށް ބަދަލުވާއިރު، ޕާޓީ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓް އިންތިޚާބު ކުރުމަށް ޕާޓީގެ ރައްޔިތުން ވަރަށް ބުރަ މަސައްކަތް ކުރޭ ހިލޭ ސާބަހަށް. ވަރަށް ބޮޑު އުއްމީދެއް އޮވޭ. އެހެންވީމާ ޕާޓީގެ ނަމުގައި ހޮވިގެން އައިސް، ޕާޓީ ދޫކޮށްލުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް. އެއީ ގަބޫލު ކުރެވޭ ކަންބޮޑުވުމެއް

އަހުމަދު އީސާ

އެހެންކަމުން، ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުން ލައްވާ ހުވައި ކުރުވީ، ޕާޓީގެ ޓިކެޓްގައި، ޕާޓީގެ އާއްމު މެންބަރުންގެ މަސައްކަތުން ހޮވާ ބޭފުޅަކީ، އެ ރައްޔިތުންގެ "އުއްމީދު ތަކުގައި ކޮޅުފައިން ޖަހާފައި، ބޭނުންހާ ބޭނުންހާ ދިމާލަކަށް ނުދެވޭ ގޮތް" ހެދުމަށް ކަަމަށް އީސާ ވިދާޅުވި އެވެ. އަދި އެއީ ރައްޔިތުން ބޭނުންވާ ގޮތަށް ނިޒާމު ބަދަލުކުރުމަށް ޕާޓީ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އީސާ ވަނީ، އެކަންކަން ހުއްޓުމަށްޓަކައި އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެންޓިޑިފެކްޝަން ގާނޫނެއް ވެސް ހުށަހަޅާފައިވާ ކަން ފާހަގަކުރައްވާފައެވެ. 

އީސަ މިހެން ވިދާޅުވެފައި ވާއިރު، މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުން ވަކިވާނެ ކަމަށް ކަނޑައަޅައި މަޖިލީހުން މީގެ ކުރިން ހެދި އެންޓި ޑިފެކްޝަން ގާނޫނު އުވާލީވެސް އެމްޑީޕީގެ ގިނަ މެންބަރުންގެ ތާއީދާއެކު ކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.