މިރޭގެ ޖަލްސާގައި ޝިޔާމް ވާހަކަދައްކަވަނީ--ފޮޓޯ/ޕީޕީއެމް
ހަބަރު
04 Mar 2024 | 01:56
ރައީސް ޞާލިހުގެ ސަރުކާރުން ކުރި ވައްކަންތައް ބެލުމަށް އެދި ރައްޔިތުން އެބަ މެސެޖު ކުރޭ: ޝިޔާމް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކުރި ވައްކަންތައް ބެލުމަށް އެދި، ރައްޔިތުން ފުލުފުލުން މެސެޖު ފޮނުވަމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

"ދިވެހިންގެ ރާއްޖެ މަޖިލީހަށް" ނަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ސަރުކާރުން ރައްޔިތުންގެ ފައިސާއަށް ވެފައިވާ ޚިޔާނާތްތައް ބެލުމަށް ދިވެހި ރައްޔިތުން މެސެޖުތައް ކުރަމުންދާ ކަމަށެވެ. އަދި އެކަންކަން ނުބަލައި ފަރުޖެއްސެން ނެތް ކަމަށެވެ. 

ރައްޔިތުން ފޮނުވާ މެސެޖުތަކުގައި މިހުންނަނީ، ކުރީ ފަހަރުވެސް 2013 އިން 2018 އަށް ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއް ކުރިއޭ. ތިމަންނަމެން އެދުނީމޭ، ގައުމަށް ޚިޔާނާތްތެރިވެ، ދިވެހި ރައްޔިތުންގެ މާލިއްޔާއިން ވައްކަންކޮށްފައި ތިބި މީހުންގެ ވައްކަންތައް ބަލަން. އެކަމަކު އެފަހަރުވެސް އަޅާނުލިއޭ. މިފަހަރު ރައީސް ޑރ މުހައްމަދު މުޢިއްޒު ވެރިކަމަށް ގެނައީ ރައީސް ޞާލިހުގެ ވެރިކަމުގައި ކުރި ވައްކަންތައް ބަލާށޭ. ދޫ ނުކުރައްޗޭ ވިދާޅުވި. އެ މެސެޖުތައް މިއަދު އެންމެ ގިނައިން އަޅުގަނޑުމެންނަށް އަންނަނީ. އެ މެސެޖުތައް މިއަދު ރައީސް ޑރ. މުހައްމަދު މުޢިއްޒަށް ދާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ. 

މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް 

މިދިޔަ ސަރުކާރުން ކުރި ވައްކަންތައް ބަލަން އެދި ރައްޔިތުން މެސެޖު ކުރަމުންދަނީ، އެ "ވައްކަންތައް ކުރި ފަރާތްތައް ނުކުމެ ފާޑުފާޑުގެ ވާހަކަ ދައްކަވައި، މަޖިލީހުގެ ގޮނޑިތަކަށް ކުރިމަރިލައިގެން" ތިބުމުން ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

މިރޭގެ ޖަލްސާގައި ޝިޔާމް ވާހަކަދައްކަވަނީ--ފޮޓޯ/ޕީޕީއެމް

މިއާއެކު ޝިޔާމް ވިދާޅުވީ، ކޮވިޑުގެ ދަތި ހާލުގެ ވާހަކަ ކުރީ ސަރުކާރުގެ އިސް ފަރާތްތަކުން ދައްކަވާއިރު، އެ ހާލަތުގެ ނާޖާއިޒް ފައިދާ ކުރީ ސަރުކާރުން ނަގާފައިވާ ކަމަށެވެ. އެގޮތުން، ރާއްޖެއަށް ހެޔޮ އެދިގެން، ބޭރުގެ އެކި ފަރާތްތަކުން އެތައް މިލިއަން ޑޮލަރެއް ރައްޔިތުންނަށް ދީފައިވާ ކަމަށާ އެހެން ނަމަވެސް، ކޮވިޑް ނިންމާލާފައި ވަނީ "ރައްޔިތުންނަށް ހިލޭ މާސްކެއް ވެސް ނުލިބި" ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

އެވާހަކަތައް، ހިނގަމުންމިދާ މަޖިލީހުގެ ޖަލްސާތަކުގައިވެސް އޭނާ ދައްކަވާފައިވާނެކަމަށް ޝިޔާމް ވިދާޅުވި އެވެ. 

ވެންޓިލޭޓަރ ތައްވެސް އިހަށްދުވަހު އެ ނިންމީ އެއަށްވާ ފައިސާ ދިވެހި ދައުލަތަށް ދައްކަންޖެހެއޭ. މިއަދު ނޫސް ހުޅުވާލި އިރު، އާރްޑީސީގެ ވެރިޔާގެ އެންމެ އެކައުންޓަކަށް 11 މިލިއަން ރުފިޔާގެ ޓްރާންސެކްޝަން ހަދާފައި. މި އަދި އެއް ކުންފުނީގެ ވާހަކަ. ފެނަކަ އެބަ ބަލަންޖެހޭ. އެޗްޑީސީ އެބަ ބަލަންޖެހޭ. ދިވެހިރާއްޖޭގެ ހުރިއްޔާ ހުރި ކުންފުނިތައް ބަލަންޖެހޭ. ވުޒާރާތަކުން ކޮށްފައި ހުރި ވައްކަންތައް ބަލަންޖެހޭ. ރައީސުލްޖުމްހޫރިއްޔާ ކޮށްފައި ހުރި ވައްކަން ބަލަންޖެހޭ. ރާއްޖޭގެ ކަނޑު ވިއްކާލީ ކިހާ ވަރަކަށް ކޮންޗެއް ނަގައިގެންތޯ ނުބަލައި ފަރު ޖެއްސޭކަށް ނެތް. 

މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް 

ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުގައި އަތުގައި ހުރިހާ އެއްޗެއް އޮތް އިރު ރައްޔިތުންނަށް ކަންކަން ކޮށް ނުދިން ބަޔަކު މިހާރު ރައްޔިތުންގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅުވުމަށްފަހު ވާހަކަ ދައްކަވަމުންދާ ކަމަށެވެ. އަދި އެފަރާތްތަކަށް ކުރިން ނުގެނެވުނު ތަރައްގީ ދެންވެސް ނުގެނެވޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.