ކޯހުގައި ކިޔަވައިދެއްވާ ޝެއިޚް ޠާހާ
ހަބަރު
04 Mar 2024 | 12:38
ޠާހާ ކްލިނިކް ހިންގާ އޮންލައިން ހިޖާމާ އަދި ރުޤުޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޠާހާ ކްލިނިކުން އިންތިޒާމު ކޮށްގެން ބާއްވާ ޙިޖާމާ އަދިރުޤްޔާ އޮންލައިން ކޯހުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޠާހާ ކްލިނިކުން ބުނެފައިވާ ގޮތުގައި މި ކޯހަކީ މުޖުތަމަޢުގައި ހިޖާމާ އަދި ރުގުޔާގެ މާތް ސުންނަތް ދިރުވާ އާލާ ކުރުމުގެ މަޤްޞަދުގައި ބާއްވާ ދެކޯސް ކަމަށެވެ. މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން https://forms.gle/rA2qNsUijQwTay6D9 ލިންކު މެދުވެރިކޮށް މާރިޗު 11 ގެ ކުރިން ފޯމު ފުރުމަށް އެދިފައިވެއެވެ. 

އޮންލައިންކޮށް 10 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ދެ ކޯހުގައި ކިޔަވައިދެއްވާނީ އައްޝައިޚް މުހައްމަދު ޠާޙާ ކަމަށާ އެތަނުން ހިޖާމާ ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ މާރިޗު މަހުގެ 10 ވަނަ ދުވަހު ކަމަށް ތާހާ ކްލިނިކްއިން މައުލޫމާތު ދެއެވެ. އަދި ކިޔަވައިދޭނީ މެންދުރު 2:15 އިން 3:00 އަށް ކަމަށްވެސް ބުނެފައިވެއެވެ. ކޯހުގެ ފީއަކީ 1500 ރުފިޔާއެވެ.

މީގެ އިތުރުން ރުގުޔާ ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ މާރިޗު މަހުގެ 21 ވަނަ ދުވަހު ކަމަށް ތާހާ ކްލިނިކްއިން މައުލޫމާތު ދެއެވެ. އަދި އެ ކޯހުގައިވެސް ކިޔަވައިދޭނީ މެންދުރު 2:15 އިން 3:00 އަށް ކަމަށާ ކޯހުގެ ފީއަކީ 1000 ރުފިޔާ ކަމަށް ބުނެފައިވެއެވެ.

މިކޯހާ ބެހޭ ގޮތުން ޝައިޚް ޠާހާ ވިދާޅުވީ ޝަރުއީ ރުޤުޔާގެ ނަމުގައި މިހާރު މުޖުތަމައުގައި ވަރަށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ ކަމަށާއި، މިކަމަށް މުޖުތަމައު ހޭލުންތެރި ކުރުވަން ޖެހޭ ކަަމަށެވެ. އެހެންކަމުން ޝަރުއީ ރުޤްޔާގެ ސައްހަ ޢިލްމު އުނގެނި، އަމިއްލަ ނަފްސަށާއި އާއިލާގެ މީހުންނަށް ރުޤުޔާކުރާނެ ގޮތް ދަސްކުރުމަށް މި ކޯހުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށެވެ. 

ޝައިޚް ޠާހާ އަކީ ޝަރުއީ ރުޤުޔާގެ ދާއިރާގައި 12 އަހަރު ހޭދަކުރައްވާފައިވާ ތަޖުރިބާ ހުރި ބޭފުޅެކެވެ.

މި ކޯހާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 7576635، 9719204 ނުވަތަ 7847678 ގުޅުމަށް ޠާހާ ކްލިނިކް އިން އެދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.