ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ވޮއިސް
ހަބަރު
03 Mar 2024 | 16:39
މަޖިލިސް އިންތިޚާބު ބާއްވާ ދުވަސް ބަންދުކޮށްދެއްވާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސް ބަންދުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ މިހާރު ރައީސް ޑރ.މުއިއްޒު ރ އަތޮޅާއި ބ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރ.ދުވާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުގެ ތެރެއިންނެވެ. މިގޮތުން މަޖިލީހުގެ ތާރީޚާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އެޕްރީލް 21 ގައި އިންތިޚާބު ބާއްވާކަން އެ މަނިކުފާނަށް ވެސް އެނގިވަޑައިގަތީ ނޫސްތަކުން ކަމަށެވެ. އެއީ ދުވަހަކު ވެސް ރާއްޖޭގައި ހެދި ގޮތެއް ނޫންކަމަށާއި، އެއާއި އެކު އެ ދުވަހު ބާއްވަން ނިންމީ ކީއްވެތޯ އެމަނިކުފާނު އިލެކްޝަން ކޮމިޝަނުން ސާފުކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ.

"ގާނޫނުގައި އެގޮތަށް އޮތީމާ އެ ބޭފުޅުން އެ ގޮތަށް ހެދީކަމަށްވަނީ. ދެން އަޅުގަނޑު ދަންނަވައިފައި އޮންނާނީ ތި ބޭފުޅުން ތި ގޮތަށް ނިންމައި އިއުލާނުކޮށްފައޭ ތިއޮތީީ، އެހެންވީމާ ދެން އަޅުގަނޑު އެ ދުވަސް ބަންދުކުރާނަމޭ،" 

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރޯދަ މަހަށް ފަހު 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށް މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ.މުއިއްޒު ތަސްދީގު ކުރެއްވީ، މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭގައެވެ. އެއާއި އެކު އީސީން ނިންމީ އިންތިހާބު އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށެވެ.  

މިކަމާއި ގުޅިގެން އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ މަޖިލިސް އިންތިޚާބު ސަރުކާރު ބަންދުނޫން ދުވަހެއްގައި ބާއްވަން އީސީން ނިންމީ ރައީސްގެ ނުފޫޒާއެކު ކަމަށް ތުހުމަތުކުރައްވައިފައެވެ. މި ތުހުމަތުތަކަށް ރައްދު ދެއްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ބަންދު ނޫން ދުވަހަކު އިންތިހާބު ބާއްވަން ނިންމެވީ ރައްޔިތުން ވޯޓް ލިޔަ ނުދޭން ކަމަށާއި، އެ ދުވަސް ބަންދު ކުރުމަށް ގަސްތު ނުކުރާ ކަމަށްބުނެ އިދިކޮޅުން ފަތުރަނީ ދޮގު ވާހަކަ ކަމަށާއި އެ މަނިކުފާނަކީ އިތުރުފުޅު ހައްދަވާނެ ބޭފުޅެއް ނޫންކަމަށެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ނިންމަވާފައިވާއިރު، މިއަދު އީސީން ވެސް ވަނީ ވޯޓުލާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް ރައީސް އޮފީހުގައި ދެންނެވުމަށް ނިންމާފައެވެ.

އީސީން  މިފަދައިން ނިންމީ  ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި ގިނައިން ބޭނުންކުރަނީ ސުކޫލުތަކަށް ވުމުގެ އިތުރުން، ވޯޓުލާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި ގިނައިން ހަރަކާތްތެރިވަނީ ޓީޗަރުން ކަމަށްވުމުންކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަނީ ވިދާޅުވެފައެވެ.

އިންތިހާބު ބާއްވަން އީސީން ނިންމި ދުވަހަކީ އާދިއްތަ ދުވަހަކަށްވީ ނަމަވެސް މިފަދައިން ނިންމީ އެއަށްވުރެ އިންތިޚާބު ލަސްކޮށްފިނަމަ، ގާނޫނުގައިވާ ގޮތަށް މިހާރު އޮތް މަޖިލިސް އުވުމުގެ އެއް މަސް ދުވަސް ކުރިން އާ މަޖިލިސް ނުހޮވިދާނެތީ ކަމަށް  އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.