އިންޑިއާގެ އެކްސްޓާރނަލް އެފަރޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު-- ފޮޓޯ: ބީއެންއެން
ހަބަރު
04 Mar 2024 | 14:02
ބުލީ ކުރާ ބަޔަކު އަވައްޓެރި ޤައުމެއް ހާލު ގައި ޖެހުމުން 4.5 ބިލިއަން ޑޮލަރުގެ އެހީއެއް ނުދޭނެ: ޖައިޝަންކަރު

އިންޑިއާ އަކީ ބުލީ ކުރާ ބަޔަކު ނަމަ އަވައްޓެރި ޤައުމަކަށް ހާލު ޖެހުމުން 4.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ފޯރުކޮށް ނުދޭނެ ކަމަށް އިންޑިއާގެ އެކްސްޓާރނަލް އެފަރޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ކުޑަވި ނަމަވެސް އެއީ ރާއްޖެއަށް ބުލީ ކުރުމަށް ދެވޭ ލައިސަންސެއް ނޫން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅާއި ގުޅިގެން އިންޑިއާގެ ނޫސްތަކުން ވަނީ ޖައިޝަންކަރާއި މިކަމާއި ގުޅޭ ގޮތުން ސުވާލު އަމާޒު ކުރައްވާފައެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް ހަފްލާއެއްގައި ނޫސްވެރިންގެ ފަރާތުން ކުރި މިސުވާލަށް ޖަވާބު ދެއްވަމުން ޖައިޝަންކަރު ވިދާޅުވީ، އިންޑިއާ ސިފަވެފައި އޮންނަނީ ވަރަށް ބޮޑަށް ނުލީ ކުރާ ގައުމެއްގެ ގޮތުގައި ކަމަށާއި، މިފަދައިން ބުލީ ކުރާ ބަޔަކު އަވައްޓެރި ޤައުމަކަށް ހާލު ޖެހުމުން 4.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ފޯރުކޮށް ނުދޭނެ ކަމަށެވެ. އަދި އެފަދަ ބަޔަކު ކޮވިޑް ގެ ބަލިމަޑު ކަމުގެ ތެރޭގައި ވެކްސިންގެ އެހީތެރިކަން ވެސް ފޯރުކޮށްނުދޭނެ ކަމަށާއި، ދުނިޔޭގައި ހިނގަމުން އަންނަ ހަނގުރާމައަކާ ގުޅިގެން އަަވަށްޓެރި ގައުމަކަށް ޚާއްސަ އުސޫލެއްގެ ދަށުން ކާބޯތަކެއްޗާއި އެ ނޫން އެހެނިހެން އެހީތައް ފޯރުނުކޮށްދޭނެ ކަމަށް ވެސް އޭާ ވިދާޅުވިއެވެ.

އިންޑިއާއިން އަވައްޓެރި އެހެން ގައުމުތަކަށް ވެދީފައިވާ އެހީތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޖައިޝަންކަރު ވިދާޅުވީ، ބަންގްލަދޭޝާއި، ނޭޕާލާއި، ސްރީލަންކާއާއި ބޫޓާނާއި އިންޑިއާ ދެމެދު އޮތް ގުޅުން ބަދަހިވަމުން އަންނަކަމަށާއި، މައްސަލަ ޖެހިފައިވަނީ އެންމެ ގައުމަކާ އެކުގައިކަން ވަރަށް ރަނގަަޅަށް ހާމަވާކަމަށެވެ.

މީގެ ކުރިން، ރައީސް ޑރ.މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެން އެއާޕޯޓުގައި ހުންނަވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެ ކުޑަވުމަކީ ބޭރުގެ ބޮޑެތި ގައުމުތަކުން ބުލީކުރަން ލިބޭ ލައިސަންސެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އިންޑިއާ ކަނޑަކީވެސް ވަކި ޤައުމެއްގެ ކަނޑެއް ނޫންކަމަށް ވިދާޅުވެ އެ ދުވަހު ރައީސް ޑރ.މުއިއްޒު ވަނީ ރާއްޖެއަކީ ވަކި ގައުމެއްގެ "ބެކްޔާޑު" ގައި އޮތް ގައުމެއް ނޫންކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.