ހުޅުމާލެ ފާސް 2 ގައި އަލަށް ބިނާކުރި މަސްޖިދު ޙަސަން އާދަމް-- ފޮޓޯ: މިނިސްޓްރީ
ހަބަރު
06 Mar 2024 | 14:02
ހުޅުމާލެ ފޭސް 2 ގައި ބިނާކުރެވޭ ފުރަތަމަ ދާއިމީ މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވަނީ

ހުޅުމާލެ ފޭސް 2 ގައި ބިނާކުރެވޭ ފުރަތަމަ ދާއިމީ މިސްކިތް، މަސްޖިދު ޙަސަން އާދަމް އަންނަ ހުކުރު ދުވަހު ހުޅުވިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، މި މިސްކިތަކީ 1500 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭވަރުގެ ބޮޑު މިސްކިތެއް ކަމަށާއި، މި މިސްކިތުގެ ސަބަބުން ކުރިއަށް އޮތް ރޯދަ މަހަށް ފޭސް 2 ގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.

"ހުޅުމާލެ ފޭސް 2 ގައި ބިނާކުރެވޭ ފުރަތަމަ ދާއިމީ މިސްކިތް އަންނަ ހުކުރު ދުވަހު އިންޝާ ﷲ ހުޅުވިގެންދާނެ. މިއީ 1500 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭވަރުގެ ބޮޑު މިސްކިތެއް. ރޯދަ މަހަށް ފޭސް 2 ގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ." 

މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މުނި އެންޓަޕަރައިސަސް ޕްރައިވެޓް ލިމިޓެޑުން ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ މި މިސްކިތުގެ ހަރިންމައިގައި 19،341.13 އަކަފޫޓު ހުންނައިރު، ނަމާދުކުރާބައިގައި 16،388.38 އަކަފޫޓު ހުރެއެވެ.

މިއީ އަމިއްލަ ފަރާތްތަކުން އަޅަމުންދާ 5 މިސްކިތެއްގެ ތެރެއިން އެއް މިސްކިތަށް ވާއިރު، މީގެ ކުރިން މިނިސްޓަރު ޝަހީމް ވަނީ އަމިއްލަ ފަރާތްތަކެއްގަ ދީލަތި އެހީގައި ހުޅުމާލެގައި އިތުރު 2 މިސްކިތް، މާލެގައި ތިންބުރީގެ 1 މިސްކިތް އެޅުމަށް ފުރުސަތު ލިބިފައިވާކަމަށާއި ކުރިއަށް އޮތް ދޮޅުއަހަރު ތެރޭ އެ ތަންތަނުގެ މަސައްކަތް ނިމޭނެކަމަށް ވިދާޅުވެފައެވެ.

މި މިސްކިތްތަކަށް އިމާމުންނަށް ހަމަޖައްސާނީ ދެވަނަ ފޭސްގައި ދިރިއުޅޭ މީހުންގެ ތެރެއިން ރީތިކޮށް ކިޔަވާ އިލްމީ ފަރާތްތައް ކަަމަށާއި އޭގެތެރެއިން ހާއްޞަކޮށް ޙާފިޒުންނަށް އިސްކަން ދެވޭނެ ކަމަށެވެ. އަދި މި ރަމަޟާން މަހު ފޭސް ދޭއްގައި ހުޅުވޭ ދާއިމީ މިސްކިތުގައި ދަމު ނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރަން ބޭނުންވާ ފަރާތްތަކަށް މިދިޔަ ޑިސެމްބަރުގައި މިނިސްޓްރީން ވަނީ އެ ފުރުސަތު ހުޅުވައިލައިފައިވާއިރު، މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށް ޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ކުރެވޭ ޚަރަދު މިހާރަށްވުރެ ތިންގުނައަށް އިތުރުކުރަން ސަރުކާރުން ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ