އަލީ ރިޒާގެ ކެންޕެއިން ޖަލްސާގައި ރައީސް ޞާލިހް ވާހަކަ ދައްކަވަނީ--ފޮޓޯ/ އެމްޑީޕީ
ހަބަރު
10 Mar 2024 | 09:07
ކުރަން ފަށާފައި ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ހުއްޓާލައިފި: ރައީސް ޞާލިހު

އެމަނިކުފާނުގެ ސަރުކާރުގައި ކުރަން ފެއްޓެވި ހުރިހާ މަސައްކަތްތަކެއް އަދުގެ ޕީޕީއެމް/ޕީއެންސީ ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓްގައި ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް، ޢަލީ ރިޒާގެ ކެންޕެއިން ޖަލްސާގައި އިއްޔެ ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، މިސަރުކާރުގެ ފުރަތަމަ ތިން މަސްދުވަސް ނިމިގެންދިޔައިރުވެސް ރައްޔިތުން ބޭނުންވާ މިސްރާބަށް ކަންކަން ނުދާ ކަމަށެވެ. 

ކުރަން ފަށްޓާފައިހުރި ގާތްގަނޑަކަށް ހުރިހާ މަސައްކަތްތަކެއް ހުއްޓާލައިފި. ވިދާޅުވަނީ ފައިސާ ނެތް ވާހަކަ. ކުންފުނިތަކެއް ނުހިނގާ. ވިދާޅުވަނީ، ކުންފުނި ތަކުގައި ނެތޭ ފައިސާއެއް. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

މިއާއެކު ޞާލިހު ވިދާޅުވީ، ފައިސާ ނެތް ކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް ފެންނަމުންދަނީ ދުވަހުން ދުވަހަށް ސިޔާސީ މަގާމުތައް އިތުރުކުރަމުންދާ މަންޒަރު ކަމަށާ، ސަރުކާރުން އަމާޒު ހިފާފައި ވަނީ 1500 ސިޔާސީ މަގާމް އުފެއްދުމަށް ކަމަށެވެ. 

އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، (ސިޔާސީ މަގާމްތަކުގެ) މުސާރައަށް، މިދިޔަ ދެމަސް ދުވަހުގެ ތެރޭގައި، 2023 ވަނަ އަހަރާއީ އަޅާ ބަލާއިރު ގާތްގަނޑަކަށް 270 މިލިއަނާ، 300 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފި. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު ވިދާޅުވިގޮތުގައި ދައުލަތުގެ ބަޖެޓުގައި ފައިސާ ނެތީ ސިޔާސީ މަގާމްތަކަށް ކުރަމުންދާ ޚަރަދުތަކުގެ ސަބަބުންނެވެ. 

ރައީސް ޞާލިހް މިހެން ވިދާޅުވެފައި ވާއިރު، ރައީސް މުޢިއްޒު ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅު ތަކުގެ ތެރެއިން އެމާނިކުފާނު ވަނީ ބައެއް މަޝްރޫޢުތައް ކުރިއަށް ނުގޮސް، ނޫނީ ލަހުން ކުރިއަށް ދަނީ، ބަޖެޓްގައި އެ މަސައްކަތް ތަކަށް ފައިސާ ކަނޑައަޅާފައި ނުވުމުން ކަމަށާ، ބައެއް މަޝްރޫޢުތައް ހަވާލު ކޮށްފައިވާ ކުންފުނި ތަކަށް ފައިސާ ދީފައި ނުވާތީވެސް މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.