ރޭގެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވާހަކަދައްކަވަނީ-- ފޮޓޯ/ ވޮއިސް
ހަބަރު
09 Mar 2024 | 07:03
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުން ވަނީ ސަރުކާރަށް ދަތިކޮށް އުނދަގޫ ކުރާކަށް ނޫން: ރައީސް ޞާލިހު

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުން އުޅެނީ އަދުގެ ސަރުކާރަށް ދަތި އުނދަގޫ ކުރާން ނޫން ކަމަށް އެމްޑީޕީގެ ކުރީގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓްގައި މާފަންނު-ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އަހުމަދު ފަލާހުގެ ކެންޕެއިން ރަސްމީކޮށް އިފްތިތާޙް ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ސަރުކާރުން ބޭނުންވާހާ ގޮތަކަށް ކަންކަން ނުވެގެން އުޅެނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރުގެ އަތުގައި ނެތުމުން ކަމަށެވެ. 

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާވެސް މިހާރުގެ ސަރުކާރާއި އެއްކޮޅަށް ނިމިއްޖެ ނަމަ، ހައްގުވެރިވެރިންގެ އަތުން ގޯތިތައް އަތުލާނެ. އަދި ބޭނުންވާ ފަރާތަކަށް ބަހާލާނެ ކަމުގެ އަލިގަދަ ސާފު ނިޝާންތައް މިހާރުވެސް ފެންނަމުންދަނީ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހް އިތުރަށް ވިދާޅުވި ގޮތުގައި، މިސަރުކާރުގެ މިސްރާބު ވަނީ ހަމައިން ނެއްޓި މަގު އޮޅިފައި ކަމަށެވެ. އަދި ސަރުކާރުން އަންނަނީ ސަރުކާރާއި މިނިވަން މުވައްސަސާތަކަށް ނުފޫޒު ފޯރުވަމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން އެހެންވެ ރައްޔިތުންގެ މަޖިލިސް މިފަހަރު މުހިންމުވާ ސަބަބަކީ. ރާއްޖޭގެ އެކި ކަންކޮޅުތަކުން އަޅުގަނޑުމެންނަށް މިފެންނަ މަންޒަރަކީ ކުރިން އެ ހެދުނު ގޯސް ރަނގަޅު ކުރަން ރައްޔިތުން ބޭނުންވެފައި ތިބިތަން. އިރާދަކުރެއްވިޔާ، މަޖިލީހުގެ މެޖޯރިޓީ އާއެކު ނުކުމެ، ސަރުކާރުވެސް ހަމަ މަގަށް އަޅުވާނަން." 

އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެއް ބޭނުން މިވަނީއެއް ކޮންމެހެން ސަރުކާރަށް ދަތިކޮށް އުނދަގޫ ކުރާކަށް ނޫން. ޖެއްސުން ކުރާކަށް ނޫން. މި ސަރުކާރުން ރައްޔިތުންނަށް ހެޔޮ ކަމެއް ކޮށްދެއްވައި، ރަނގަޅު ކަމެއް ކޮށްދެއްވަން އުޅޭނަމަ އެކަމަށް ތާއީދު ކުރާނެ އެއް ބޭފުޅަކީ ފަލާހު. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ބޭނުމަކީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންނާއި ވޭހާވެސް ގާތުން މަސައްކަތް ކުރުން ކަމަށެވެ. އަދި ވެރިކަމުގައި އޮންނަ އިރުވެސް އަދި ނޯންނައިރުވެސް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ އެ ސަބަބަށްޓަކައި ކަމަށް ޞާލިހު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ
04 Jul 2026
ޕެނަމާ ކެނަލް ކޮންޓްރޯލްކުރުމުގެ ފުރުސަތު ޗައިނާއަށް ނުދޭނަން: ޓްރަމްޕް
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ޕެނަމާއިން އެ ކެނަލްގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ހުރަސްކުރާ އުޅަނދުފަހަރުން ނަގާ ފީ ހަތަރު ގުނައަށް ބޮޑުކޮށް، އޭގެއިން ބޮޑު ފައިދާއެއް ހޯދާފައިވެއެވެ
04 Jul 2026
މަންފާގެ ނަމާދު އެޕް "ބަންގި" - މުހިންމު ފީޗާސްތަކާއެކު، މިހާރު ޑައުންލޯޑްކޮށްލެވޭނެ
މީގެ އިތުރުން ހޯމް ސްކްރީނު ނަމާދު ވަގުތުތަކާއި ކުރިއަށް އޮތް ނަމާދަށް އޮތީ ބާކީ ކިހާ ވަގުތެއްކަން އަންގައިދޭނެ އެވެ
04 Jul 2026
ދަރިވަރުންގެ އަތުލިޔުން ހުތުރުވާ ސަބަބުތަކާއި، އެކަން ރަނގަޅުކުރެވިދާނެ ގޮތްތައް
އަތުލިޔުން ރީތިކުރުމަކީ ހަމައެކަނި އެކެއްގެ ޒިންމާއެއް ނޫނެވެ. ސްކޫލްތަކާއި، މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ
04 Jul 2026
ކުޅިވަރަށް ހާއްސަ ރެއެއް: "މަންފާ އެކަޑަމީ" އިފްތިތާހު ކޮށްފި
މަންފާ އެކަޑަމީ އިފްތިތާހުކުރުމުގެ ގޮތުން އެކަމަށް ހާއްސަ ވީޑިއޯއެއް ވަނީ ދައްކާލާފަ އެވެ. އޭގެ ފަހުން މަންފާ އެކަޑަމީގެ ރަސްމީ ޖާޒީ ވަނީ ކޯޗް ސުޒެއިންނަށް ހަދިޔާކޮށްފަ އެވެ.
04 Jul 2026
އުނދަގޫ މެޗަކަށްފަހު ކޭޕް ވާޑް މޮޅުވެ އާޖެންޓީނާވެސް ގަދަ 16 އަށް
މެޗު ނިމުމުން، މާޓީނޭޒް އާއި މެސީ ފަދަ އާޖެންޓީނާގެ ކުޅުންތެރިން ވަނީ މާޔޫސްވެފައި ތިބި ކޭޕް ވާޑްގެ ކުޅުންތެރިން ކައިރިއަށް ގޮސް ހިތްވަރު ދީފައެވެ
04 Jul 2026
އޮސްޓްރިއާ ބަލިކޮށް މިސްރު ގަދަ 16 އަށް
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އޮސްޓްރޭލިއާގެ ހެރީ ސޫޓާ އާއި ލޫކަސް ހެރިންގްޓަން ފޮނުވާލި ޕެނަލްޓީތައް ނާކާމިޔާބުވިއިރު، މިޞްރުން ވަނީ ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ
03 Jul 2026
ޖަމްޢިއްޔަތުއްސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއް
ޖަމްޢިއްޔަތުއްސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއެކޮށްފި އެވެ.