ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ވޮއިސް
ހަބަރު
03 Mar 2024 | 06:21
މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން ބޭނުމެއް ނުވޭ ވައުދުތައް ފުއްދަން ޖާގަ ދޭކަށް: ރައީސް ޑރ.މުއިއްޒު

މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެ ރިޔާސީ ވައުދުތައް ފުއްދަން ޖާގަދޭން ބޭނުންނުވާކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ ރ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރ.މީދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މިގޮތުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ދަތި ކުރެވެން އޮތް ގޮތަކަށް ދަތިކޮށްގެން ބަޖެޓް ފާސްކޮށްދިނީ ވެސް ވައުދުތައް ފުއްދަން ޖާގަ ނުދިނުމަށް ކަމަށެވެ.

"މި ދަންނަވަން އުޅޭ ވާހަކައަކީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުންނެއް ބޭނުމެއް ނުވެޔޭ، އަޅުގަނޑު ވީ ވައުދުތައް ފުއްދަން ޖާގަ ދޭކަށެއް، އެހެންވީމަ އެބޭފުޅުންނަށް ދަތި ކުރެވެން އޮތް ގޮތަކަށް ވިއްޔާ ކޮށްގެން މަޖިލީހުން ބަޖެޓް ފާސްކޮށްދިނީ،".

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ މަޖިލީހުން ބަޖެޓް ހަމަޖައްސައިދީފައިވާއިރު، މެމްބަރުން ބޭނުންވާ ކަންކަން އުނިކޮށް، ބަދަލުތައް ގެނެސް، ހިނގަމުންދިޔަ މަޝްރޫއުތަކާއި ފެށިފައި ހުރި މަޝްރޫއުތައް ވެސް ނިންމުމާއި ގާތަށްވެސް ފައިސާ ހަމަޖައްސާދީފައި ނުވާ ކަމަށެވެ. އަދި ޓްރާންސިޝަން މުއްދަތުގެ ތެރޭގައި މިހާރުގެ ސަރުކާރުން ބަޖެޓަށް ހުށަހެޅި ކަންކަން ވެސް ބަޖެޓް ފާސްކުރި އިރު ހިމަނާފައިނުވާކަން ރައީސް ޑރ.މުއިއްޒު ފާހަގަކުރައްވިއެވެ.

މިއީ ހަގީގަތް ކަމަށާއި، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މި ސަރުކާރުން މަސައްކަތް ފަށާ، 14 ހަފްތާ ނިމިގެން ދިޔައިރު، ކުރިމަތިވި ހުރިހާ އުނދަގޫތަކުން އަރައިގަނެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށްޓަކައި ކަންތައްތައް ފަހި ކުރި ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ. އޭގެތެރޭގައި ރައީސް ޑރ.މުއިއްޒު ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، 120 ބިލިއަން ރުފިޔާ ބޭރުގެ ދަރަނި ހައްލުކޮށް އެ ފައިސާ ދެއްކުމާއި، ރައްޔިތުންނަށް ސަރުކާރުގެ ކުންފުނިތަކުން ދަރާފައި ހުރި 9 މިލިއަން ރުފިޔާގެ ބިލްތައް ދައްކައި، އާމްދަނީ އިތުރު ކުރުން ހިމެނެއެވެ.

ރައީސްޑރ.މުއިއްޒު ވަނީ މީދޫ އަކީ ބިން ހުސްވެ، ފުރިފައިވާ ރަށެއް ކަން ފާހަގަކުރައްވާ، ރަށުގެ ބިން ބޮޑުކުރަން ފަޅުގައި މާބޮޑު ޖާގައެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި މިރަށުގައި ގާތްގަނޑަކަށް 8 ނުވަތަ 10 ހެކްޓަރު ބިން ހިއްކެން އޮތް ކަމަށާއި، ފަޅު ހިއްކެން އޮތް އެންމެ ބޮޑު މިނަކަށް މި އަހަރު ތެރޭގައި ހިއްކައި ދެއްވާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ. 

މިފަދަ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ވަރަށް ބަޖެޓްގައި ފައިސާ ޖަހައިދީފައި ނުވި ނަމަވެސް ރާއްޖޭގެ އިގްތިސާދު ކުރިއަރުވާ މުހިންމު ހުރިހާ ކަމެއް ކުރުމުގެ މަގު ފަހި ކޮށް، މި އަހަރު ތެރޭގައި އެ ރަށުގެ ތަރައްގީއަށް ބޭނުންވާ ގިނަ ކަންކަން ހިނގާނެ ކަމަށާއި، ރާއްޖޭގެ އެކި ރަށްރަށުގައި އެކި ސަބަބުތަކާއި ހެދި ނުނިމު ހުރި މަޝްރޫއުތައް ހިނގާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.