އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު-- ފޮޓޯ/އެމްޑީޕީ
ހަބަރު
08 Mar 2024 | 09:29
މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއިން ނަގާނީ ބޮޑުތަނުން: ޝާހިދު

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ލިބޭނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ޚާރިޖީވަޒީރު އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ. 

ޝާހިދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކެންޕެއިނަށް ހުވަދުއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށުގައި މަޖިލިސް އެމްޑީޕީ ކެންޑިޑޭޓުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް ފުރާވަޑައިގަންނަވަމުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"މިސްރާބު ހަމަމަގަށް އެޅުވުމަށް މުޅި ރާއްޖެއަށްފެތުރި ތަރުތީބުވެ އެމްޑީޕީ ކެންޑިޑޭޓުން ކުރަމުންގެންދަނީ ފޯރިގަދަ ކެމްޕޭނެއް. މަޖިލީހުގެ މެޖޯރިޓީ الله ގެ އިރާދަފުޅާއެކު އެމްޑީޕީއިން ނަގާނީ ބޮޑުތަނުން." ޝާހިދު ވިދާޅުވި އެވެ. 

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ވަނީ ސްޕަ މެޖޯރިޓީ ހޯދާފައެވެ. މިފަހުން އެ ޕާޓީގެ ގިނަ މެންބަރުންތަކެއް ޕާޓީ ދުކޮށް ސަރުކާރާއި ގުޅުނު ނަމަވެސް، އަދިވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީ އަތުގައެވެ. 

އަދި އެމްޑީޕީން ބުނެފައިވާ ގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކޮށް، މަޖިލީހުގެ މެޖޯރިޓީ ހޯދާނީ އެޕާޓީންނެވެ. 

އެމްޑީޕީން ބުނާގޮތުން، ސަރުކާރު ހަމަ މަގަށް އަޅުވައި، ސަރުކާރުން އޮޅުވާލާ އޮޅުވާލުންތައް ރައްޔިތުންނަށް ހާމަ ކުރުމަށް، މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ލިބިފައި އޮތުމަކީ މުހިންމު ކަމެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.