ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޕީއެންއެފް އޮފީހުގައި-- ފޮޓޯ/ވޮއިސް
ހަބަރު
08 Mar 2024 | 16:56
މަޖިލީހަށް ޕީއެންއެފް ކެންޑިޑޭޓުން ނެރުނީ، ސަރުކާރު ދިފާއުކުރަން: ރައީސް ޔާމީން

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރަން ޕީއެންއެފްގެ ކެންޑިޑޭޓުން ނެރުނީ އެމްޑީޕީއަށް އެއްވެސް ގޮނޑިއެއް ލިބުނަ ނުދޭން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ފަރާތުން މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންގެ ތަސައްވުރު އިއުލާންކޮށް ސުވާލު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ އެމްޑީޕީގެ އެންމެ ކެންޑިޑޭޓެއްވެސް މަޖިލީހަށް އިންތިޚާބު ކުރަންޖެހޭތޯ ޕީއެންއެފްގެ ކެންޑިޑޭޓަކާއި ސުވާލު ކުރައްވާފައެވެ.

އޭގެ ޖަވާބުގައި، އެމްޑީޕީ އެއްވެސް ކެންޑިޑޭޓަކަަށް ވޯޓުދޭން ނުޖެހޭނެ ކަމަށް އެ ކެންޑިޑޭޓް ވިދާޅުވުމުން ޔާމީން ވަނީ އެމްޑީޕީ ކެންޑިޑޭޓަކަށް ވެސް ވޯޓުދޭންޖެހޭފަދަ ހާލަތެއް އައިސްދާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. 

މިސާލަކަށް އެމްޑީޕީން ދާއިރާއަކަަށް ނުކުމެ ހުރި ކެންޑިޑޭޓަށް ވުރެ، ޕީއެންސީން އެ ދާއިރާއަށް ނުކުމެ ހުރި ކެންޑިޑޭޓް، އަދި އެއަށްވުރެ ގީލަރުކަން ބޮޑުވެއްޖެ ނަމަ، އެމްޑީޕީ ކެންޑިޑޭޓަށް ވޯޓުދޭން ޖެހިދާނެތޯ؟ އެކަމުގެ ޕްރޮބަބިލިޓީއެއް އެބައޮތް ދެއްތޯ؟ 

ރައީސް ޔާމީން އަބްދުލްގައްޔޫމް 

މިއާއެކު އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ވޯޓުގެ ނަތީޖާ ނުކުންނާނެ ގޮތް އަންދާޒާ ނުކުރެއްވޭކަމަށާއި ޕީއެންއެފްއިން އެފަދަ ހުރިހާ ހާލަތަކަށްވެސް ތައްޔާރުވާންޖޭހެކަމަށެވެ.

އަދި، ޕީއެންއެފް އިން ކެންޑިޑޭޓުން ނެރެފައިވަނީ، ޕީއެންސީގެ "ވީކް" ކެންޑިޑޭޓުން ތިބި ދާއިރާ ތަކުގެ ގޮނޑިތައް އެމްޑީޕީއަށް ލިބުނަ ނުދޭން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. 

ޕީއެންސީން ނެރެފައި ތިބި ހެވީ ކެންޑިޑޭޓުން, އެ ދާއިރާތަކުން ދަތި ކަމެއް ނެތި ހޮވިދާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ދާއިރާ ތަކަށް ޕީއެންއެފް އިން މީހަކު ނުނެރޭ. އެހެންވީމާ އަޅުގަނޑުމެން ޕީއެންސީއާ ކުރާ ވާދައެއް ނެތެއް ނޫންތޯ؟ ޕީއެންސީގެ ނުހޮވިދާނެހެން ހީވާ ކެންޑިޑޭޓުން ތިބި ދާއިރާ ތަކަށް އަޅުގަނޑުމެން އެބަ ކެންޑިޑޭޓުން ނެރެން. އެއީ އެ ގޮނޑި އެމްޑީޕީއަށް ނުލިބުމުން ޓަކައި. އެހެން ނޫނީ، އެ ގޮނޑި އެމްޑީޕީއަށްދާނެ. އެއީ ރައްޔިތުން ވޯޓުލާން އިތުރު ޗޮއިސް ނެތީ. 

ރައީސް ޔާމީން އަބްދުލްގައްޔޫމް 

އެހެންކަމުން، ކަންކަން ރަނގަޅަށް ގޮސްފިނަމަ، ޕީއެންސީން ވާދަކުރާ، ބުރަދަންހުރި ކެންޑިޑޭޓުންނާއި އަދި "ބަލިކަށިކޮށް ހުރި ދިމަ ދިމާއަށް" ޕީއެންއެފްއިން ނެރުނު ކެންޑިޑޭޓުން އިންތިޚާބު ވެއްޖެނަމަ، "ސަރުކާރު ދިފާއު ކުރާނެ ވަރުގަދަ ލެޖިސްލޭޓިވް ފޯސްއެއް" އުފެއްދޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. މިއާއެކު އެމަނިކުފާނު ވަނީ އެމްޑީޕީއަށް ގޮނޑިއެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.