މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް-- ފޮޓޯ/ޕީޕީއެމް
ހަބަރު
04 Mar 2024 | 00:15
ބައެއް ފަހަރު ހިތަށް އަރާ، މިދިޔަ 5 އަހަރު ރާއްޖޭގެ އާބާދީއަށް ތުއްތު ކުއްޖަކު އިތުރު ނުވަނީބާއޭވެސް: ޝިޔާމް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ، އެމްޑީޕީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ، ބައެއް ވަޢުދުތަށްް ނުފުއްދަވައި ވެރިކަން ނިންމަވައި ލެއްވުމަށްފަހު އަދުގެ ސަރުކާރަށް އެމްޑީޕީން ފާޑުކިޔަމުންދާތީ، ޕީޕީއެމްގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ރައްދުދެއްވައިފިއެވެ. 

"ދިވެހީންގެ ރާއްޖެ މަޖިލީހަށް" ނަމުގައި މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވެރިކަމުގެ މި ފާއިތުވީ ދުވަސްތަކުގައި ސަރުކާރުގެ އެންމެހާ ފަރާތްތަކުން، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވަމުން ގެންދެވީ އެމަނިކުފާނުފެ ހަފްތާ 14 ނުވަތަ 100 ދުވަހުގެ ވަޢުދުތައް، ފުއްދުމުގެ މަސައްކަތް ކުރެއްވުމަށް ކަމަށެވެ. އަދި އެކަން ކާމިޔާބު ކުރައްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކަންމިހެން ހުރި އިރު، އިދިކޮޅު އެމްޑީޕީން، އަދުގެ ސަރުކާރަށް ފާޑުކިޔަމުންދާއިރު، އެމްޑީޕީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން މުހިންމު ވަޢުދުތަކެއް ވެރިކަން ނިމިގެންދިޔައިރު ވެސް ނުފުއްދެވޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

މިއަދު ދިވެހި ގައުމު ބަނގުރޫޓް ކޮށްފައި، 5 އަހަރުގެ ވެރިކަމެއް ނިންމާފައި، ފިލާ ތިބެފައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް މި ނިކުތް މީހުންގެ ސަތޭކަ ދުވަހުގެ ވަޢުދުވެސް ނުފުއްދާ މިއަދު އެ ވާހަކަ ދައްކަވަނީ. މިބޭފުޅުންގެ ވާހަކަ ފުޅުން، ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ފޮށްޓެއް ވެރިކަމުގައި ދެއްވާނެ ވާހަކަ ވިދާޅުވީ. އެންމެ މިސާލެއް މިއީ. މިއީ ތުއްތު ކުދިންނަށް ވީ ވަޢުދެއް. އެވަރުވެސް ނުކޮށްދެވުނު. އަޅުގަނޑު ބައެއް ފަހަރު ހިތަށްއަރާ، ފަސްއަހަރު ދިވެހިރާއްޖޭގެ އާބާދީއަށް އެއްވެސް ތުއްތު ކުއްޖަކު އިތުރު ނުވަނީބާއޭވެސް. ކޮންމެސް ވަރަކަށް ލަދުގަންނަން ޖެހޭ ކަންނޭނގެ ރައްޔިތުންގެ ކުރިމައްޗަށް މިބޭބޭފުޅުން ނުކުމެ ވަޑައިގެން ވާހަކަ ދައްކަވަން. 

މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް 

ޝިޔާމް ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން ވަޢުދުތައް ފުއްދުމުގެ ބަދަލުގައި ދިވެހި ދަޢުލަތް 122 ބިލިއަން ރުފިޔާއިން ދަރުވާލާފައިވާ ކަމަށެވެ. އެ ބޮޑު ދަރަންޏާއި އެކު އުފަންވާ ކޮންމެ ކުއްޖެއްގެ ބޮލަށް 244,000 ރުފިޔާގެ ދަރަންޏެއް އަރާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

އުފަންވާ ކޮންމެ ކުއްޖަކު އެ އުފަންވަނީ 2,44,000 ރުފިޔާވެ ދަރަންޏަކާއި އެކީގައި. ބޮލަކަށް. މީގެ ކުރިން އަބްދުالله ޝާހިދު އެންމެ މޮޅުވާނީ، މި ހިސާބު، އެބޭފުޅުންގެ ސަރުކާރުގައި އެންމެ ރަނގަޅަށް ޖެއްސެވީ. 2013 އިން 2018 އަށް މިހާ ވަރަކަށް ދަރަނި އުފެއްދިއޭ. އަޅުގަނޑު ހިތަށް އަރާ މިހާރުދެން އެއްފަހަރުވެސް މި ހިސާބު ޖައްސަވާ ދެއްވަބަލާށޭ. ދިވެހިރާއްޖޭގެ ތާރީޚްގައި ވެސް، ރަސްކަމުން ފެށިގެން، ރާއްޖޭގެ ވެރިން އުފެއްދި ދަރަނި، ޖުމްލަ ކުރީމާ، ވޭތުވެދިޔަ 5 އަހަރު އުފެއްދި ދަރަންޏާ ނުބައްދަލު. އެކަނި މާއެކަނި، ގިނިކަންޏާ އުފެއްދި ދަރަނި، އެތައް އަހަރެއްގެ، ދަރަންޏާ ނުބައްދަލު ވެގެން ރައްޔިތުން މި ނިކަމެތި ހާލަށް ގޮސްގެން މިއުޅެނީ. 

އަހުމަދު ޝިޔާމް 

ޝިޔާމް މިފަދައިން ވިދާޅުވެފައި ވާއިރު، އުފަންވާ ކޮންމެ ކުއްޖަކަށް، އެ ތުއްތު ކުއްޖާއަށް ބޭނުންވާނެ އެކިއެކި ސާމާނު ހިމެނޭ ހަދިޔާ ފޮށްޓެއް ދިނުމަކީ ކުރީގެ ރައީސް ޞާލިހުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެހެން ނަމަވެސް، ވެރިކަމުގެ ދައުރު ނިމުނުއިރުވެސް އެ ވަޢުދު ނުފުއްދި، އުފަންވާ ކޮންމެ ކުއްޖެއްގެ ބޮލަށް ބޮޑު ދަރަންޏެއް އެރުވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ސަރުކާރަށް އަމާޒުވެގެން ދިޔައެވެ. 

ކޮމެންޓް
މީ
ނާސްތާ ޕްރޮގުރާމް ދިޔަ ތަނެއްވެސް ބަލައިލާ ދޭތި އިގޭ
04 Mar 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.