ހައިވޭއިން ހުޅުމާލެއަށް އަރާ ހިސާބުގައި ހިނގި އެކްސިޑެންޓެއް-- ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
07 Mar 2024 | 13:54
މާލެ އާއި ހުޅުމާލޭގައި މިދިޔަ 2 މަހު އެކަނިވެސް 600 އެކްސިޑެންޓް ހިނގާފައިވޭ: ފުލުހުން

މިދިޔަ 2 މަސް ދުވަސްތެރޭ އެކަނިވެސް މާލެ އާއި ހުޅުމާލޭގައި 600 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށްފިއެވެ.

ފުލުހުން މިކަން އާންމުކޮށްފައި މިވަނީ އެއިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މާލޭ އޭރިއާ 1 ގެ ވިންގް ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ މިދިޔަ 2 މަސް ދުވަހުގެ ތެރޭ މާލެއިން އެކްސިޑެންޓުވެގެން 450 މައްސަލަ ހުށައަޅާފައިވާ ކަމަށާއި، އެކްސިޑެންޓް ހިނގަން މެދުވެރިވެފައިވަނީ ޤަވާއިދާ ޚިލާފަށް އޯވަރޓޭކްކުރުމާއި ބުރިޖާއި ހައިވޭގައި ޒިގްޒެގްކޮށް ދުއްވުންކަމަށެވެ.

މީގެ އިތުރުންވެސް ބާރު ސްޕީޑުގައި ދުއްވުމަށް ކަނޑައަޅާފައިވާ ލޭން ނޫން އެހެން ލޭނަކުން ދުއްވުމުން އަނެކާއަށް ލިބޭ ސިހުމަކުން ހިނގާ އެކްސިޑެންޓުތަކާއި،  އޯވަރޓޭކްކުރާއިރު ފަރުވާކުޑަކުރުމާއި ތާރު އަޅާފައިވާ މަގުތަކުން ޔޫޓާން ނެގުމުގެ ސަބަބުން ވެސް އެކްސިޑެންޓް ހިނގާފައި ހުރިކަން ސަމީރު ފާހަގަކުރެއްވިއެވެ.

"ޤަވައިދާ ޚިލާފަށް އުޅަނދު މަގުގައި ޕާކުކޮށްފައި އޮތުމުން ދުއްވާ އުޅަނދަށް ފެންނަންވާ ވަރަށް މަގު ސާފުކޮށް ފެންނަން ނެތުމުގެ ސަބަބުން ވެސް އެކިސްޑެންޓް ހިނގަން މެދުވެރިވާކަން، ހިނގާފައިވާ އެކްސިޑެންޓުތަކުން ފާހަގަވޭ."

ސަމީރު ވިދާޅުވިއެވެ.

ސަމީރުގެ އިތުރުންވެސް، މިކަމާއި ގުޅޭގޮތުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ވަނީ ހުޅުމާލޭގައި ކަންބޮޑުވާ ދަރަޖައަށް އެކްސިޑެންޓް ހިނގާފައިވާ ކަމަށާއި ހާއްސަކޮށް، ހުޅުމާލޭގެ ބޮޑެތި މަގުތައް ކަމަށްވާ ނިރޮޅު މަގާއި ހިތިގަސް މަގާއި ރީތިގަސް މަގުގައި އެކްސިޑެންޓު ހިނގާ މިންވަރު އިތުރުވެފައިވާކަމަށް ވިދާޅުވެފައެވެ.

އެގޮތުން، މާލެ އޭރިއާ 2ގެ ޕޮލިސް ސްޓޭޝަނަށް ހުޅުމާލޭގެ ދެ ފިޔަވައްސާއި ހުޅުލެ ހިމެނޭހެން އެކްސިޑެންޓްގެ ގާތްގަނޑަކަށް 150 މައްސަލަ ހުށައަޅާފައިވާ ކަމަށާއި މި އެކްސިޑެންޓްތައް މައިގަނޑު ގޮތެއްގައި ހިނގަން މެދުވެރިވާ ސަބަބެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ހިނގާބިގާވެ އުޅޭއިރު ސަމާލުނުވުމާއި ދުއްވާ ފަރާތްތަކުން މަގުމަތީގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުން ކަމަށް ޝުއައިބު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ރިޕޯޓުކޮށްފައިވާ އެސިޑެންޓުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައިވޭ. މީހުންނަށް ޖިސްމާނީ ބޮޑެތި އަނިޔާ ލިބި ފުރާނައަށް ނުރައްކާވާ ފަދަ އެކްސިޑެންޓްތައް ހިނގާފައިވުމުން މިހާރުވެސް ބައެއް މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓުކޮށް، ދަނީ ފަރުވާދެމުން."

ޝުއައިބު ވިދާޅުވިއެވެ.

މިފަދަ އެކްސިޑެންޓް ތައް މަދުކުރުމަށް ފުލުހުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކަށް މި ބައްދަލުވުމުގައި އަލި އަޅުވާލާފައިވާއިރު، އޭގެ ތެރޭގައި، އެކްސިޑެންޓްތައް ޢާންމުކޮށް ހިނގާ ބައެއް ޕޮއިންޓުތަކުގައި ރޯޑް ޑިވައިޑަރ ޖެހުމާއި ޓްރެފިކް ކޮންޓްރޯލްކުރުމަށްޓަކައި ރައުންޑްބައުޓް ބެހެއްޓުމާއި ސްޕީޑް ބްރޭކަރުތައް ބެހެއްޓުން ހިމެނެއެވެ. މި މަސައްކަތްތައް ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަކަމަށް ޕޮލިސް ރަޖުނީ ޝުއައިބު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.