އައިއޭސީ އިން ޣައްޒާގެ ރައްޔިތުންނަށް އެހީގެ ތަކެތި ބަހަނީ-- ފޮޓޯ: އައިއޭސީ
ހަބަރު
07 Mar 2024 | 16:29
ދިވެހީންގެ ފަރާތުން ހަދިޔާކުރި 5000 ކާބޯތަކެތީގެ ޕެކޭޖް، އައިއޭސީ އިން ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދީފި

ދިވެހީންގެ ފަރާތުން ހަދިޔާކުރި 5000 ކާބޯތަކެތީގެ ޕެކޭޖް، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދީފިއެވެ.

އައިއޭސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އުތުރު ޣައްޒާއަކީ ހަމަލާތަކުގައި އެންމެ ބޮޑަށް ހަލާކުވި ސަރަހައްދު ކަމަށާއި، އެ ސަރަހައްދުގައި މިވަގުތު ތިބި އާއިލާތަކަށް އެހީ ވެދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މީގެ އިތުރުންވެސް އައިއޭސީ އިން ބުނީ، 5000 ކާބޯތަކެތީގެ ޕެކޭޖް މިވަނީ އުތުރު ޣައްޒާގއި ބެހިފައިވާ ކަމަށާއި، މިވަގުތު އެ ސަރަހައްދުގައި ތިބި އާއިލާތަކަށް މިއީ ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"މިފަދަ ނާޒުކު ބިރުވެރި ހާލަތެއްގައި ޣައްޒާ އޮތްއިރުވެސް ﷲގެ ރަޙްމަތް ފުޅާއިއެކު އަޅުގަނޑުމެންނަށް ކޮންމެވެސް ވަރެއްގެ އެހީއެއް އެ ރައްޔިތުންނަށް ފޯރުކޮށްދެވޭ"

އައިއޭސީ އިން ބުންޏެވެ.

ކޮންމެ ދުވަހަކުވެސް އެކި ގޮތްގޮތުން ފަލަސްޠީނު ރައްޔިތުންނަށް އެހީވުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި މަސައްކަތްތައް ހުއްޓައެއް ނުލާނެ ކަމަށާއި މި މަސައްކަތުގައި ސާބިތުކަން ދެއްވުމަށާއި މި އެހީ އެ ރައްޔިތުންނަށް ރައްކާތެރިކަމާއެކު ލިބުމަށާއި އިޒްރޭލުގެ ލާއިންސާނީ އަނިޔާތަކުން ޣައްޒާގެ ރައްޔިތުން ސަލާމަތް ކޮށްދެވުން އެދި ދުޢާ ކޮށްދެއްވުމަށް ވެސް އައިއޭސީއިން ވަނީ އެދިފައެވެ.

ނިރުބަވެރި އިސްރާއީލުން ފަލަސްތީންގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު ޝަހީދުވެ ޒަހަމްވެފައިވާއިރު، ކާނެ އެއްޗެއް ނުލިބި، ޣައްޒާގެ ރައްޔިތުން ދަނީ ވަރަށް ބޮޑު ވޭނެއް ތަހައްމަލު ކުރަމުންނެވެ. ހައިހޫނު ކަމުގެ ސަބަބުން ޣައްޒާގެ ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ދަނީ ދުނިޔެ ދޫކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.