މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން— ފޮޓޯ/ މަޖިލިސް
ހަބަރު
12 Mar 2024 | 21:02
ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް މެންބަރުންގެ ޖުމުލަ އަދަދަކީ 80 ކަމަށް މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކަށް ވަންޖެހޭނީ ގަނޫނު އަސާސީގައި ކަނޑައަޅާފައިވާ އަދަދު ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އެ ނިންމުމާއި ޚިލާފަށް މަޖިލީހުގެ ޖުމްލަ މެނަބަރުންގެ އަދަދީ 80 ކަމަށް މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގައި ތިއްބަވާ 87 މެންބަރުންގެ ތެރެއިން ހަތް މެންބަރަކު މި ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށް އިސްތިއުފާ ދެއްވުމުން، އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ވަނީ އިސްތިއުފާ ދޭ މެންބަރުން ނުހިމަނައި ޖުމްލަ އަދަދު ގުނުމަށް މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނެސްފައެވެ.

އެ އިސްލާހު ބާތިލު ކުރަން ބަންޑާރަނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން، ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެ މާއްދާ ބާތިލުކޮށް، ހަމަ އެމާއްދާގައި ހިމެނޭ ކަންކަން ހިމަނައިގެން އިތުރު މާއްދާއެއް މަޖިލީހުގެ ގަވާއިދަށް ވަނީ މާއްދާއެއް އިތުރު ކޮށްފައެވެ.

ބަންޑާރަނައިބުގެ އޮފީހުން ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 29ގައި ނިންމާފައި ވަނީ މެމްބަރުންގެ ޖުމްލަ އަދަދު ގުނަން ވާނީ ހުސްވެފައިވާ ގޮނޑިތައް ވެސް ހިމަަނައިގެން ކަމަށާއި 49 ވަނަ މާއްދާއަށް ގެނައި ބަދަލު ގާނޫނުއަސާސީއާ ހިލާފު ކަމަށެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމާ ގުޅިގެން ވިލިނގިލި ދާއިރާގެ އެމްޑީޕީ މެންބަރު ސައުދު ހުސައިން ވަނީ، އަނެއްކާވެސް މަޖިލީހުގެ ޖުމްލަ އަދަދު 80 މެންބަރުން ކަމަށް ކަނޑައަޅަން ހުށަހަޅުއްވާފައެވެ.

އެ ހުށަހެޅުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 25 މެންބަރުންގެ ތެރެއިން 23 މެންބަރަކު އެގޮތަށް ފާސްކުރަން ރުހުން ދިންއިރު، ދެކޮޅަށް ވޯޓު ދިނީ ދެ މެންބަރުންނެވެ.

މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހުން އެމްޑީޕީ މެންބަރުންނާއި އިދިކޮޅުގައި އޮތް ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް އަޒުލުކުރުމުގެ ބާރު ވެސް ލިބިގެންދާނެއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.