އިސްރާއީލުން ޣައްޒާ ދެބައި ކޮށްލާފައިވާ ސެޓެލައިޓް ފޮޓޯ-- ފޮޓޯ: ސީއެންއެން
ދުނިޔެ
10 Mar 2024 | 15:54
ނިރުބަވެރި ޔަހޫދީ ސިފައިން ހަދަމުން ދިޔަ މަގަކުން، ޣައްޒާގެ އުތުރާއި ދެކުނު ވަކިކޮށްލައިފި!

އެއްގަމު މަގުން ޣައްޒާއަށް ނިރުބަވެރި އިސްރާއީލުގެ ޔަހޫދީ ސިފައިން އެރީއްސުރެ، ހަދަމުން ދިޔަ މަގަކުން، ޣައްޒާގެ އުތުރާއި ދެކުނު ވަކިކޮށްލައިފިއެވެ.

ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާ ދެބައިކޮށްލާފައި މިވަނީ އިރުން ހުޅަނގަށް އިސްރާއީލުގެ ސިފައިން ހެދި ބޮޑު މަގަކުންނެވެ. މާޗް މަހުގެ ހަ ވަނަ ދުވަހު ނަގާފައިވާ ސެޓެލައިޓް ފޮޓޯއަކުން އެނގޭ ގޮތުގައި ޔަހޫދީން ވަނީ ގާތްގަނޑަކަށް 6.5 ކިލޯމީޓަރު މަގެއް ހަދާފައެވެ. ހަފްތާތަކެއް ވަންދެން ޣައްޒާގެ އިރުމަތިން ހުޅަނގަށް ޔަހޫދީން ހަދަމުން އަންނަ މަގު ޣައްޒާ އާއި އިސްރާއީލުގެ ބޯޑަރު ސަރަހައްދުން ފެށިގެން، ޣައްޒާ ހުރަސްކޮށް، މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިފަށާއި ހަމަވުމަށް ބާކީ އިނީ ގާތްގަނޑަކަށް 2 ކިލޯމީޓަރު ކަމަށް ވެސް ސީއެންއެން އިން ރިޕޯޓް ކުރެއެވެ.

އަނިޔާވެރި އިސްރާއީލު ސިފައިން ހެދި މި މަގުގެ ސަބަބުން މިހާރު ޣައްޒާގެ އުތުރާއި ދެކުނަކީ ވަކި ވެފައިވާ ދެތަކެވެ. އުތުރުގައި ގާޒާގެ 100،000 އެއްހާ މީހުން ތާށިވެފައި ތިބި އިރު ދެކުނުގައި 1.5 މިލިއަން މީހުން އެބަތިއްބެއެވެ.

އިސްރާއީލުގެ މުޅި ޕްލޭނަކީ ގާޒާ އަތްދަށުލުން ކަމަށް ޔަހޫދީ ބައެއް ވަޒީރުންގެ ވާހަކައިގެން އެނގޭއިރު އެމީހުން ވަނީ ޣައްޒާގައި އާބާދު ކުރާނެ ޔަހޫދީން ހޯދުމަށް ތަސައްވުރުތައް ކިޔާދިނުމަށް ބޮޑު ކޮންވެންޝަނެއްވެސް ބާއްވާފައެވެ. އިސްރާއީލުގެ މި އާ ޕްލޭންގައި 3000 މީހުން ވަޒަންވެރި ކުރުން ހިމަނާފައި އޮތް އިރު، އެކަމާ ގުޅޭ ކުރެހުންތަކާއި ގެތައް ހުންނާނެ ގޮތުގެ ނަކަލުތައް ވެސް ވަނީ ދައްކާފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާއި މެދު އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލު ތަކުގެ ސަބަބުން މިހާތަނަށް 30,960 މީހަކު ޝަހީދުވެފައިވާއިރު، 72,524 މީހަކު ވަނީ ޒަހަމްވެފައެވެ. މި ހަމަލާތަކަށް 156 ދުވަސްވެފައިވާއިރު، ޣައްޒާގެ އެތައްހާސް އާންމުންނެއް ދަނީ ކާއެއްޗެއް ނުލިބި، ހައި ހޫނު ކަމުގެ ވޭން ތަޙައްމަލު ކުރަމުންނެވެ.

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމު ހުއްޓާލާނެކަމުގެ އުންމީދު އޮތް ކަމަށް ބޭރު ގައުމުތަކުން ބުނި ނަމަވެސް، ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް މިއަދާއި ހަމައަށް ވެސް ހުއްޓުމެއް އައިސްފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ